ނަޝީދަށް ސަލާމަތީ ގޮތުން ގިނަ ފިޔަވަޅުތަކެއް އެޅުމަށް ހިމަނައިގެން އިންކުއަރީ ރިޕޯޓް ފާސްކޮށްފި
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށްގެ ދިން ބޮމުގެ ހަމާލާއާ ގުޅިގެން ހިންގި ޕާލިމަންޓަރީ އިންކުއަރީ ރިޕޯޓު ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީން ކުރިއަށްގެންދިޔަ އިންކުއަރީ ރިޕޯޓް އެ ކޮމިޓީން ރޭ ފާސްކޮށްފި އެވެ. ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅިގެން މަޖިލީހުން ބެލީ އެކަން ހިނގައިދިޔަ ގޮތާއި، އެކަމުގައި އިހުމާލުތަކެއްވެފައިވޭތޯ އާއި މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށްޓަކައި އެޅިދާނެ ފިޔަވަޅުތަކާ ގުޅޭ ގޮތުންނެވެ. ކޮމިޓީގެ ނާއިބު މުގައްރިރު އަދި ހެންވޭރު ހުޅަނގު […]
ގްރޭޑް 9 އަކުން މަތީ ދަރުވަރުން ކިޔަވާނީ ޑިޖިޓަލް ފޮތްތަކުން
މިއަހަރުގެ ދިރާސީ އާ އަހަރުގެ އަންނަމަހު 10 އެއްގައި ފަށާއިރު ގްރޭޑް 9 އަކުން މަތީގެ ދަރިވަރުން ކިޔަވާނީ ޑިޖިޓަލް ފޮތްތަކުންކަމަށް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ. އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެދަރިވަރުންނަށް ޑިޖިޓަލް ފޮތްތައް ބޭނުންކުރަން ނިންމީ މިގްރޭޑްތަކުގެ ދަރިވަރުންގެ ފޮތްބަޔަކީ ބަރު ފޮތް ބަޔަކަށްވުމުން އެހިފައިގެން ސްކޫލަށް ދާ ދިއުމަށް ލުޔެއް ހޯދާދިނުމުގެ ގޮތުން ކަމަށެވެ. މިނިސްޓްރީން ބުނީ މިގްރޭޑްތަކުގެ ދަރިވަރުން ކިޔަވަން ބޭނުންކުރާނީ ޓެބްލެޓް ފަދަ ވަސީލަތެއްކަމަށާއި ކިޔަވަން ބޭނުންކުރާ […]
އިސްލާމްދީނަކީ ހުރިހާ ކަމެއްގައި ވެސް އެންމެ ޢަދުލުވެރި ދިނެވެ. ލާދީނީ ޢަމަލުތައް ހުށްޓުވާށެވެ.
އިސްލާމްދީނުގައި އޮތީ ކާފިރުކުރަންޖެހޭ މީހުން ކާފިރު ކުރުމެވެ. އަދި ކާފިރު ކުރަން ނުޖެހޭ މީހުން ކާފިރު ނުކުރުމެވެ. އިސްލާމްދީނަކީ ހުރިހާ ކަމެއްގައި ވެސް އެންމެ ޢަދުލުވެރި ދިނެވެ. މުސްލިމަކު ކާފިރުކުރަން ޖެހެނީ އެމީހަކުގެ ކިބައިން ކުފުރުގެ ޢަމަލެއް ފައުޅުވުމުންނެވެ. އަދި އެކަން ކުރުމުގައި ބަލަންޖެހޭ މިންގަނޑުތަކާއި ހަމަތަކެއް ވެއެވެ. ﷲ އާއި އެކަލާނގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އަށް ފުރައްސާރަކޮށް މަލާމާތްކޮށް ހެދުމަކީ ކުފުރުގެ ޢަމަލެކެވެ. އަދި މުސްލިމުންގެ ތެރެއިން މީހަކުވެސް ﷲ އާއި ތައާލާއާއި […]
ވެކްސިން 2 ޑޯޒް ފުރިހަމަ ކުރި މީހުންނަށް ކަރަންޓީން ވުމަކާއި ނުލާ ރަށްރަށަށް ދެވޭނެ ގޮތް ހަމަޖައްސައިފި!
ކޮވިޑް-19 އިން ދިފާއުވުމަށް ޖަހާ ވެކްސިންގެ 2 ޑޯޒް ފުރިހަމަކުރިތާ 14 ދުވަސް ވެފައިވާ މީހުންނަށް ކަރަންޓީން ވުމަކާއި ނުލާ ރަށްރަށަށް ދެވޭނެ ގޮތް އެޗްޕީއޭ އިން ހަމަޖައްސައިދީފިއެވެ. ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ވެކްސިންގެ ދެ ޑޯޒް ޖައްސަވާ، 14 ދުވަސް ވެފައިވާ ފަރާތްތަކުން މާލެއިން މޮނިޓަރިންގައި ނެތް ރަށްރަށަށް ނައްސި ޕީސީއާރް ޓެސްޓަކާއެކު ދަތުރުކުރެވޭނެކަމަށެވެ. “މޮނިޓަރިންގަ ހުރި ރަށްތައް ފިޔަވާ އެހެން ރަށްރަށަށް ވެކްސިންގެ 2 ޑޯޒް […]
ރައްކާ ރޯޑް ސޭފްޓީ ކުރެހުމުގެ މުބާރާތުން އެއްވަނަ އާއިޝަތު ޔަނާލް ޔާފިސް އަށް
މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ފުލުހުން ކުރިއަށް ގެންދިޔަ ކުރެހުމުގެ މުބާރާތުން އެއްވަނަ އާއިޝަތު ޔަނާލް ޔާފިސް އަށް ލިބިއްޖެއެވެ. މި މުބާރާތުން ދެ ވަނަ އަށް މުހައްމަދު ކައިސް ހަސަން އާމިރު ހޮވިފައިވާއިރު މުބާރާތުގެ ތިން ވަނަ އަށް ހޮވިފައިވަނީ އާމިނަތު ޔޫހާ އިބްރާހިމްއެވެ މޯލްޑިވްސް ޕޮލިސް ސާވިސް އާއި އެލައިޑް އިންޝުއަރެންސް ގުޅިގެން ބާއްވާ ރައްކާ ރޯޑް ޝޯގެ ކުރެހުމުގެ މުބާރާތުގެ ނަތީޖާ ފާޅުކޮށް މިހާރުވަނީ އިނާމާއި ސެޓްފިކެޓް ހަވާލުކޮށްފައެވެ. އެގޮތުން، […]
ހިމަންދޫ ގޮނޑުދޮށުން އިންސާނުންގެ ކަށިތަކެއް ފެނިއްޖެ
އއ. ހިމަންދޫ ގޮނޑުދޮށުން އިންސާނުންގެ ކަށިތަކެއް ފެނިއްޖެއެވެ. ރަށު ކައުންސިލުންގެ ރައީސް ހުޝާމް އިސްމާއިލް “ ސަންދާން“ އަށް ވިދާޅުވީ މި ކަށިތައް ފެނުނީ ކުޑަކުދިންތަކަށްކަމަށާ އެކަމުގެ މައުލޫމާތު އެކުދިންގެ މައިންބަފައިން ކައުންސިލަށް ހުށަހެޅުމުން އެސަރަހައްދަށް ގޮސް ބެލި ބެލުމުން މިހާތަނަށް ތިން މީހެއްގެ ކަށިގަނޑު ފެނިފައިވާ ކަމަށެވެ. “ އެކަށިތައް ހުރީ ގާގަޑުތެރެއިން އާނުގަނޑުންގެ ވެސް ދަށުގަ، އެތަނުން އެކެއްގެ ކަށިގަނޑު ފުލުހުންގެ ބެލުމުގެ ދަށުން ނެގުމަށް ފަހު މިހާރު ވަނީ ސަހަރާގައި ވަޅުލާފަ. ނަމަވެސް […]
އެލްޖީއޭގެ ބޯޑު މެންބަރުކަމަށް ފަސް ނަމެއް މަޖިލީހަށް ހުށަހަޅައިފި
ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ހޮވަންޖެހޭ ތިން މެންބަރަކު އައްޔަން ކުރުމަށް ފަސް ނަމެއް މަޖިލީހަށް ރައީސުލް ޖުމުހޫރިއްޔާ ހުށަހަޅުއްވައިފި އެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ އެލްޖީއޭގެ ބޯޑު މެމްބަރު ކަމަށް އައްޔަން ކުރަން މަޖިލީހުގެ ލަފައަކަށް އެދިވަޑައިގެން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ފޮނުއްވި ސިޓީ އިއްވާފަ އެވެ. މި ފަސްބޭފުޅުންނަކީ ވެސް އަންހެން ބޭފުޅުންނެވެ. އެއީ : އަޒްހާ ޒަމީރު / މ. ލިލީޒް އައިމިނަތު […]
ބްރިޖް މަސައްކަތް ފެށުމަށް އިންޑަސްޓްރިއަލް ވިލެޖް ހުސްކުރަން އަންގައިފި
މާލޭއާއި ވިލިމާލެ އަދި ތިލަތުށީގެ އިތުރުން ގުޅީފަޅު ގުޅުވާދޭ ބުރިޖްގެ މަސައްކަތްތައް ފެށުމަށް މާލޭ އިންޑަސްޓްރިއަލް ވިލެޖުގެ ބިންތައް ހުސްކުރަން ޕްލޭނިން މިނިސްޓްރީން އަންގައިފިއެވެ. ޕްލޭނިން މިނިސްޓްރީން ބުނީ އިންޑަސްޓްރިއަލް ވިލެޖުގައި ވަގުތީ ގޮތުން އެކި ކަންކަމަށް ދޫކޮށްފައިވާ ބިންތައް ހުސްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ވަކި ފަރާތަކާ ހަވާލުކޮށްފައިނުވާ ބިންތަކަކީ ބުރިޖުގެ މަސައްކަތަށް އެކަށައަޅާފައިވާ ބިންތަކެއް ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ. އެ ބިންތަކާއި އިންޑަސްޓްރިއަލް ވިލެޖުގެ އެކި ސަރަހައްދުތަކުގެ މަގުތަކުގައި […]
ކޮރޯނާ ވައިރަހާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް އެހާ އަވަހަށް ލުއި ނުކުރޭ: ދުނިޔޭގެ ސިއްހަތު ޖަމިއްޔާ
ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑް-19، ވަބާއިން ދުނިޔެ އަދި ސަލާމަތް ނުވާކަން ފާހަގަ ކޮށް ދުނިޔޭގެ ސިއްހަތު ޖަމުއިއްޔާއިން ކޮވިޑް-19 އަށް ސާމާލުވުމަށް ހުރިހާ ގައުމުތަކަށް އަނެއްކާވެސް ގޮވާލައިފިއެވެ. ހޯމަދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން ޔޫ.އެންގެ ހެލްތު އޭޖެންސީގެ ތަޖުރިބާކާރު، މައިކް ރާޔަން ވަނީ އެކި ގައުމުތަކުން ސަލާމަތީ ފިޔަވަޅުތަކަށް ލުއިދެމުން ދާތީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެމެރިކާގައި އަދިވެސް ކޮންމެ ހަފްތާއަކު މިލިއަނެއްހާ މީހުން ކޮވިޑް-19 ބައްޔަށް ފައްސިވަމުންދާކަމަށާއި ޔޫރަޕުގައި ވެސް ފައްސިވާ މީހުންގެ އަދަދު […]
ފްލޮރީޑާގައި ހުރި އިމާރާތެއް ވެއްޓުނު ހާދިސާގައި 27 މީހުން މަރުވެއްޖެ
ޕްލޮރިޑާގައި ހުރި އިމާރާތެއް ވެއްޓުނު ހިތާމަވެރި ހާދިސާގައި މަރުވި މީހުންގެ އަދަދު މިހާރު 27 އަށް އަރާފައިވާކަމަށް މަޔާމީ-ޑޭޑް އެސިސްޓެންޓް ފަޔާ ޗީފް، ރައިޑޭ ޖަޑައްލޯ ވިދާޅުވެއްޖެއެވެ. އިމާރާތް ވެއްޓުނު ހާދިސާގެ ފަހުން މިހާރު ދެ ހަފުތާއެއްހާ ދުވަސް ފާއިތުވެފައިވާ އިރު ސަލާމަތުން ދިރި ތިބި މީހުން ދެން ފެންނާނެ ކަމުގެ އުންމީދު ވަރަށް ކުޑަކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ. އެހާދިސާގައި 115 އަށް ވުރެ ގިނަ މީހުން އަދިވެސް ވަނީ ގެއްލިފައެވެ. މަޔާމީގެ ފަޔާ ބްރިގޭޑުން […]