ތުރުކީ ވިލާތުން ބްލެކް ސީގައި އަލިފާން ރޯކޮށްފި

Loading

Facebook
Twitter
WhatsApp

ބްލެކް ސީ ގެ ސަކަރްޔާ ފީލްޑުންނެގި ގޭހުގައި ތުރުކީ ވިލާތުން ފުރަތަމަ ފަހަރަށް އަލިފާން ރޯކޮށްފިއެވެ. މީގެ އެތައް ސަތޭކަ އަހަރެއް ކުރިން ބްލެކް ސީއިން ފެނިފައިވާ ގޭސް ހަކަތައަށް ބަދަލުކޮށް ބޭނުންކުރުމުގެ ގާބިލުކަން އެ ގައުމަށް ލިބުން ފާހަގަ ކުރުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ގޭހުގައި އަލިފާން ރޯކޮށް ބްލެކް ސީ ދިއްލާލާފައި ވަނީ މި އުފާވެރި މުނާސަބަތު ފާހަގަ ކުރުމުގެ ގޮތުންނެވެ.

ތުރުކީގެ ރައީސް، އުރުދުޣާން ވަނީ އޮންލައިން ކޮންފަރެންސެއްގައި މިކަމާ ގުޅިގެން ވާހަކަފުޅުދައްކަވާފައެވެ.

އޭނާގެ ވާހަކަފުޅުގައި މިކަން ސިފަކުރައްވާފައި ވަނީ ތުރުކީ ވިލާތަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްގެ ގޮތުގައެވެ. އަދި ބްލެކް ސީގެ ގޭސް ބޭނުންކުރަން ފެށުމާ ގުޅިގެން ތުރުކީ ވިލާތަށް އެހެން ގައުމުތަކުން ތެޔޮ އެތެރެ ކުރަންޖެހޭ މިންވަރު މަދުވާނެކަމުގެ އުފާވެރި ޚަބަރުވެސް ވަނީ އުރްދުޣާން ވަނީ ދެއްވާފައެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް