އަލީ ވަހީދު އުޅުއްވަނީ ޑެޕިއުޓީ ހައިކޮމިޝަނަރުގެ ގެކޮޅުގަ ކަމަށް ބުނާވާހަކަ ދޮގުކޮށްފި

Loading

Facebook
Twitter
WhatsApp

ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި މަގާމުން ދުރުކުރި ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދުއިނގިރޭސި ވިލާތުގައި ދިރިއުޅުއްވަނީ، އެޤައުމުގައި ހުންނަވާ ރާއްޖޭގެ ރާއްޖޭގެ ޑެޕިއުޓީ ހައިކޮމިޝަނަރުގެ ގެކޮޅުގައި ކަމަށް ބުނެ ދައްކަމުންދާ ވާހަކަތައް އިނގިރޭސިވިލާތުގައި ހުންނަ ދިވެހި ހައިކޮމިޝަނުން ދޮގުކޮށްފިއެވެ.

އަލީ ވަހީދު ދިރިއުޅުއްވަނީ އިނގިރޭސި ވިލާތުގައި ހުންނަ ރާއްޖޭގެ ޑެޕިއުޓީ ހައިކޮމިޝަނަރުގެ ގެކޮޅުގައި ކަމަށް ބުނެ ރާއްޖޭގެ އޮންލައިން ނޫހަކުން އާންމުކޮށްފައިވާ އާޓިކަލް އެއް ޝެއާކުރައްވަމުން އިނގިރޭސިވިލާތަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ.ފަރަހަނާޒް ފައިސަލް ވިދާޅުވީ އަލީވަހީދު ޑެޕިއުޓީ ހައިކޮމިޝަނަރުގެ ގޭގައި އުޅުއްވާކަމަށް ބުނެ ރާއްޖޭގެ އޮންލައިން ނޫހަކުން ފަތުރާފައިވަނީ ކަނޑައެޅިގެން ހަގަތާއި ހިލާފު ވާހަކަތަކެއްކަމަށެވެ.

އަދި އެފަދައިން ޚަބަރު ފަތުރާފައި ވަނީ އިނގިރޭސި ވިލާތުގައި ހުންނަ ރާއްޖޭގެ ޑެޕިއުޓީ ހައިކޮމިޝަނަރާއި އެމްބަސީގެ އަގުވައްޓާލައި ބަދުނާމުކުރުމަށްކަމަށް ސަފީރު ވަނީ ވިދާޅުވެފައެވެ.

ޖިންސީ ގޯނާގެ ބޮޑެތި ތުހުމަތުތަކެއްކޮށް ގިނަ ދައުވާތަކެއް ވެސް އުފުލާފައި ވަނިކޮށް އަލީ ވަހީދު ފުރައިގެން ބޭރަށް ވަޑައިގެންނެވީ އޭނާގެ ޕާސްޕޯޓް ހިފަހައްޓަން ކްރިމިނަލް ކޯޓުން ނެރެފައި އޮތް އަމުރު ބާތިލު ކުރުމާއި ގުޅިގެނެވެ. ފުރަތަމަ ވަޑައިގެންނެވީ ތުރުކީއަށް ނަމަވެސް މިހާރު އަލީ ވަހީދު ހުންނެވީ އިނގިރޭސިވިލާތުގަ އެވެ.

އޭނާގެ މައްޗަށް ކުރިއަށް ގެންދާ ޝަރީއަތް ވެސް ބާއްވަނީ އޮންލައިންކޮށެވެ.
އަލީ ވަހީދު އިނގިރޭސި ވިލާތުގައި ދިރިއުޅުއްވަނީ ޑެޕިއުޓީ ހައިކޮމިޝަނަރުގެ ގެކޮޅުގައި ކަމަށް ބުނެ ރާއްޖޭގެ ބައެއް އޮންލައިން ނޫސްތަކުންވަނީ ހަބަރުފަތުރާފައެވެ.

Loading

One Response

  1. މީނާގެ މައްޗަށް ކުރާ 7 ދައުވާވެސް އެއީ ދޮގެއް. އެންޑީޕީގެ އަންހެން އެމްޕީން ނަށް އެކަން ޢަލީވަހީދު ކުރިކަމަށް ހީވިއަށް ބެހުނު ކުދިން ދެއްކިވާހަކަ ތަކުން ސޯލިޙު ރައީސް އަށް ކީރިތި ކުރެއްވުނަށް އޭނާގެ ފިއްލުވައި ޔޫކޭ އަށް ފޮނުވިޔޭ ކިޔަށް އެއީ ހުސްދޮގެވެ. ތެދަކީ ސޯލިޙު ރައީސް އާއި އެމްޑީޕީގެ ރައީސް ވެގެން މަގާމުތަކަށް އިސްކޮށްފާ ތިބޭ ދިވެހިންގެ ޚާދިމުން ތަކެއް އެފަހަރަކު ބުނާ އެއްޗެކެވެ. އެގޮތަށް ދިވެހިންގެ ބުއްދި ބަދަލުވީމާ މުޅިން އޯކޭ ވީއެވެ.
    މި މީހުންނަކީ ޖަރީމާގެ އަހުލުވެރީންނޭ ބުނާކަށް މަށެއް ނެތީމެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް