ނަޝީދަށް ސަލާމަތީ ގޮތުން ގިނަ ފިޔަވަޅުތަކެއް އެޅުމަށް ހިމަނައިގެން އިންކުއަރީ ރިޕޯޓް ފާސްކޮށްފި

Loading

Facebook
Twitter
WhatsApp

 

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށްގެ ދިން ބޮމުގެ ހަމާލާއާ ގުޅިގެން  ހިންގި ޕާލިމަންޓަރީ އިންކުއަރީ ރިޕޯޓު ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީން ކުރިއަށްގެންދިޔަ އިންކުއަރީ ރިޕޯޓް އެ ކޮމިޓީން ރޭ ފާސްކޮށްފި އެވެ.

ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅިގެން މަޖިލީހުން ބެލީ އެކަން ހިނގައިދިޔަ ގޮތާއި، އެކަމުގައި އިހުމާލުތަކެއްވެފައިވޭތޯ އާއި މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށްޓަކައި އެޅިދާނެ ފިޔަވަޅުތަކާ ގުޅޭ ގޮތުންނެވެ.

ކޮމިޓީގެ ނާއިބު މުގައްރިރު އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ހުށަހެޅުއްވި މި ރިޕޯޓުގައި ޖުމްލަ 45 ރިކޮމެންޑާޝަނެއް ހިމަނާފައި ވެއެވެ.

އޭގެ ތެރޭގައި ރައީސް ނަޝީދަށް ސެކިއުރިޓީ ދޭނެގޮތްތަށް ވީހާވެސް ބޮޑަށް ވަރުގަދަ ކުރާނެ ގޮތްތަށް ހިމަނާފައިވެއެވެ. އެގޮތުން އެމަނިކުފާނު ގޭގަ އުޅުއްވާއިރުގައާއި ބޭރުގައި އުޅުއްވާއިރުގައި ސެކިއުރިޓީ ވަރުގަދަކުރަން ހިމަނާފައިވެއެވެ.

އެގޮތުން ރައީސް ނަޝީދުގެ ސެކިއުރިޓީއާ ގުޅޭގޮތުން ޑިފެންސް އިންޓެލިޖެންސް ސާވިސްއިން ކަނޑައަޅާ ގޮތެއްގެ މަތީން ނަޝީދަށް އޮތް ތުރެޓް ލެވެލްތަކާއި އެއްފެންވަރަށް ސެކިއުރިޓީ ހަމަޖެއްސުން ހިމެނެއެވެ.

އަދި އެމަނިކުފާނު ގެކޮޅުގައި ދިރިއުޅުއްވާ ވަގުތުތަކާއި ނޫޅުއްވާ ވަގުތުތަކުގައި އެކްސެސް ކޮންޓްރޯލްކޮށް ހަތިޔާރާއިއެކު 24 ގަޑިއިރު ފޯރިމެރުމާއި ގެކޮޅު ހުންނަ ސަރަހައްދު ސީސީޓީވީން މޮނިޓަރ ކުރުން ހިމެނެއެވެ.

އަދި ނަޝީދަށް ބޭނުންކުރާ ކާރުކޮޅަކީ ސްޓޭންޑާޑް އާމްޑް ކާރުކޮޅެއްކަން ކަށަވަރު ކުރުމާ ކާރުކޮޅު ބޭނުން ކުރެއްވުމުގެ ކުރިން ކާރުކޮޅުގެ ހާލަތު ރަނގަޅަށް ބަލައި އެމަނިކުފާނު ބޭނުން ކުރައްވާ ކާރުކޮޅަކީ ސަލާމަތީ ކަންތައްތައް ވަރުގަދަ ކުރެވިފައި ކާރުކޮޅެއް ކަށަވަރު ކުރުމަށް ރިޕޯޓުގައި ބުނެފައިވެއެވެ.

މީގެ އިތުރުން އެމަނިކުފާނުގެ އަރިހުގައި މަސައްކަތްކުރައްވާ ހަށިފާރަވެރިންގެ ޓީމަށް  ރިފްރެޝަރ ޓްރެއިން ކަނޑައެޅިފައިވާ ޝެޑިއުލަކަށް ދިނުމާއި ޑިފެންސް އިންޓެލިޖެންސް ސާވިސްގެ ތްރެޓް އެސެސްމެންޓް ތަކަށްފަހު ދޭ ރިކޮމެންޑޭޝަންތައް ތަންފީޒު ކުރުމާއި، ނަޝީދަށް ހިމާޔަތާ ރައްކާތެރިކަން ފޯރުކޮށްދިނުމަށްޓަކައި ފުލުހުންގެ އެހީތެރިކަން ބޭނުންވާ ހާލަތްތަކުގައި ފުލުހުންގެ އެހީތެރިކަން ދިނުންވެސް ހިމެނެއެވެ.

ރައީސް ނަޝީދުގެ ކްލޯޒް ޕްރޮޓެކްޝަން ޓީމުގައި ހިމެނޭ ފަރާތްތަކަކީ ޑިފެންސް އިންޓެލިޖެންސް ސާވިސް އަދި ފުލުހުން ވެޓް ކޮށްފައިވާ ބަޔަކަށްވުން ލާޒިމް ކުރުމަށާއި އެ ފަރާތްތަކަށް އަހަރަކު އެއްފަހަރު ވެޓް ކުރަމުން ގެންދިއުމަށް ބުނެފައިވެއެވެ.

ގައުމީ ސަލާމަތަށް ނުރައްކާ ވެދާނެ ކަންކަމާ ގުޅޭ އިންޓެލިޖެންސް މައުލޫމާތު ޑިފެންސް ފޯސް އާ ފުލުހުންގެ ހިދުމަތް އަދި ޓެރެރިޒަމް މަނާ ކުރުމުގެ ގާނުގައި ބަޔާންކުރާ އިދާރާ ތަކުގެ ތެރޭގައި ހިއްސާ ކުރާނެ ހާމޮނައިޒް ޑާޓާ ސިސްޓަމެއް ވީ އެންމެ އަވަހަކަށް އެކުލަވައިލުމަށް ރިޕޯޓުގައި ބުނެފައިވެއެވެ.

ރިޕޯޓުގައި ބުނެފައިވަނީ ރާއްޖޭގައި ހަރުކަށި ފިކުރު ފެތުރުނަ ނުދިނުމަށްޓަކައި އެކުލަވާލާފައިވާ މުޅި ސަރުކާރު ”ހޯލް ގަވަރންމެޓް އެޕްރޯޗް“ އަދި ”ހޯލް ސޮސައިޓީ އެޕްރޯޗް“ގެ ސިޔާސަތު ތަންފީޒު ކުރުން އަވަސް ކުރުމަށް ވެސް ބުނެފައި ވެއެވެ.  އެގޮތުން ސިޔާސަތުގެ ދަށުން ޓެރެރިޒަމާ ހަރުކަށި ފިކުރާ ދެކޮޅަށް ކުރާ މަސައްކަތުގައި އިސްލާމިކް އެފެއާޒާ އެޑިއުކޭޝަން މިނިސްޓްރީ އާ ޔޫތު މިނިސްޓްރީ އަދި ޖެންޑަރ މިނިސްޓްރީގެ މަސައްކަތުގެ ދާއިރާގައި ހިމެނޭ ކަންތައްތަކަށް ހާއްސަ ސަމާލު ކަމެއް ދީގެން ކުރުމަށް ތަންފީޒު ކުރުމަށ ްބުނެފައިވެއެވެ.

ކައުންޓަރ ޓެރެރިޒަމްގެ މަސައްކަތްތައް ހަރުދަނާކޮށް ފިޔަވަޅު އެޅުމަށް ބޭނުންވާ ޓެލެކޮމިއުނިކޭޝަން ޑޭޓާ ހޯދުމުގައި ގާނޫނީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ހުރި ގޮންޖެހުންތައް މުރާޖާކޮށް އެމައްސަލަ ތަކަށް ހައްލު ހޯދުމަށް ރިޕޯޓުގައި ބުނެފައިވެއެވެ.

ރިޕޯޓުގައި ބުނެފައިވަނީ އިތުރަށް ބުނެފައިވަނީ މީޑިއާއާއި ސޯޝަލް މީޑިއާ މެދުވެރިކޮށް ޓެރަރިޒަމާއި ހަރުކަށި ފިކުރަށް ހިތްވަރު ލިބޭ ގޮތަށް މުއާމަލާތް ކުރާ ފަރާތްތައް ހޯދައި، ފިޔަވަޅު އެޅޭނެ ނިޒާމެއް ގާއިމް ކުރުމަށް ވެސް މި ރިޕޯޓްގައި ރިކޮމެންޓް ކޮށްފައިވެއެވެ.

މަޖިލީހުގެ 241 ކޮމިޓީން މި ރިޕޯޓް ފާސްކޮށްފައި މިވަނީ   50 އަށް ވުރެ ގިނަ ފަރާތް ތައް ހާޒިރުކޮށް ބޮޑު ތަހުގީގެއް ހިންގުމަށް ފަހުއެވެ.

Loading

One Response

  1. މިބެށްފެންނަނީތިބުނާމީހާގެންގޮސްގެންނަށް؟ބޮޑެތިވަލުޖަނަވާއުފުލާވައްތަރު!ގަދަފަދައެކަތަދަގަޑުކޮށިގެނެސްއޭގައުފުލަން؟އެއައްވުރެއްލާހުގެކުޅަދުންވަންތަކަމާބޮނޑުހަދާނުގައެކަންބެހެއްޓީއާމާރަގަޅުވާނެ؟

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް