މާލޭ ސަރަހައްދުގެ މިސްކިތްތައް ބަންދުކޮށްފި

Loading

Facebook
Twitter
WhatsApp

 

މިއަދުގެ ފަތިސް ނަމާދުން ފެށިގެން މާލޭ ސަރަހައްދުގެ މިސްކިތްތައް ބަންދުކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ވާގޮތުން މިސްކިތްތައް ބަންދުކުރަން ނިންމީ ޖަމާއަތުގައި ނަމާދުކުރަން މަނާކޮށްފައިވީނަމަވެސް ބައެއް ފަރާތްތަކުން ގައިދުރުކަމެއްނެތި ޖަމާއަތް ހަދަމުންދާތީ އާއި ކޮވިޑް-19 މާލޭގައި ފެތުރުން ކޮންޓްރޯލް ނުވާތީކަމަށެވެ.

އަދި މިއީ ކޮވިޑް-19 ބަލި ރާއްޖޭގައި ހަލުވިކަމާއެކު ފެތުރެމުންދާތީ، މިހާރުގެ ހާލަތަށް ރިއާޔަތްކޮށް، އިތުރަށް މި ބަލިމަޑުކަން ރާއްޖޭގައި ފެތުރުން ހުއްޓުވުމަށްޓަކާ އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްކަމަށް އެ މިނިސްޓްރީން ބުނެއެވެ.

މި ދަނޑިވަޅުގައި މިސްކިތަށް ނުދެވުނު ނަމަވެސް ނަމާދު ބަރާބަރަށް އަދާކުރުމަށާއި، ސުންނަތް ނަމާދު ގިނަކޮށް، ކީރިތި ޤުރުއާން ކިޔަވައި، އިސްތިއްފާރު ކޮށް ބަލިމަޑުކަމުން ސަލާމާތްކޮށްދެއްވުމަށް އެދި ގިނަގިނައިން ދުއާކުރުމަށް އިސްލާމިކް މިނިސްޓްރީން ވަނީ ނަސޭހަތްތެރިވެފައެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމުން އަރައިގަތުމަށް ސަރުކާރުން އަޅަމުންގެންދާ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ތެރެއިން މިދިޔަ އަހަރުވެސް މިސްކިތްތައް ބަންދުކޮށްފައިވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް