އަލީ ވަހީދު އުޅުއްވަނީ ޑެޕިއުޓީ ހައިކޮމިޝަނަރުގެ ގެކޮޅުގަ ކަމަށް ބުނާވާހަކަ ދޮގުކޮށްފި

ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި މަގާމުން ދުރުކުރި ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދުއިނގިރޭސި ވިލާތުގައި ދިރިއުޅުއްވަނީ، އެޤައުމުގައި ހުންނަވާ ރާއްޖޭގެ ރާއްޖޭގެ ޑެޕިއުޓީ ހައިކޮމިޝަނަރުގެ ގެކޮޅުގައި ކަމަށް ބުނެ ދައްކަމުންދާ ވާހަކަތައް އިނގިރޭސިވިލާތުގައި ހުންނަ ދިވެހި ހައިކޮމިޝަނުން ދޮގުކޮށްފިއެވެ. އަލީ ވަހީދު ދިރިއުޅުއްވަނީ އިނގިރޭސި ވިލާތުގައި ހުންނަ ރާއްޖޭގެ ޑެޕިއުޓީ ހައިކޮމިޝަނަރުގެ ގެކޮޅުގައި ކަމަށް ބުނެ ރާއްޖޭގެ އޮންލައިން ނޫހަކުން އާންމުކޮށްފައިވާ އާޓިކަލް އެއް ޝެއާކުރައްވަމުން އިނގިރޭސިވިލާތަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ […]
ނަފްރަތުގެ ބިލު ބޭރުކުރަން ކޮމިޓީން ފާސްނުވި

އާއްމު ތަނެއްގައި ވަކިމީހަކީ އިސްލާމްދީނާ ހިލާފަށް ނޫނީ އިސްލާމްދީނާ ދެކޮޅުމީހެއްކަމަށް ބުނެ ތުހުމަތުކުރުން ފަދަ އަމަލު ހިންގުން ޖިނާއީ ކުށަކަށް ހަދަން ގާނޫނުލްއުގޫބާތު އިސްލާހުކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު ބޭރު ކޮށްލަން ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާ ހުށަހެޅުއްވި ހުށަހެޅުން ފާސް ނުކުރަން ޖުޑިޝަރީ ކޮމިޓީން ނިންމައިފި އެވެ. ޖުޑިޝަރީ ކޮމިޓީން ރޭ ބޭއްވި ބައްދަލުވުމުގައި ރިޒާގެ ހުށަހެޅުއްވުމަށް ތާއީދު ކުރައްވާ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވިދާޅުވީ، އެޗްއާރުސީއެމުން ދިން ލަފާގައި […]
ރަހީނުކޮށް ކުޑަކުއްޖާ މަރާލުން: ކުއްޖާ އުފުލި ކާރު ފުލުހުން ބަލައިފާސްކޮށްފި

ރަހީނުކޮށް މަރާލުމަށްފަހު އެއްލާލި އުމުރުން 13 އަހަރުގެ ފިހެންކުއްޖާ އުފުލި ކަމަށް ބެލެވޭ ޓެކްސީއެއް ފުލުހުން ބަލައި ފާސްކޮށްފިއެވެ. ފުލުހުން ބުނީ އެ ފިހެންކުއްޖާގެ މަރުގެ މައްސަލައާ ގުޅިގެން ތަހްގީގުނގެ ބޭނުމަށް އެ ކުއްޖާ އުފުލިކަމަށް ޝައްކުކުރެވޭ ޓެކްސީއެއް ބަލާ ފާސްކޮށްފައިވާކަމަށެވެ. ނަމަވެސް އެކަމާއި ގުޅޭ އިތުރު އެއްވެސް ތަފްސީލެއް ފުލުހުން ނުދެއެވެ. މި ކުއްޖާ މަރާލާފައި އޮތްވާ ފެނުނީ މިދިޔަ ހޯމަދުވަހުގެ ރޭ ދަންވަރު 2:30 ހާއިރު ހުޅުމާލެ ދެވަނަ ފިޔަވަހީގެ އިރުއުތުރު ފަރާތުގެ […]
ސިނޮވެކް ވެކްސިންއާ ބެހޭ ދޮގު މައުލޫމާތު ފެތުރި ޑޮކްޓަރަކު ޖޫރިމަނާކޮށްފި

މީސްމީޑިޔާގައި ސިނޮވެކް ވެކްސިންއާ ބެހޭ ދޮގު މައުލޫމާތު އާންމުކުރުމާ ގުޅިގެން ޕާރލިސް ކަންގަރްގެ ސެޝަންސް ކޯޓުން ޒަމްނުލް އަޒްހަރް މުލްކާން ނަމަކަށް ކިޔާ ޑޮކްޓަރަކު 5000 މެލޭޝިޔަން ރިންގިޓުން ޖޫރިމަނާކޮށްފިއެވެ. އޭނާގެ ފޭސްބުކް އެކައުންޓުގައި ޒަމަނުލް އަޒްހަރް ވަނީ ވެކްސިން ނުޖެހުމަށް ގޮވާލައި މީހުން ވެކްސިން ޖެހުމަށް ބިރުގަންނާނެ ފަދަ ދޮގު މައުލޫމާތު ހިމެނޭ ވީޑިޔޯއެއް އާންމުކޮށްފައެވެ. އޭނާ މި ވީޑިޔޯ ރެކޯޑުކޮށްފައި ވަނީ އޭޕްރިލް މަހުގެ 20 ވަނަ ދުވަހު އޭނާ މަސައްކަތްކުރަމުންދާ ކްލިނިކް ކަމަށްވާ […]
ކޮވިޑް19: އިތުރު 172 މީހަކު ފައްސިވެއްޖެ!

މިއަދު ކޮވިޑް19 އަށް ފައްސިވެފައިވަނީ 172 މީހުންނެވެ. މިއަދު ފެނުނު ކޭސްތަކުގެ ތެރެއިން 96 މީހަކު ފައްސިވެފައިވަނީ މީހުން ދިރިއުޅޭ ރަށަކުންނެވެ.އަދި ރިސޯޓްތަކުން 10 މީހަކު ވަނީ ފައްސިވެފައެވެ. އަނެއް 66 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ. މިއަދުގެ ރެކޯޑްތަކާއި އެކު ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 72,466 އަށް އަރައިފައެވެ. އޭގެ ތެރޭގައި 4,362 އެކްޓިވް ކޭސް ހިމެނޭއިރު 41 ފަރާތަކަށް ދަނީ އެޑްމިޓް ކޮށްގެން ފަރުވާ ދެމުންނެވެ . މިހާތަނަށް ރާއްޖެ އިން […]
ބުއްދި އާއި ސިކުނޑި ފޭރުމުގެ ފަންނު

އެއްދުވަހަކު އިނގިރޭސިވިލާތުގެ ސަފީރު، އިނގިރޭސި ކޮންސިއުލާއާއެކު އިންޑިޔާގެ ނިއުދިއްލީގެ މަގަކުން ކާރުކޮޅުގައި ވަޑައިގަތެވެ. މަގުމަތިން ފެނުނީ އިންޑިޔާގެ ޔުނިވަރސިޓީ ދަރިވަރަކު ގެރިޔެއްގައި ކޮޅުފައިން ޖެހިތަނެވެ. ސަފީރު ކުއްލިއަކަށް ޑްރައިވަރަށް އެންގެވީ ކާރު މަޑުކުރުމަށެވެ. ކާރު މަޑުކުރުމުން ސަފީރު ކާރުން ފައިބާވަޑައިގެން ގެރިޔާ ދިމާއަށް ފައިމަގުގައި ހިންގަވާފައި ވަޑައިގަތެވެ. އަދި ގެރީގެ ކައިރީ ހުރި ހިންދީ ޒުވާނާއާ ދިމާއަށް ވަރަށް ކޯފާއިސްކުރައްވައި ހަޅޭއްފުޅު ލައްވައި އޭނާ ދުރަށް ކޮއްޕަވާލެއްވިއެވެ. އަދި ޒުވާނާގެ އަދަބު ކުޑަ ޢަމަލަށްޓަކައި ”މުޤައްދަސް“ ގެރީގެ […]
އިޒްރޭލުގެ ނިއުސް ޗެނެލްއެއްގެ ގޮތްޕެއް ޔޫ.އޭ.އީ ގައި ހުޅުވަނީ

އިޒްރޭލާއި ޔޫ.އޭ.އީ އާ ދެމެދު މިދިޔަ އަހަރު ވަނީ ސުލްހައިގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. ދާދި ފަހުން އިޒްރޭލުގެ ޕްރައިވެޓް ނިއުސް ޗެނެލަކުން ވަނީ ޑުބާއީ ގައި މީޑިޔާ އޮފީހެއް ހުޅުވާ ކަމުގެ ޚަބަރު އިއުލާނުކޮށްފައެވެ. މިދިޔަ ހޯމަ ދުވަހު އިއުލާނުކޮށްފައިވާ މި ޚަބަރު ވެގެން ދިޔައީ ޔޫ.އޭ.އީގައި ދިރިއުޅެމުންދާ މުސްލިމުންނަށް ލިބުނު ހިތާމަވެރި ޚަބަރަކަށެވެ. އެ ގައުމުގެ ސަރުކާރުން އިޒްރޭލާއެކު ގުޅުން ބަދަހި ކޮށްފައިވީ ނަމަވެސް އެ ގައުމުގެ މުސްލިމް ރައްޔިތުން ހަގީގަތުގައި އިޒްރޭލާ ވަރަށް ދެކޮޅެވެ. […]
ޓްރެވަލް އެޖެންސީތަކުގެ އަހަރީ ރިޕޯޓް މި މަސް ނިމުމުގެ ކުރިން ހުށަހަޅަން އަންގައިފި

ރާއްޖޭގައި ހިންގަމުންއަންނަ ޓްރެވެލް އެޖެންސީގެ އަހަރީ ރިޕޯޓު މިމަސް ނިމުމުގެކުރިން ކުރިން ޓޫރިޒަމް މިނިސްޓްރީއަށް ހުށައެޅުމަށް ޓޫރިޒަމް މިނިސްޓްރީން އަންގައިފިއެވެ. ދިވެހިރާއްޖޭގައި ދަތުރުރާވާ ހިންގުމާ ބެހޭ ގަވާއިދު ( ޓްރެވަލް އެޖެންސީ ހިންގުމާ ބެހޭ ގަވާއިދު)ގެ 9 ވަނަ މާއްދާގެ ދަށުން ޓްރެވަލް އެޖެންސީގެ އަހަރީ ރިޕޯޓެއް ކޮންމެ އަހަރެއްގެ ޖޫން މަހުގެ 30 ވަނަ ދުވަހުގެ ކުރިން މިނިސްޓްރީ އޮފް ޓޫރިޒަމަށް ހުށަހަޅަންޖެހެއެވެ. އެހެންކަމުން ރާއްޖޭގައި އޮޕަރޭޓްކުރަމުންދާ ހުރިހާ ޓްރެވެލް އެޖެންޓުންވެސް މިމަހުގެ 30 […]
އައްޑޫ ފްލައިން ސްކޫލް އެވިޑް ކޮލެޖަށް

އައްޑޫ ސިޓީގައި ހިންގާ އޭޝިއަން އެކަޑަމީ އޮފް އެރޮނޮޓިކްސް (އޭއޭއޭ) އެވިޑް ކޮލެޖާ ހަވާލުކުރަން ނިންމައިފިއެވެ. އެނގިފައިވާ ގޮތުގައި މި ފްލައިން ސްކޫލް ހިންގުމަށް އެވިޑްކޮލެޖަށް ދިނުމަށް ވާންޖެހޭ ތައްޔާރީތަށް މިހާރު ދަނީ ކުރަމުންނެވެ. އަދި އެވިޑަށް މި ސްކޫލު ދިނުމަށް ވެވޭ އެއްބަސްވުމުގައި މާދަމާ ސޮއިކުރުމަށް އަންނަނީ ތައްޔާރުވަމުންނެވެ. އައްޑޫ ފްލައިން ސްކޫލު ހިންގާނެ ފަރާތެއް ހޯދުމަށް ތިން ފަހަރެއްގެ މަތީން ހުޅުވާލިއެވެ. މި ފްލައިން ސްކޫލް އެވިޑްކޮލެޖުގެ ދަށަށް ބަދަލު ކުރަން ތައްޔާރީތައް ވަމުންއަންނައިރު […]
ތިނަދޫގައި ޕީސީއާރު ޓެސްޓް ކުރެވޭގޮތްހަދަނީ

ގދ.ތިނަދޫ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގައި ޕީސީއާރު ޓެސްޓް ހެދުމުގެ އިންތިޒާމް ހަމަޖައްސުމުގެ މަސައްކަތް ފަށައިފިއެވެ. އެ ހޮސްޕިޓަލުގައި ބެހެއްޓުމަށް މަސައްކަތްކުރަނީ ދުވާލެއްގެ މައްޗަށް 300 ސާމްޕަލް ޓެސްޓު ކުރެވޭނެ މެޝިނެކެވެ. މިހާތަނަށް 4780 ސާމްޕަލް އެރަށުން ނަގައިފައިވާއިރު ދުވާލެއްގެ މައްޗަށް މިހާރު ނަގަމުންދާ ސާމްޕަލްތަކުގެ ތެރެއިން 20 އިންސައްތަ ބައްޔަށް ޕޮޒިޓިވްވަމުންދާކަމަށް އެރަށު ހޮސްޕިޓަލުން ބުނެއެވެ. އެ ހޮސްޕިޓަލުން ބުނީ ސާމްޕަލްތައް މާލެ ފޮނުވައިގެން ރިޕޯޓްލިބެން ދެ ދުވަސްވަރު ވާ ކަމަށާ، ނަމަވެސް އެ ހޮސްޕިޓަލުގައި […]