އަދީބުގެ މައްސަލަ ކޯޓުން ބޭރުކޮށްލި ގާޒީ ވަކިކުރަން މަޖިލީހަށް
ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ މައްސަލަތައް ކްރިމިނަލް ކޯޓުން ބޭރުކޮށްލި ގާޒީ އިސްމާއިލް ރަޝީދު މަގާމުން ވަކިކުރުމަށް ޖުޑިޝަލް ސާވިސް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފި އެވެ. ޖުޑީޝަލް ސަރވިސް ކޮމިޝަނުން މިރޭ ނެރުނު ބަޔާނެއްގައި ވާގޮތުން މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ހިޔާނާތާ ގުޅިގެން ކުރީގެ ނާއިބު ރައީސް އަހްމަދު އަދީބުގެ މަށްޗަށް ދައުލަތުން އުފުލި ހަތް ދައުވާ ބާތިލް ކުރަން ކުރިމިނަލް ކޯޓުގެ ގާޒީ އިސްމާއިލް […]
ކޮރޯނާ ވައިރަސް ޖެހިގެން އިންޑިއާއިން އެއްދުވަހުގެ ތެރޭގައި 3741 މީހުން މަރުވެއްޖެ
ކޮރޯނާ ވައިރަސް ޖެހިގެން އިންޑިއާއިން އެންމެ ދުވަހެއްގެ ތެރޭގައި 3741 މީހުން މަރުވެއްޖެ އެވެ. އަދި ހަމަ ހޮނިހިރު ދުވަހު 2,40,842 މީހުންނަށް ވައިރަސް ޖެހިފައިވާކަމަށް މިއަދުގެ މީޑިއާ ރިޕޯޓުތަކުން ދައްކައެވެ. ނިއުސް އެޖެންސީތަކުން ޚަބަރުދޭ ގޮތުގައި ކޮރޯނާ ވައިރަސް ޖެހިގެން މުޅިދުނިޔެއިން މަރުވާ ކޮންމެ ތިން މީހުންގެ ތެރެއިން އެކަކު މިދުވަސްވަރު މަރުވަނީ އިންޑިއާގައެވެ. ކޮރޯނާ ވައިރަހުން ރައްކާތެރިވުމަށް ޖަހާ ވެކްސިންގެ ދެޑޯޒް ފުރިހަމަކޮށްފައި ތިބޭ މީހުންނަށް ވައިރަހުން ކުރާ އަސަރު ވަރަށް ބޮޑުތަން ކުޑަކަމަށް […]
އަލް އަޤްޞާގައި ދިރިއުޅެމުންދާ ފަލަސްތީނު ރައްޔިތުން ރައީސް ޢައްބާސްއާ ދެކޮޅަށް މުޒާހަރާކޮށްފި
ފާއިތުވީ ދެ ހަފުތާގެ ތެރޭގައި އިޒްރޭލުން ވަނީ ޣައްޒާއަށް ގިނަގުނަ ހަމަލާތައް އަމާޒުކޮށްފައެވެ. އަދި ފަލަސްތީނުގެ ހަމައެކަނި އަސްކަރީ ބާރު ކަމުގައިވާ ހަމާސް ޖަމާއަތުންވެސް ވަނީ އިޒްރޭލުގެ ހަމަލާތަކަށް ރައްދުދީ އިޒްރޭލަށް ރޮކެޓު ހަމަލާތަކެއް އަމާޒުކޮށްފައެވެ. އިޒްރޭލުން ޣައްޒާއަށް ދީފައިވާ ހަމަލާތަކުގައި ގިނަ ބަޔަކު ޒަޚަމްވެ އެތައް ބަޔަކު ޝަހީދުވެފައި ވެއެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން މި ހަމަލާތައް ކުށްވެރި ކުރުމާ ގުޅިގެން ދެފަރާތުންވެސް ވަނީ ހަމަލާ ބަދަލުކުރުން ވަގުތީގޮތުން ހުއްޓާލާފައެވެ. މި ނިންމުން އިއުލާނުކޮށްފައިވަނީ މިދިޔަ […]
ފަލަސްތީނު ރައްޔިތުންނަށް އެހީވުމަށް ވަކީލުންގެ ޓީމެއް ތައްޔާރުވަނީ
ސަރުކާރުގެ ކުންފުނި ތަކުގެ ނުފޫޒަކާ ނުލައި ފަލަސްތީނު ރައްޔިތުންނަށް އެހީތެރިވުމަށް މަސައްކަތް ކުރުމަށް ގާނޫނީ ވަކީލުންގެ ޓީމެއް ތައްޔާރުވާން ފަށައިފިއެވެ. މި ޓީމުގައި ބައިވެރި ވުމުގެ ޝައުގުވެރިކަން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ގާނޫނީ ވަކީލުން ދަނީ ފާޅުކުރަމުންނެވެ. އިޒްރޭލުން ފަލަސްތީނާ ދެކޮޅަށް ހިންގަމުންދާ ޖަރީމާތައް ހުއްޓުމަށް މީސްމީޑިޔާގައި ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ. އަދި ފަލަސްތީނާ ބެހޭގޮތުން މީހުން ޝެޔާ ކުރާ ޕޯސްޓުތައް ފެތުރުން ހުއްޓުވުމަށް މީސްމީޑިޔާގެ ބައެއް ފަރާތްތަކުން މަސައްކަތް ކުރަމުންދާތީ ގިނަ ބަޔަކު […]
ނޭޕާލުގައި އިންތިޚާބު ނޮވެމްބަރު މަހު ބާއްވަން ނިންމައިފި
ކޯވިޑް-19 ގެ ބަލިމަޑުކަމުގެ ބިރުވެރިކަން ގައުމުގައި އިންތިހާއަށް ބޮޑުވެފައިވާ ދަނޑިވަޅެއްގައި، ނޭޕާލުގެ ރައީސް ބިޑްޔާ ދޭވީ ބަންޑާރީ، ނޮވެމްބަރު މަހުގައި އިންތިހާބު ބާއްވަން ހަމަޖައްސަވައި އެކަން އިއުލާނު ކުރައްވައިފިއެވެ. ހޮނިހިރު ދުވަހު ދިން ކުއްލި ބަސްދީގަތުމެއްގައި ރައީސް ވަނީ މިކަން އާންމުކޮށް އިއުލާނު ކުރައްވާފައެވެ. ޕާރލިމެންޓުގެ ނިންމުމާ ޚިލާފަށް ރައީސް މިނިންމުން ނިންމަވައި އިއުލާނު ކުރައްވަވާފައި ވަނީ އެ ގައުމުގެ ބޮޑުވަޒީރު އޮލީގެ ލަފަޔާ އެއްގޮތަށް ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ. މިގޮތުން އިންތިޚާބުގެ ފުރަތަމަ ފިޔަވަހި […]
ޗައިނާއިން އެފުރިކާގެ 40 ގައުމަކަށް ކޮވިޑް ވެކްސިން ދޭން އިއުލާންކޮށްފި
ޗައިނާއިން އެފުރިކާ ބައްރުގެ 40 ގައުމަކަށް ކޮވިޑުން ރައްކައުތެރިވުމަށް ޖަހާ ވެކްސިން ދޭނޭކަމަށް އިއުލާން ކޮށްފިއެވެ. ޗައިނާއިން ބުނި ގޮތުގައި މިއީ އެފުރިކާގެ ގައުމުތަކުގެ ފަގީރުންނަށް ހަދިޔާއެއްގެ ގޮތުން ދޭ އެހީއެކެވެ. ޗައިނާގެ ޚާރިޖީ ވުޒާރާގެ އިސްބޭފުޅެއްކަމުގައިވާ ވޫ ޕިންގް ނޫސްވެރިނާ ވާހަކަފުޅުދައްކަވަމުން ވިދާޅުވީ މިއީ ހަދިޔާއެއްގެ ގޮތުގައި، އަދި އެހީއެއްގެ ގޮތުގައި ދޭއެއްޗެއްކަމަށެވެ. ޑައިރެކްޓަރ ވޫ ޕިންގް ވިދާޅުވި ގޮތުގައި ވެކްސިން ދެވެން ހުރި ބައެއް ގައުމުތަކުން އެހެން ގައުމުތަކަށް ވެކްސިންގެ އެހީތެރިކަމެއް ނުފޯރުވައެވެ. އެއީ […]
އިންޑިއާގެ ވައިގެ ސިފައިންގެ މަތިންދާބޯޓެއް ވެއްޓި ޕައިލެޓު މަރުވެއްޖެ
އިންޑިއާގެ ވައިގެ ސިފައިންގެ މިގު-21 މަރުކާގެ މަތިންދާ ބޯޓެއް ވެއްޓި އެއިން ދަތުރުކުރި ޕައިލެޓު އަބީނަވަން ޗައުދަރީ މަރުވެއްޖެއެވެ. މި ހާދިސާ ހިނގީ ބުރާސްފަތި ދުވަހުގެރޭ މެންދަމުން އަލިވެ އެކެއް ޖެހިއިރެވެ. ބޯޓު ވެއްޓުނީ ޕަންޖާބުގެ މޮގާ ސަރަހައްދުގެ ލަންގިއާނާ ކުރުދުގެ ބަގާޕޫރަނާ އަވަށަށެވެ. ވައިގެ ސިފައިންގެ އޮފިސަރަކު މައުލޫމާތުތިން ގޮތުގައި ބޯޓު ވެއްޓުނީ ތަމްރީނު ދަތުރެއްގައި އުދުހެމުންދަނިކޮށެވެ. ވެއްޓުނު ބޯޓު އޮތީ ވަރަށް ބޮޑަށް ހަލާކުވެފައެވެ. ބޯޓު ވެއްޓެން ދިމާވި ސަބަބެއް ބަލަން މިހާރު ވަނީ […]
ގައުމުގައި ތިބި ބާރުގަދަ މީހުން ޖެހެނީ ގާނޫނަށް ތަބައަ ކުރުވަން: ޢިމްރާން ޚާން
ގައުމުގައި ތިބި ބާރުގަދަ މީހުން ގާނޫނަށް ތަބައަ ކުރުވަން ޖެހޭ ކަމަށް ޕާކިސްތާނުގެ ބޮޑު ވަޒީރު ޢިމްރާން ޚާން ވިދާޅުވެއްޖެއެވެ. ކަރާޗީ ނިއުކްލިއަރަ ޕަވަރ ޕްލާންޓް ދޭއް، މިއަދު ވާޗުއަލްކޮށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޕާކިސްތާނުގެ ބޮޑު ވަޒީރު ޢިމްރާން ޚާން ވިދާޅުވީ، ގައުމުގެ މަތީ ފަންތިން ކޮރަޕްޝަން ނައްތާލުން ނުހުއްޓުވޭހާ ހިނދަކު ކޮރަޕްޝަންގެ މައްޗަށް ބާރު ނުހިންގޭނޭކަމަށެވެ. ”ބާރުގަދަ މީސް މީހުން ގާނޫނަށް ތަބައަ ކުރުވަން އެބަޖެހޭ.“ ބޮޑު ވަޒީރު ވިދާޅުވިއެވެ. ނިއުކްލިއަރ […]
އިޒްރޭލުން ޣައްޒާއަށް ބޮން އެޅުން ވަގުތީ ގޮތުން ހުއްޓާލަން އެއްބަސްވެއްޖެ
ފާއިތުވި ދެ ހަފުތާގެ ތެރޭގައި އިޒްރޭލުން ވަނީ ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް ޓެރަރިސްޓު އެތައް ހަމަލާއެއް ދީފައެވެ. މިގޮތުން އިޒްރޭލުން ޣައްޒާއަށް ފާއިތުވި 11 ދުވަހުގެ ތެރޭގައި ދިން ބޮމުގެ ހަމަލާތަކުގައި ފަލަސްތީނުގެ 232 މީހުން ވަނީ މަރުވެފައެވެ. މީގެ ތެރޭގައި 65 ކުޑަކުދިން ހިމެނެއެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިޒްރޭލާއި ދެކޮޅަށް މުޒާހަރާތައް ބާއްވައި އިޒްރޭލުގެ އުފެއްދުންތައް ބޮއިކޮޓް ކުރަން ފެށުމާއި ގުޅިގެން އިޒްރޭލުން ވަނީ ޣައްޒާއަށް ބޮން އެޅުން މެދުކަނޑާލަން އެއްބަސްވެފައެވެ. ޖީ.އެމް.ޓީ ގަޑިން […]
ޣައްޒާއަށް ދޭ ހަމަލާތައް ހުއްޓައިލާ ވަގުތު ކުޑަތަންވެފައި ވަނިކޮށް އިސްރާއީލުން އަނެއްކާވެސް ހަމަލާދީފި!
ހަމަލާތައް ހުއްޓައިލުމަށް އެއްބަސްވެފައިވާ ވަގުތު ކުޑަތަންވެފައި އޮއްވާ، އިސްރާއީލުން ޣައްޒާއަށް ހަމަލާއެއް ދީފިއެވެ. މެދުކެނޑުމެއް ނެތި 11 ދުވަސް ވާންދެން އިސްރާއީލުން ޣައްޒާއަށް ދެމުން ގެންދިޔަ ހަމަލާތައް މިޞްރު ބައިވެރިޔަކަށް އޮވެ، ހަމާސް ޖަމާއަތާއި އިސްރާއީލާ ދެމެދު ވެވުނު އެއްބަސްވުމެއްގެ ދަށުށް ހަމަލާތައް ހުއްޓާލަން ނިންމާފައި ވަނީ ރޭ އިސްރާއީލްގެ ގަޑިން މެންދަމު 02:00 ގައެވެ. ރޭ ރާއްޖޭ ގަޑިން 3:55 ހާއިރު އިސްރާއީލުން ޣައްޒާގެ މެދުގައިވާ އަވަށަކަށްވަނީ ބޮން އޮޅާ ގިނަ ބަޔަކަށް ވަނީ އަނިޔާވެފައެވެ. […]