ރައްކާ ރޯޑް ސޭފްޓީ ކުރެހުމުގެ މުބާރާތުން އެއްވަނަ އާއިޝަތު ޔަނާލް ޔާފިސް އަށް

43

 

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ފުލުހުން ކުރިއަށް ގެންދިޔަ ކުރެހުމުގެ މުބާރާތުން  އެއްވަނަ އާއިޝަތު ޔަނާލް ޔާފިސް އަށް ލިބިއްޖެއެވެ.

މި މުބާރާތުން ދެ ވަނަ އަށް މުހައްމަދު ކައިސް ހަސަން އާމިރު ހޮވިފައިވާއިރު މުބާރާތުގެ ތިން ވަނަ އަށް ހޮވިފައިވަނީ އާމިނަތު ޔޫހާ އިބްރާހިމްއެވެ

މޯލްޑިވްސް ޕޮލިސް ސާވިސް އާއި އެލައިޑް އިންޝުއަރެންސް ގުޅިގެން ބާއްވާ ރައްކާ ރޯޑް ޝޯގެ ކުރެހުމުގެ މުބާރާތުގެ ނަތީޖާ ފާޅުކޮށް މިހާރުވަނީ އިނާމާއި ސެޓްފިކެޓް ހަވާލުކޮށްފައެވެ.

އެގޮތުން، މުބާރާތުގެ އެއްވަނަ އަށް 1000 ރުފިޔާ، ދެވަނަ އަށް 400 ރުފިޔާ އަދި ތިންވަނަ އަށް 300 ރުފިޔާ ދީފައިވެއެވެ.

އޭގެ އިތުރުން އެ ކުރެހުންތައް، ސޯޝަލް މީޑިއާގައި ރޯޑްސޭފްޓީ އެވެއާނަސް ޕޯސްޓުގެ ގޮތުގައި އަދި ސެޝަންތަކުގައި ހުށަހަޅާ ޕްރެޒެންޓޭޝަން ތަކުގައިވެސް ބޭނުންކުރުމަށް ހަމަޖެހިފައިވާކަމަށް ފުލުހުން ބުނެއެވެ.

ރައްކާ ކުރެހުމުގެ މުބާރާތަކީ 10 އަހަރާއި 18 އަހަރާ ދެމެދުގެ އުމުރުފުރާގެ ކުދިންގެ މެދުގައި، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ”މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ތީމުގެ ދަށުން ކުރިއަށް ގެންދިޔަ މުބާރާތެކެވެ.

މުބާރާތުގެ ކުރެހުންތައް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީ އެޕްރީލް 27 އިން މެއި 27 އަށެވެ.

މުބާރާތުގައި ބައިވެރިކުރި ކުރެހުންތައް ފޭސްބުކުގައި ހިއްސާކޮށްފައިވެއެވެ. އަދި ކުރެހުމަށް ލިބުނު ލައިކްސް އާއި ޝެއަރގެ ނިސްބަތުން 70 އިންސައްތަ ޕޮއިންޓު ދީފައިވާއިރު  30 އިންސައްތަ ޕޮއިންޓު ދީފައިވަނީ މުބާރާތަށް ހުށަހެޅި ކުރެހުންތައް، ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓާއި އެލައިޑް އިންޝުއަރެންސްގެ ޓީމަކުން ބެލުމަށްފަހުއެވެ. އެގޮތުން، 30 އިން ސައްތަ ޕޮއިންޓު ދިނުމުގައި ކުރެހުމުގެ ކްރިއޭޓިވިޓީ އަދި އޮރިޖިނަލަޓީ އަށް 10 އިންސައްތަ އަދި ތީމުގައިވާ މެސެޖު ކުރެހުމުން ފޯރުކޮށްދީފައިވާ މިންވަރަށް 10 އިންސައްތަ އަދި ޖުމްލަކޮށް ކުރެހުމުގެ ޑިޒައިން އަދި އާޓިސްޓިކް ކޮލެޓީއަށް 10 އިންސައްތަ ދީފައިވެއެވެ.

 

ހިޔާލު ދެއްވާ

މިތަނުގައި ހިޔާލު ލިޔުއްވާ
ނަން ލިޔުއްވާ