ކަރަންޓް ބިލު ބޮޑުވަނީ ކުރީސަރުކާރުގެ އިހުމާލުން ކަމަށް އާޒިމް ވިދާޅުވެއްޖެ

Loading

Facebook
Twitter
WhatsApp

 

ކަރަންޓްބިލު ބޮޑުވަނީ ކުރީގެ ސަރުކާރުގެ އިހުމާލުންކަމަށް މެދު ހެންވޭރު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

އާޒިމް މި މޭރުމުން ވާހަކަފުޅު ދެއްކެވީ މިމަހުގެ މާލޭގެ ކަރަންޓް ބިލުތަކަކީ ރައްޔިތުންނަށް ދެއްކޭވަރަށްވުރެ ބޮޑު ބިލުތަކެއްކަމަށް ވިދާޅުވެ މާލެ ސިޓީގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒު ކޮށްފައިވާ ޓްވީޓަކަށް ރައްދު ދެއްވަމުން ނެވެ.

‏އާޒިމް ވިދާޅުވީ މިއަދު މިޖެހޭ އުނދަގުލާ، ތަކުލީފަކީ އިއްޔެ ކަންކުރިގޮތުން ވާގޮތެއްކަމަށާ އެއީ ކުރީ ސަރުކާރުގެ ހައުސިން މިނިސްޓަރު ކަންކުރެއްވި މުއިއްޒު އިންނެވި ކެބިންޓަކުން ދެކޮޅު ނުޖެހޭ އިގްތިސާދީ ނިންމުންތައް ނިންމުމާ ގުޅިގެން ކަމަށެވެ.

“ މިއަދު މިޖެހޭ އުނދަގުލާ، ތަކުލީފަކީ އިއްޔެ ކަންކުރިގޮތުން ވާގޮތެއް. އެކަން އެގޮތައް ދިމާމިވަނީ މަނިކުފާނު އިން ކެބިނެޓަކުން ދެކޮޅުނުޖެހޭ އިގްތިސާދީ ގިނަ ނިންމުންތަކެއް ނިންމުމުގެ ސަބަބުން.“ އާޒިމް ވިދާޅުވިއެވެ.

މުއިއްޒު ކުރެއްވި ޓްވީޓްގައި ވިދާޅުވީ މި މަހުގެ ކަރަންޓު ބިލަކީ މާލޭގެ ގިނަ ރައްޔިތުންނަށް ދެއްކޭވަރަށްވުރެ ބޮޑު ބިލެއްކަމަށެވެ. އަދި އެކަމުގެ ސަބަބުން ހާލުގައި އުޅެމުންދާ ރައްޔިތުން އިތުރަށް ހާލުގައި ޖެހޭގޮތް މެދުވެރިވެފައިވާކަމަށެވެ.

އަދި ރައްޔިތުން އަތުގައި ނެތް ފައިސާއަކުން ބިލް ދައްކަން ޖެހިފައިވާ ކަމަށްވެސް މޭޔަރު ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ޓްވީޓްގައި ވެއެވެ.
ސްޓެލްކޯއިން ބުނަނީ ކަރަންޓް ބިލު ބޮޑުވަނީ ދުވަސްވަރު ހޫނު ގަދަވުމުގެ ސަބަބުން ކަރަންޓު ބޭނުން ކުރާ މިންވަރު އިތުރުވާތީ ކަމަށެވެ.

Loading

2 Responses

  1. މީނާ އަދީބު އަތުން ދިޔާ އެއްޗެތި އުފުލީވެސް ކުރީސަރުކާރުގެ ބަލަޔަަ ހެދި. މި އީ ގޮތްކުޑަ މީހެއް. ލަދުހަޔާތް ނެތުމަކީ ގޮތްކުޑަ ސިފައެކެވެ

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް