ނައިބް ރައީސް ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

Loading

Facebook
Twitter
WhatsApp

ނައިބު ރައީސް ފައިސަލް ނަސީމް ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

ރައިސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ނައިބު ރައިސް ކޮވިޑް-19އަށް ޕޮޒިޓިވްވި، ނަމަވެސް އެމަނިކުފާނުގެ ހާލުކޮޅު ރަނގަޅުކަމަށެވެ. ޕޮޒިޓިވްވުމާ ގުޅިގެން މިވަގުތު ހުންނެވީ އެކަހެރިވެވަޑައިގެން ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.

ނައިބު ނައިބު ރައީސް ފައިސަލް ނަސީމް ހުންނެވީ ކޮވިޑް ވެކްސިންގެ ދެ ޑޯޒް ޖައްސަވައިގެންނެވެ.

އެމަނިކުފާނު ކޮވިޑް-19 އަށް ޕްޒިޓިވިއިރު ކޮވިޑް ބަލިމަޑުކަމުން އަރައިގަތުމަށް އެކުލަވާލައިފައިވާ ހެލްތު އެމަރޖެންސީ ކޯޑިނޭޝަން ކޮމިޓީގެ މަސައްކަތްތައް ކުރިއަށްދަނީ  ސީދާ ނައިބު ރައީސް ބެއްލެވުމުގެ ދަށުންނެވެ.
ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ ޖުމްލަ އަދަދު އުޅެނީ 58 ހާހުން މަތީގައިވާއިރު ނިޔާވި މީހުންގެ އަދަދުވަނީ 140 އަށްވުރެ މައްޗަށް ގޮސްފައެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް