ޗައިނާއިން އެފުރިކާގެ 40 ގައުމަކަށް ކޮވިޑް ވެކްސިން ދޭން އިއުލާންކޮށްފި

Loading

Facebook
Twitter
WhatsApp

ޗައިނާއިން އެފުރިކާ ބައްރުގެ 40 ގައުމަކަށް ކޮވިޑުން ރައްކައުތެރިވުމަށް ޖަހާ ވެކްސިން ދޭނޭކަމަށް އިއުލާން ކޮށްފިއެވެ.

ޗައިނާއިން ބުނި ގޮތުގައި މިއީ އެފުރިކާގެ ގައުމުތަކުގެ ފަގީރުންނަށް ހަދިޔާއެއްގެ ގޮތުން ދޭ އެހީއެކެވެ.

ޗައިނާގެ ޚާރިޖީ ވުޒާރާގެ އިސްބޭފުޅެއްކަމުގައިވާ ވޫ ޕިންގް ނޫސްވެރިނާ ވާހަކަފުޅުދައްކަވަމުން ވިދާޅުވީ މިއީ ހަދިޔާއެއްގެ ގޮތުގައި، އަދި އެހީއެއްގެ ގޮތުގައި ދޭއެއްޗެއްކަމަށެވެ.

ޑައިރެކްޓަރ ވޫ ޕިންގް ވިދާޅުވި ގޮތުގައި ވެކްސިން ދެވެން ހުރި ބައެއް ގައުމުތަކުން އެހެން ގައުމުތަކަށް ވެކްސިންގެ އެހީތެރިކަމެއް ނުފޯރުވައެވެ. އެއީ އެ ގައުމުތަކުގެ ރައްޔިތުންނަށް ވެކްސިން ޖަހައި ނުނިމޭތީއެވެ.

އޭނާ ވިދާޅުވީ ޗައިނާއިން ވެސް އެއްވެސް ޝައްކެއްނެތި އެންމެ ފުރަތަމަ ކުރަންޖެހޭކަމަކީ ގައުމުގެ ރައްޔިތުންނަށް ވީހައި އަވަހަކަށް ވެކްސިނން ޖަހައި ނިންމުމެވެ. ހަމައެއާއެކު ވެކްސިން ބޭނުންވެފައިވާ ގައުމުތަކުގެ މީހުންނަށް ވެކްސިން ފޯރުކޮށްދިނުމުގެ މަސައްކަތް ޗައިނާއިން ކުރަމުންދާކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޗައިނާއިން މީގެ ކުރިންވެސް ވަނީ ދުނިޔޭގެ އެކިސަރަހައްދުގައިވާ އެ ގައުމާ ގުޅުން ބަދަހި ގައުމުތަކަށް ކޮރޯނާ ވެކްސިންގެ އެތައް މިލިއަން ޑޯޒެއް ހަދިޔާކޮށްފައެވެ.

އެމެރިކާއިން އެހެން ގައުމުތަކަށް އެކަށީގެންވާ އަދަދަކަށް ވެކްސިން ނުދީ ގުދަންކޮށް ބަހައްޓައި ފަގީރު ގައުމުތަކާމެދު އަޅާލަމުން ނުދާތީ ބައިނަލްއަގުވާމީ ފަރާތްތަކުން އެމެރިކާއަށް ވަރަށް ބޮޑަށް ފާޑުކިޔަމުންދާ ދަނޑިވަޅެއްގައި އެމެރިކާއިން ވެސް ވަނީ ހަފުތާއެއްހާ ދުވަހުގެތެރޭގައި ވެކްސިންގެ ދެމިލިއަން ޑޯޒު ދޭނޭކަމަށް ވައުދުވެފައެވެ. ނަމަވެސް އެހީ ދޭނީ ކޮން ގައުމުތަކަކަށްކަން އެމެރިކާއިން އަދި ހާމަކޮށްފައެއް ނުވެއެވެ. އެކްސްޓްރާ ޒެނެކާގެ ހަ މިލިއަން ޑޯޒު ހަދިޔާކުރާނެކަމަށް އެމެރިކާއިންވަނީ ބުނެފައެވެ.

ބުދަ ދުވަހު ބޭއްވި ސަލާމަތީ ކައުންސިލްގެ ޖަލްސާގައި އެފުރިކާގެ ގައުމުތަކުގައި ވެކްސިންގެ ކަންތައް އަވަހަށް ކުރިއަށް ގެންދިއުމަށް ގޮވާލާފައިވެއެވެ. އެފުރިކާގެ ގައުމުތަކުގައި ވެކްސިން ދެވިފައި ވަނީ އާބާދީގެ އެންމެ ދެ ޕަސެންޓު މީހުންނަށް ކަމަށްވާތީ އެކަން ފާހަގަކޮށް ސަލާމަތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެފުރިކާގެ ގައުމުތައް ކޮރޯނާ ވައިރަހުން ސަލާމަތް ކުރުމަށް ޓެސްޓު ހެދުމަށާއި ފަރުވާ ދިނުމަށާއި ވެކުސިން ދިނުމަށް ސަމާލުކަން ދިނުމަށް ސަލާމަތީ މަޖިލީހުގެ 15 މެންބަރުން ވަނީ ގޮވާލާފައެވެ.

ޗައިނާގައި ވެކްސިން އުފައްދާ ހަތަރު ކުންފުނިން މި އަހަރު ނިމެންވާ އިރަށް މަދުވެގެން 2.6 ބިލިއަން ވެކްސިން ޑޯޒު އުފައްދާނޭކަމަށް ވަނީ ބުނެފައެވެ. އެއިން ދުނިޔޭގެ އާބާދީގެ ބޮޑު ބަޔަކަށް ވެކްސިން ދެވޭނޭކަމަށްވެއެވެ.

ޗައިނާއިން ވަނީ އެފުރިކާގެ ގައުމެއްކަމުގައިވާ މިސްރުގައި ސައިނޯ ވެކްސިން އުފެއްދުމާ ބެހޭ ތައްޔާރީތައް ކުރަން ފަށާފައެވެ. ޖޫން މަހުގެ ތެރޭގައި މިސްރުގައި ވެކްސިން ތައްޔާރުކުރުމުގެ މަސައްކަތް ފެށޭނޭކަމަށް ވެއެވެ. އޭރުން މިސްރާއި އެ ސަރަހައްދުގެ ގައުމުތަކަށް ދަތިކަމެއްނެތި ވެކްސިން ލިބެންފަށާނެއެވެ.

ވޯ ޕިންގް ވިދާޅުވި ގޮތުގައި އެފުރިކާގެ ގައުމުތަކަށް ހަމައެކަނި ވެކްސިން ދިނަކަސް ނުފުދޭނެއެވެ. އެހެންވެ ގައުމުތަކަށް ބޭނުންވާ ލެބޯޓްރީއާއި އެހެނިހެން ވަސީލަތްތައް ގާއިމުކޮށްދީ، އެގައުމުތަކަށް ބޭނުންވާ ވެކްސިން އަމިއްލައަށް އުފެއްދުމަށް ވެސް ޗައިނާއިން ގައުމުތަކަށް އެހީވަމުން ދާނޭކަމަށް އޭނާ ވިދާޅުވިއެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް