ޓްރެވަލް އެޖެންސީތަކުގެ އަހަރީ ރިޕޯޓް މި މަސް ނިމުމުގެ ކުރިން ހުށަހަޅަން އަންގައިފި

Loading

Facebook
Twitter
WhatsApp

 

ރާއްޖޭގައި ހިންގަމުންއަންނަ ޓްރެވެލް އެޖެންސީގެ އަހަރީ ރިޕޯޓު މިމަސް ނިމުމުގެކުރިން ކުރިން ޓޫރިޒަމް މިނިސްޓްރީއަށް ހުށައެޅުމަށް ޓޫރިޒަމް މިނިސްޓްރީން އަންގައިފިއެވެ.

ދިވެހިރާއްޖޭގައި ދަތުރުރާވާ ހިންގުމާ ބެހޭ ގަވާއިދު ( ޓްރެވަލް އެޖެންސީ ހިންގުމާ ބެހޭ ގަވާއިދު)ގެ 9 ވަނަ މާއްދާގެ ދަށުން ޓްރެވަލް އެޖެންސީގެ އަހަރީ ރިޕޯޓެއް ކޮންމެ އަހަރެއްގެ ޖޫން މަހުގެ 30 ވަނަ ދުވަހުގެ ކުރިން މިނިސްޓްރީ އޮފް ޓޫރިޒަމަށް ހުށަހަޅަންޖެހެއެވެ. އެހެންކަމުން ރާއްޖޭގައި އޮޕަރޭޓްކުރަމުންދާ ހުރިހާ ޓްރެވެލް އެޖެންޓުންވެސް މިމަހުގެ 30 ވަނަ ދުވަހުގެ ކުރިން ރިޕޯޓް ހުށައެޅުމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ އެދިފައެވެ. އަދި 2020 ވަނަ އަހަރުގެ އަހަރީ ރިޕޯޓު މިހާރު ހުށަހަޅުއްވާފައިވާ ފަރާތްތަކުން އަލުން ރިޕޯޓު ހުށަހަޅަން ނުޖެހޭނެކަމަށްވެސް ޓޫރިޒަމް މިނިސްޓްރީން ވަނީ އެދިފައެވެ.

ޓްރެވެލް އެޖެންސީތައް ހިންގުމުގެ ގަވާއިދަށް މިއަހަރުގެ ފެބްރުއަރީ މަހުގެ 25 ވަނަ ދުވަހު އިސްލާހު ގެނެސް ވަނީ އަލުން ގެޒެޓްކޮށްފައެވެ.

”ދިވެހިރާއްޖޭގައި ޓޫރިޒަމާގުޅުންހުރި ދަތުރު ރާވައިހިންގުމުގެ ހިދުމަތް ދިނުމާ ބެހޭ ގަވާއިދު“ ގެ ދަށުން ކޮންމެ އަހަރެއްގެ އަހަރީ ރިޕޯޓު ޓްރެވަލް އެޖެންސީތަކުން ހުށަހަޅަން ޖެހޭނެ އެވެ. މި ގަވާއިދުގެ ދަށުން ރިޕޯޓު ހުށަނާޅާ އެޖެންސީތަކުގެ ހުއްދަ ބާތިލު ކުރުމުގެ ބާރު ޓޫރިޒަމް މިނިސްޓްރީއަށް ލިބިގެންވެ އެވެ. ނަމަވެސް ފަހުން ގެނައި އިސްލާހާއެކު ރިޕޯޓް ހުށަނާޅައިފިނަމަ ހުއްދަ ބާތިލްކުރާނީ މިނިސްޓްރީން ނޯޓިސް ދިނުމަށްފަހުގައެވެ.
އަދި މިހާރުގެ ގަވައިދުގައި ވާގޮތުން ޓްރަވެލް އެޖެންސީ އޮފީހެއް ހިންގަންޖެހޭނީ ލޯކަލް ޓްރެވެލް އެޖެންސީތަކުގެ އެޖެންޓަކާއި ގުޅިގެންނެވެ.

އެ ގަވާއިދުގައި ކުރިން ބުނެފައި އޮތްގޮތުން ބޭރުގެ ބޮޑެތި ޓްރެވެލް އެޖެންސީތަކަށް ޓްރެވަލް އެޖެންސީ ރެޕްރެޒެންޓޭޓިވް އޮފީސްތައް ރާއްޖޭގައި ހުޅުވާލެވެއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖޭގައި މިވަގުތު 454 ޓްރެވެލް އެޖެންޓުން ވަނީ ރަޖިސްޓްރީކޮށްފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް