ނައިބް ރައީސް ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
ނައިބު ރައީސް ފައިސަލް ނަސީމް ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ. ރައިސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ނައިބު ރައިސް ކޮވިޑް-19އަށް ޕޮޒިޓިވްވި، ނަމަވެސް އެމަނިކުފާނުގެ ހާލުކޮޅު ރަނގަޅުކަމަށެވެ. ޕޮޒިޓިވްވުމާ ގުޅިގެން މިވަގުތު ހުންނެވީ އެކަހެރިވެވަޑައިގެން ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ. ނައިބު ނައިބު ރައީސް ފައިސަލް ނަސީމް ހުންނެވީ ކޮވިޑް ވެކްސިންގެ ދެ ޑޯޒް ޖައްސަވައިގެންނެވެ. އެމަނިކުފާނު ކޮވިޑް-19 އަށް ޕްޒިޓިވިއިރު ކޮވިޑް ބަލިމަޑުކަމުން އަރައިގަތުމަށް އެކުލަވާލައިފައިވާ ހެލްތު އެމަރޖެންސީ ކޯޑިނޭޝަން ކޮމިޓީގެ މަސައްކަތްތައް […]
މާލޭ މަގުމަތިން ގަދަކަމުން އަންހެނަކު ދަމާފަ ގެންދިޔަ މީހުންގެ މަށްޗަށް ދައުވާއުފުލައިފި
މާލޭގެ މަގުމަތިން އަންހެނަކު ގަދަކަމުން ގެންގޮސް ގޯޅިގަޑެއްގެ ތެރެއަށް ވެއްދި މައްސަލައިގައި ތުހުމަތުވާ ދެ މީހުންގެ މަށްޗަށް ދައުވާކޮށްފި އެވެ. އެ ދެ މީހުން ހައްޔަރުކުރީ މަގުމަތިން ހިނގާފައި ދިޔަ އަންހެނަކު ހުއްޓުވައި، އޭނާގެ ނުރުހުމުގައި ގަދަކަމުން ކޮޓަރިއަކަށް ވައްދާ ރޭޕް ކުރަން އުޅުމުގެ ތުހުމަތުގައި މިދިޔަ އޭފްރީލް 16 ވަނަދުވަހުގައެވެ. މާފަންނު އީދު މިސްކިތް ކައިރީ ހިނގި މިހާދިސާއާއި ގުޅިގެން ދައުވާކުރަނީ ހދ. ވައިކަރަދޫ މިލާފަރު، އަލީ ރަޝީދު 23، އާއި […]
މާލޭ ސަރަހައްދުގެ މިސްކިތްތައް ބަންދުކޮށްފި
މިއަދުގެ ފަތިސް ނަމާދުން ފެށިގެން މާލޭ ސަރަހައްދުގެ މިސްކިތްތައް ބަންދުކޮށްފިއެވެ. އިސްލާމިކް މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ވާގޮތުން މިސްކިތްތައް ބަންދުކުރަން ނިންމީ ޖަމާއަތުގައި ނަމާދުކުރަން މަނާކޮށްފައިވީނަމަވެސް ބައެއް ފަރާތްތަކުން ގައިދުރުކަމެއްނެތި ޖަމާއަތް ހަދަމުންދާތީ އާއި ކޮވިޑް-19 މާލޭގައި ފެތުރުން ކޮންޓްރޯލް ނުވާތީކަމަށެވެ. އަދި މިއީ ކޮވިޑް-19 ބަލި ރާއްޖޭގައި ހަލުވިކަމާއެކު ފެތުރެމުންދާތީ، މިހާރުގެ ހާލަތަށް ރިއާޔަތްކޮށް، އިތުރަށް މި ބަލިމަޑުކަން ރާއްޖޭގައި ފެތުރުން ހުއްޓުވުމަށްޓަކާ އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްކަމަށް އެ މިނިސްޓްރީން ބުނެއެވެ. މި ދަނޑިވަޅުގައި […]
ކޮވިޑް ބަލީގައި ފަރުވާ ހޯދަމުން އަންނަ މީހަކަށް އަނިޔާކުރި މައްސަލައެއް ބަލަންފަށައިފި
ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ކޮވިޑް-19 އަށް ފަރުވާހޯދަމުން އަންނަ ބަލިމީހަކަށް އަނިޔާކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ. މެޑިކަލް ފެސިލިޓީގައި އޮތް މީހަކަށް އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ވަނީ ސޯޝަލް މީޑިއާގައި އާންމު ވެފައެވެ. ވީޑިއޯއަކުން ފެންނަނީ ބަލި މީހާކައިރީ ހުރި ޒުވާން ފިރިހެނަކު ބަލި މީހާއާ ދިމާއަށް ނުރުހިފަ ބަސްތަކެއް ބުނުމަށްފަހު ބަލިމީހާގެ މޫނުމަތީގައި ޖަހިތަނެވެ. އަދި ޖެހުމާ އެކު ބަލި މީހާ ބާރަށް ރޯ އަޑުވެސް ވީޑިއޯ އިން އިވެ އެވެ. މި […]
ފްލެޓްތައް ނިންމަން ފެންޝަން ފައިސާ ދޫކުރުމަށް މުއިއްޒު ގޮވާލައިފި
ހިޔާ މަޝްރޫއުގެ ދަށުން އަޅާފައިވާ ފްލެޓްތަކުގެ ފިނިޝިންގެ މަސައްކަތަށް ޕެންޝަން ފައިސާ ދޫކުރުމަށް މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފިއެވެ. މުއިއްޒު މިކަމަށް ގޮވާލައްވާފައިވަނީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ. ޓްވީޓްގައި މުއިއްޒު ވިދާޅުވީ ރައްޔިތުން ކުރަންޖެހޭ ހަރަދަށް ލުއި ދިނުމުގެ ގޮތުން ޕެންޝަން ފަންޑުން ފްލެޓްތައް ނިންމަން ފައިސާ ދޫކުރުމަށެވެ. “ ހިޔާ ފްލެޓް ތަކުގެ ފިނިޝިންއަށް ރައްޔިތުންގެ އަތުން ކުރަންޖެހޭ ހަރަދަށް ލުޔެއް ދިނުމުގެ ގޮތުން އެ ރައްޔިތެއްގެ ޕެންޝަން ފަންޑުގެ ފައިސާ […]
ޕާޓީގެ ރައީސްކަން ބޭނުންވަނީ އެމްޑީޕީ އިސްލާހުކޮށް، ޕާޓީތެރޭގައި މިހާރު އޮތް އާއިލީ ވެރިކަން ނިމުމަކަށް ގެނައުމަށް: ފުރަހަނި ޝުޢައިބު
އެމްޑީޕީ ގެ ރައީސްކަން ކުރަން ނިންމީ، ޕާޓީތެރޭ މޫލައި ވަކިހިއްޕާފައި އޮތް އަންނި (ކެނެރީގޭ މުޙައްމަދު ނަޝީދުގެ) އާއިލާގެ ވެރިކަން ނިންމައި، އެމްޑީޕީއަކީ ޕާޓީއިން ކަނޑައެޅި ސިޔާސަތާ އުސޫލުތަކާ އެއްގޮތަށް ހިންގާ ސިޔާސީ ޕާޓީ އަކަށް ހަދަންކަމުގައި އެމްޑީޕީގެ ކުރީގެ އިސް ބޭފުޅެއްކަމުގައިވާ ފުރަހަނި ޝުޢައިބު ވިދާޅުވެއްޖެއެވެ. ޝުޢައިބު އެމްޑީޕީގެ ރައީސްކަން ކުރައްވަން ބޭނުންފުޅުވާ ސަބަބުތައް ބަޔާންކޮށްދެއްވަމުން އިތުރަށް ވިދާޅުވެފައިވެއެވެ. ޕާޓީގެ ލީޑަރޝިޕުން އަމިއްލައަށް އެކަހެރި ވުމަކީ އަންނިއަށް މިއަދު ކުރެވެން އޮތްކަމެއް ނޫންކަން ގަބޫލުކުރެވިގެން އަޅުގަނޑު […]
ކޯވިޑް މެނޭޖްކުރުގައި ސަރުކާރު ފޭލުވެއްޖެ؟ ރައީސް ވިދާޅުވީ ފޭލުވެފައި އޮތްކަމަށް ގަބޫލު ނުކުރައްވާކަމަށް
ކޮވިޑް-19 މެނޭޖު ކުރުމުގައި ސަރުކާރު ފޭލުވެފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަޙުމަދު ޝިޔާމު ވިދާޅުވާތާ ކިތަންމެ ދުވަހެއް ވެއްޖެއެވެ. ހަމަ އެ ވާހަކަ، މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސަޢީދާއި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު ޢުމަރުގެ އިތުރަށް އެހެން ބައެއް ބޭފުޅުން ވެސް ރައްޔިތުންގެ މަޖިލީހުގައި ދިވެހި ރައްޔިތުންގެ ހައްގުގައި އެތައް ފަހަރަކު ތަކުރާރު ކުރައްވާފައި ވެއެވެ. ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ކުރި […]
ކޮންސްޓަރަކްޝަން މަަސައްކަތްކުރުމުގެ ހުއްދަދިނުން މެދުކަނޑާލައިފި
މާލޭ ސިޓީގައި ކޮންސްޓްރަކްޝަން ހުއްދަ ދިނުުން މެދުކަނޑާލައިފި އެވެ. މާލޭ ސިޓީ ކައުންސިލުން ބުނީ ކޮވިޑް-19 އިން ރައްކާތެރިވުމަށް މިއަދުން ފެށިގެން އަޅާފައިވާ ހާއްސަ ފިޔަވަޅުތަކާ ގުޅިގެން މާލެ ސިޓީގައި ކޮންސްޓްރަކްޝަން އަދި އެހެން މަސައްކަތްތައް ކުރުމުގެ ހުއްދަ ދޫކުރުން މިއަދުން ފެށިގެން ޖޫން މަހުގެ ނުވަ ވަނަ ދުވަހުގެ ނިޔަލަށް މެދުކަނޑާލަން ނިންމާފައިވާ ކަމަށެވެ. ކައުންސިލުން ބުނީ ކޮންސްޓަކްޝަނަށް ހުއްދަދޫކުރުން މެދުކަނޑާލައިފައިވީ ނަމަވެސް ފައުންޑޭޝަން އެޅުމަށް ތައްޔާރުކޮށްފައިވާ ސައިޓްތަކާއި ކޮނުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވާ […]
މަސްވެރިކަމަށް މާލެއިން ފުރާ އުޅަދުފަހަރަށް ފުރުމުގެ ހުއްދަ ދޭނީ ސިޓީކައުންސިލުން
ކޮވިޑް-19 އިން ރައްކާތެރިވުމަށްޓަކައި މާލެ ސަރަހައްދުގައި އަޅާފައިވާ ފިޔަވަޅުތަކާއެކު މާލެ އިން މަހަށް ފުރާ ފަރާތްތަކުން ފުރުމުގެ ހުއްދަ މާލޭ ސިޓީ ކައުންސިލުން ދޭނެކަމަށް އެ ކައުންސިލުން ބުނެފިއެވެ. ސިޓީ ކައުންސިލުން އިއުލާނެއްގައި ބުނެފައިވަނީ ކޮވިޑް-19 އާއި ގުޅިގެން މިއަދުން ފެށިގެން އެޗްޕީއޭއިން ނެރެފައިވާ ހާއްސަ ހާލަތާއި ގުޅިގެން ސިޓީގެ މަސްވެރި އުޅަނދުފަހަރުގައި މަހަށް ފުރާ ފަރާރްތަކުން ހުއްދައަށް އެދުމުގެ ފުރުސަތު މިއަދު ހެނދުނުން ފެށިގެން ހުޅުވާލާފައިވާ ކަމަށެވެ. ސިޓީ ކައުންސިލުން މި ހުއްދަ […]
ކޮވިޑް-19: ހުއްދަ ނަގައިގެން ވެކްސިންޖަހަން ދެވޭނެ
ކޮވިޑް-19 އިން ދިފާއުވުމަށް ޖަހާ ވެކްސިން ޖެހުމަށް ހުއްދަނަގައިގެން ދެވޭނެކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ. އެޗްޕީއޭއިން ބުނީ މާލޭ ސަރަހައްދުގެ ފިޔަވަޅުތައް ވަރުގަދަ ކޮށްފައިވާ މި ދަނޑިވަޅުގައި ވެސް ވެކްސިން ޖަހަން ދެވޭނެކަމަށާ ނަމަވެސް ވެކްސިން ޖަހަން ދެވޭނީ ފުލުހުންގެ ޕޯޓަލް މެދުވެރިކޮށް ހުއްދަ ހޯދައިގެން ކަމަށެވެ. އަދި ހުއްދައަށް އެދޭއިރު، ”މެޑިކަލް – ނޮން އިމަރޖެންސީ“ ކެޓެގަރީ ޚިޔާރުކޮށް، ވެކްސިން ޖަހަންދާ މަރުކަޒެއް ޖެހުމަށްފަހު، ސަބަބަކަށް “ ވެކްސިނޭޝަން“ ޖެހުމަށް އެޗްޕީއޭއިން […]