މަސްވެރިކަމަށް މާލެއިން ފުރާ އުޅަދުފަހަރަށް ފުރުމުގެ ހުއްދަ ދޭނީ ސިޓީކައުންސިލުން

Loading

Facebook
Twitter
WhatsApp

 

 

ކޮވިޑް-19 އިން ރައްކާތެރިވުމަށްޓަކައި މާލެ ސަރަހައްދުގައި އަޅާފައިވާ ފިޔަވަޅުތަކާއެކު މާލެ އިން މަހަށް ފުރާ ފަރާތްތަކުން ފުރުމުގެ ހުއްދަ މާލޭ ސިޓީ ކައުންސިލުން ދޭނެކަމަށް އެ ކައުންސިލުން ބުނެފިއެވެ.

ސިޓީ ކައުންސިލުން އިއުލާނެއްގައި ބުނެފައިވަނީ ކޮވިޑް-19 އާއި ގުޅިގެން މިއަދުން ފެށިގެން އެޗްޕީއޭއިން ނެރެފައިވާ ހާއްސަ ހާލަތާއި ގުޅިގެން ސިޓީގެ މަސްވެރި އުޅަނދުފަހަރުގައި މަހަށް ފުރާ ފަރާރްތަކުން ހުއްދައަށް އެދުމުގެ ފުރުސަތު މިއަދު ހެނދުނުން ފެށިގެން  ހުޅުވާލާފައިވާ ކަމަށެވެ.

ސިޓީ ކައުންސިލުން މި ހުއްދަ ދޫކުރަނީ  އެކައުންސިލްގެ ވެބްސައިޓްގައި އެކަމަށް ހާއްސަ ކޮށްފައިވާ ޕޯޓަލް އެއް މެދުވެރިކޮށެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން ގައުމުގެ އިގްތިސާދު ވަރަށް ބޮޑަށް ދަށްވެފައިވާއިރު މަސްވެރިކަންކުރާ އުޅަދުތަކަށްވެސް ބޮޑެތި ގއްޖެހުންތަކެއް ދަނީ ކުރިމަތިވަމުންނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް