މިނިސްޓަރު އިމްރާން ކޮވިޑަށް ޕޮޒިޓިވްވެއްޖެ

132

 

 

ހޯމް މިނިސްޓަރ އިމްރާން އަބްދުއްލާ ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިނިސްޓަރު އިމްރާން ކޮވިޑަށް ޕޮޒިޓިވް ވެފައިވާކަން އެގުނީ އިއްޔެއެވެ. އިމްރާން ކޮވިޑަށް ޓެސްޓް ހެއްދެވީ ބަލިވެ އުޅުއްވާތީ މިދިޔަ ބުދަދުވަހުގައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިނިސްޓަރ އިމްރާން ވަނީ ކޯވިޑް ވެކްސިންގެ ދެ ޑޯޒްވެސް ފުރިހަމަކޮށްފައެވެ.

ސަރުކާރުގެ އިސް ބޭފުޅުންގެ ތެރެއިން މީގެކުރިން ނާއިބު ރައީސް ފައިސަލް ނަސީމާއި، އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން ފަޒުނާ އަހުމަދުވެސް ވަނީ ކޯވިޑަށް ޕޮޒިޓްވެ، ބަލިން ރަނގަޅުވެފައެވެ.

ރާއްޖޭގައި މިހާތަނަށް 77094 މީހުން މި ބަލި ޖެހިފައިވާއިރު 74335 މީހުން ވަނީ ބަލި ފަސޭހަ ވެފައެވެ. އަދި 220 މީހުން ވަނީ މި ބަލީގައި މަރުވެފައެވެ.

2 ހިޔާލުތައް

ހިޔާލު ދެއްވާ

މިތަނުގައި ހިޔާލު ލިޔުއްވާ
ނަން ލިޔުއްވާ