އިސްލާމްދީނަކީ ހުރިހާ ކަމެއްގައި ވެސް އެންމެ ޢަދުލުވެރި ދިނެވެ. ލާދީނީ ޢަމަލުތައް ހުށްޓުވާށެވެ.

Loading

Facebook
Twitter
WhatsApp

އިސްލާމްދީނުގައި އޮތީ ކާފިރުކުރަންޖެހޭ މީހުން ކާފިރު ކުރުމެވެ. އަދި ކާފިރު ކުރަން ނުޖެހޭ މީހުން ކާފިރު ނުކުރުމެވެ. އިސްލާމްދީނަކީ ހުރިހާ ކަމެއްގައި ވެސް އެންމެ ޢަދުލުވެރި ދިނެވެ.

މުސްލިމަކު ކާފިރުކުރަން ޖެހެނީ އެމީހަކުގެ ކިބައިން ކުފުރުގެ ޢަމަލެއް ފައުޅުވުމުންނެވެ. އަދި އެކަން ކުރުމުގައި ބަލަންޖެހޭ މިންގަނޑުތަކާއި ހަމަތަކެއް ވެއެވެ. ﷲ އާއި އެކަލާނގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އަށް ފުރައްސާރަކޮށް މަލާމާތްކޮށް ހެދުމަކީ ކުފުރުގެ ޢަމަލެކެވެ. އަދި މުސްލިމުންގެ ތެރެއިން މީހަކުވެސް ﷲ އާއި ތައާލާއާއި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެއީ ކުފުރުގެ ޢަމަލުތައް ކަމުގައި ކަނޑައަޅުއްވާފައިވާ ޢަމަލުތައް ކުރާނަމަ، ނުވަތަ އެފަދަ ބަސްތައް ބުނާނަމަ، ނުވަތަ އެފަދަ އިޢުތިޤާދުތައް ޤަބޫލުކުރާނަމަ، އެމީހެއްގެ މައްޗަށް ކުފުރުގެ ޙުކުމްޖެހުމަކީ އެކަމުގެ އިޚްތިޞާޞް ލިބިގެން ވާ މީހުން ކުރަންޖެހޭ ކަމެކެވެ. އަދި ޙުކުމް އެފަދަ މީހެއްގެ މައްޗަށް ކަނޑަ އެޅުމުގައި ފުރިހަމަވާންޖެހޭ ޝަރްޠުތަކެއް ވެއެވެ. އަދި ބަލަންޖެހޭ ބެލުންތައް ވެއެވެ. އެކަން ކުރުން އޮތީ ޝަރުޢީ ކޯޓަކުން ނުވަތަ އެކަމުގެ ޢިލްމު ލިބިފައިވާ ޢިލްމުވެރިންނެވެ.

ކާފިރުކުރަން ޖެހޭ މީހުން ކާފިރު ނުކުރުމަކީ ކާފިރު ނުކުރުމުގައި ޙައްދުފަހަނަ އަޅައިދިޔުމެވެ.

ކާފިރު ކުރަން ނުޖެހޭ މީހުން ކާފިރު ކުރުމަކީ ކާފިރު ކުރުމުގައި ޙައްދުފަހަނަ އަޅައި ދިޔުމެވެ.

އިސްލާމްދީނުގައި މިކަންވެސް ވަނީ މެދުމިނުގައެވެ.

މި ޕޯސްޓުގެ މަޤްޞަދަކީ ބައެއް މީހުން އިސްލާމްދީނުގައި މީހަކު ކާފިރުކުރެވޭނެ އެއްވެސް ގޮތެއް ނޯންނަކަމަށް ބުނާތީ، އެފަދަ މީހުންނަށް ކާފިރުކުރުމާބެހޭ އެންމެ އަސާސީ މަޢުލޫމާތު ފޯރުކޮށްދިނުމެވެ. މިއީ މިކަމުގައި ސަންދާނުން އޮޅުފިލުވަން ބޭނުންވެ ކުރެވުނު މަސައްކަތުން ލިބިފައިވާ ގިނަ ޢިލްމުވެރީންގެ ރައުޔުވެސް މެއެވެ.

ގާނޫނާއި ގަވަޢިދު ހަދައިގެން އޭގެ ޙިމާޔަތުގައި ތިބެ މަޖިލީހުގައި ޖަހާ ސަކަރާތްވެސް ރައްޔަތުން ދަނީ ބަލަމުންނެވެ. އެހެން އެކަން ވުމުގެ އަސްލަކީ ގިނަބަޔަކު ދެކޭގޮތުގައި ނަފުސުގައި ޢިއްޒަތެއްނެތް ޙަލާލު ނަހަލާލުވެސް ނުދަންނަ ދަަށުދަރަޖައިގެ މީހުންނަށް ރައްޔަތުންގެ މާބޮޑުވިސްނުމެއްނެތި މަޖިލީހުންނާއި އެމީހުންގެ އަމުރު މައުރޫފު ހިންގުމަށް ފުރުސަތު ދެވިފައިވުމެވެ. އެހެންވުމުގެ ނަތީޖާއަކީ އެބައިމީހުން ހަދާ ގަވާޢިދަކުން ނުވަތަ ގާނޫނަކުން ޢިއްޒަތްތެރި ނޫންބަޔަކަށް ޢިއްޒަތްތެރި މެމްބަރުންކިޔުއްވުން ކަހަލަ ޖޯކް ޗަރުކޭސް އަކަށްވެފައިވުމެވެ.

މިހެން ގައުމުގައި ކަން ހިނގާ އިރު ދީނަށްފުރައްސާރަކުރާ މީހުނަށް އެއްވެސް މިންވަރެއްގެ ތަކުލީފެއް ނުލިބޭފަދަ ގާނޫނެށް، ޔަޢުނީ، ހުށަހަޅައިގެން އުޅޭ ލާ-ދީނީ ބިލަށް ހަރުއަޑުން ނޫނެކޭ ބުނަމުން ގިނަބަޔަކު ގެންދާކަމީ ޙައިރާންވާން ޖެހޭ ކަމެއްނޫނެވެ.

 

Loading

One Response

  1. މަ ހައިރާންވަނީ ލާދީނީ ނުގޮވޭގޮތަށް ގާނޫނު ހަދަން އެކޮމެޓީގެ ބޮސްއަކަށް އެ އުޅޭ އިމްތިޔާޒު ފަހުމީއަކީ މީހުނަށް ލާދީނޭ، ވަގޭ މަލްޢޫނޭ ގޮވާހެދި ކަލޭގެއެވެ. އޭރު އޭނާ ފެލިއެރުވިއިރު ހަމަ އޯކޭ މިހާރުގެ ލާދީނީއޭ ބުނެވޭ މީހުންގެ ބޮޑުބައެއް ތިބީ އެ ކުނިފުޅަ ލައިވް ކޮށް ގޮވިއިރު އަތްޖަހާށެވެ. ނަމަވެސް މިހާރު އިއްޒަތްތެރިވެގެން ގޮސް މީހަކަށް މިމީހުންގެ ނުލަފާ ޢަމަލަކަށްވެސް އެއްޗެއްނުބުނެވޭގޮތް ހެދުމަށް ގާނުނު ނުހެދިގެން މަރުދެނީއެވެ.
    އެންމެ ދެރައީ ރައިސް ސޯލިޙުވެސް އެބިލް މަޖިލީހަށް ފޮނުވައިގެން ފާސްކުރުވަން އުޅޭކަމެވެ. ރައީސް ސޯލިޙު ބޭނުންނުވާނަމަ އެބިލް ސަރުކާރުގެ ފަރާތުން މަޖިލިސް ދޮރުންވެސް އެތެރެ ނުކުރެވުނީސް ނޫންތޯއެވެ. އެކަން އެނގޭ ކިތައްމެ ކަމެއް އެވަނީ ސޯލީހު ހުއްޓުވާފައެވެ. ފައްޔާޒުގެ ބޭރުކުރަން ނަޝީދު ނެށައިގެންވެސް މަޖިލިސްގެ ދޮރާހަމައަށްވެސް އެކަމައްސަލަ ނުވެއްދެވުނެއްނޫންތޯއެވެ. ތީ ތެދެކެވެ. މިއީ މިވެރީން ކުޅޭ ޗަރުކޭސްއެކެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް