ކޮރޯނާ ވައިރަސް ޖެހިގެން އިންޑިއާއިން އެއްދުވަހުގެ ތެރޭގައި 3741 މީހުން މަރުވެއްޖެ

Loading

Facebook
Twitter
WhatsApp

ކޮރޯނާ ވައިރަސް ޖެހިގެން އިންޑިއާއިން އެންމެ ދުވަހެއްގެ ތެރޭގައި 3741 މީހުން މަރުވެއްޖެ އެވެ. އަދި ހަމަ ހޮނިހިރު ދުވަހު 2,40,842 މީހުންނަށް ވައިރަސް ޖެހިފައިވާކަމަށް މިއަދުގެ މީޑިއާ ރިޕޯޓުތަކުން ދައްކައެވެ.

ނިއުސް އެޖެންސީތަކުން ޚަބަރުދޭ ގޮތުގައި ކޮރޯނާ ވައިރަސް ޖެހިގެން މުޅިދުނިޔެއިން މަރުވާ ކޮންމެ ތިން މީހުންގެ ތެރެއިން އެކަކު މިދުވަސްވަރު މަރުވަނީ އިންޑިއާގައެވެ.

ކޮރޯނާ ވައިރަހުން ރައްކާތެރިވުމަށް ޖަހާ ވެކްސިންގެ ދެޑޯޒް ފުރިހަމަކޮށްފައި ތިބޭ މީހުންނަށް ވައިރަހުން ކުރާ އަސަރު ވަރަށް ބޮޑުތަން ކުޑަކަމަށް ސިއްހީ ތަޖުރިބާކާރުންނަށް ފާހަގަވެފައި ވިޔަސް، އިންޑިއާގައި މި ވަގުތު ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ އެކަށީގެންވާ އަދަދަކަށް ވެކްސިން ނެތުމުގެ ސަބަބުން ގިނަ ބަޔަކަށް ވެކްސިން ދެވޭގޮތް ނުވުމެވެ. ހަމައެޔާއެކު ބަލިޖެހޭ މީހުންނަށް ފަރުވާ ކުރުމާއި މަރުވާ މީހުން ވަޅުލުމާއި އެންދުމުގެ ނިޒާމު ވަނީ މުޅިން ބޮއްސުންލާފައެވެ.

ކޮރޯނާ ވައިރަހާ ދެކޮޅަށް އިންޑިއާއިން ވެކްސިން އުފައްދައި ގައުމުތަކަށް ވެކްސިން ބަހައި ހެދިކަމަށް ވިޔަސް ހަމައެކަނި އިންޑިއާއަށް ފުދޭވަރަށް ވެސް މިހާރު ވެކްސިން ނުއުފެއްދޭ ކަމުގެ ޝަކުވާ ވަނީ ބޮޑުވެފައެވެ. އެކަމާ ގުޅިގެން ބޮޑު ވަޒީރު ނަރެންދުރަ މޯދީގެ ސަރުކާރަށް ވަރަށް ބޮޑެތި ފާޑުކިއުންތައް ރައްދުވަމުން އެބަދެއެވެ.

ދިވެހިން އާންމުކޮށް އިންޑިއާއިން ދަތުރުކޮށް ހަދާ ޓްރިވެންޑްރަމާއި ކޮޗިން ވެސް މި ވަގުތު ވަނީ ކޮރޯނާ ވައިރަހުގެ ނުރައްކާ ބޮޑުވުމުގެ ސަބަބުން ފުރަބަންދު ކޮށްފައެވެ.

މިއަދު އިރުއޮއްސި ހައެއްގެ ޚަބަރުތަކަށް ބަލާއިރު މިހާތަނަށް އިންޑިއާއިން ކޮރޯނާ ވައިރަސް ޖެހިގެން 299،266 މީހުން މަރުވެފައިވެއެވެ. އަދި 26،530،132 އަށްވުރެ ގިނަ މީހުން ބައްޔަށް ފައްސިވެފައިވެއެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް