ފަލަސްތީނުން އިޒްރޭލަށް ދިން ހިމާޔަތުގެ ހިތި ނަތީޖާ
އިޒްރޭލު ސިފައިންގެ އަނިޔާ 1948 ވަނަ އަހަރުން ފެށިގެން ލިބެމުންދާ ފަލަސްތީނު ރައްޔިތުންގެ ވާހަކަ އަކީ އަހަރުމެން މުސްލިމުންގެ ކަންފަތްތަކަށް އައު ވާހަކައެއް ނޫނެވެ. ނަމަވެސް މިވާހަކަތަކަކީ ހަގީގަތުގައި ކިހާބޮޑު ވާހަކަތަކެއް ކަމާމެދު ވިސްނާލެވުނީ ކިތައް ފަހަރު ހެއްޔެވެ؟ މިކަމާމެދު ވިސްނާލުމަށްޓަކައި ،އެންމެފުރަމަ ފަލަސްތީން މުސްލިމުންނަށް މުހިންމުވީ ކޮން ސަބަބަކަށްޓަކައި ކަން ބަލާލަމާތޯއެވެ. ފަލަސްތީނުގައި ހުންނަ މަސްޖިދުލް އަޤަޞާއަކީ މުސްލިމުންގެ ފުރަތަމަ ޤިބުލައެވެ. އެއީ ކީރިތި ރަސޫލާ އިސްރާއިން މިޢުރާޖަށް އަރާވަޑައިގެންނެވި ރޭ ހުރިހައި ނަބީބޭކަލުންނާއި ރަސޫލުބޭކަލުންނާ […]
އެމްއެމްޕީއާރުސީގެ މައްސަލަ: އެމްޑީޕީގެ ނަގޫ ފިތެނީ
ރައީސް ޔާމީނުގެ ސިޔާސީހަޔާތްޕުޅަށް ކުރިމަތިވި ސިޔާސީ ސުނާމީއަކަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕްރޭޝަން (އެމްއެމްޕީއާރުސީ)ގެ އިސްވެރިއަކަށް އަޙުމަދު އަދީބު ހުންނަވައިގެން ހިންގަވާފައިވާ ވައްކަމާއި ޚިޔާނާތުގެ މައްސަލަ ވީ ގޮތަށް އެމްޑީޕީގެ ކޯލިޝަންގެ ވެރިކަމަށް ވެސް އެމްއެމްޕީއާރުސީގެ މައްސަލަ މިހާރު ބޮޑު ސުނާމީއަކަށް ވެއްޖެއެވެ. އެމްއެމްޕީއާރުސީގެ ވައްކަމާއި ބޮޑު ޚިޔާނާތުގެ މައްސަލައާ ގުޅިގެން އެމްޑީޕީގެ ބައެއް މެންބަރުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގައި އެއްބޭފުޅަކު އަނެއް ބޭފުޅަކަށް ވަގަށް ގޮވާލެއްވުމުގެ އިތުރަށް އިންޒާރު ދެއްވަމުން އެބަގެންދެއެވެ. ”ދުލުގައި […]
މާލޭގައި ހަވީރު 4:00 އިން ފަތިހު 4:00 ބޭރަށް ނުނިކުމެވޭ ގޮތަށް މާލެ ސަރަހައްދު ރަށު ބަންދަކަށް!
މާލެ ސަރަހައްދުގައި މާދަމާއިން ފެށިގެން ހަވީރު 4:00 އިން ފަތިހު 4:00 އަށް ބޭރަށް ނުކުތުން މަނާކޮށްފި އެވެ. މީގެ ކުރިންވެސް މާލެ ސަރަހައްދުގައި ބަލި ފެތުރޭލެއް ގިނަ ކަމުން އެޗްޕީއޭއިން ވަނީ ހަރުކަށި ފިޔަވަޅު ތަކެއް އަޅާފައެވެ. އެގޮތުން އޮފީސްތަކާއި ސުކޫލްތައް އޮންލައިން ކޮށް ކިޔަވައިދޭ ގޮތައް ނިންމާ ރޭގަނޑު 9:00 ކުން ފަތިހު 4:00 ވަނީ މީހުން ބޭރުގައި އުޅުން މަނާކޮށްފައެވެ. ރާއްޖެއިން ކޮންމެ ދުވަހަކުވެސް މިހާރު ކޮވިޑަށް ފައްސިވަމުންދާ މީހުންގެ އަދަދުތައް 500 […]
ޓެރަރިސްޓުންގެ ބޭނުމަކީ، އަޅުގަނޑުމެންގެ މެދުގައި ބިރުވެރިކަން އުފެއްދުން: ރައީސް ޞާލިޙު
ޓެރަރިސްޓުންގެ ބޭނުމަކީ، އަޅުގަނޑުމެންގެ މެދުގައި ބިރުވެރިކަން އުފެއްދުމާއި އަމުނުއަމާންކަން ނަގާލުމާއި ސުލްހަވެރިކަން ނެތިކޮށްލުންކަމުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ. ”ޓެރަރިސްޓުންގެ ބޭނުމަކީ ޝައްކު އުފައްދައި ގައުމު ފިތުނަ ފަސާދައިގެ ތެރެއަށް ވައްޓާލުން. އަދި މުޖުތަމައުގެ ތެރޭގައިވެސް ބަދަހި ސަފުތައް ރޫޅާލުން. މި ޕާޓީއަކުން އެކަން އެގޮތަކަށް ވިޔަކަ ނުދޭނަން.“ އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުންނާ ވާހަކަފުޅުދައްކަވަމުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު އާދީއްތަ ދުވަހުގެ ރޭ ވިދާޅުވިއެވެ. ”މިޕާޓީއަކުން އެކަން އެގޮތައް ކުރަން ފުރުސަތެއްވެސް ނުދޭނަން. […]
ކޯވިޑް19: މިއަދު ފައްސިވީ މީހުންގެ އަދަދު ހާހަކުން މައްޗަށް!
އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން ވޭތިވެދިޔަ 24 ގަޑި އިރު، 1,091 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. މިއަދު ފެނުނު ކޭސްތަކުގެ ތެރެއިން 147 މީހަކު ފައްސިވެފައިވަނީ މީހުން ދިރިއުޅޭ ރަށަކުންނެވެ.އަދި ރިސޯޓްތަކުން 6 މީހަކާއި ސަފާރީއަކުން 3 މީހެއް އަދި ހަދަމުންދާ ރަށަކުން ވަނީ 2 މީހަކު ވަނީ ފައްސިވެފައެވެ. އަނެއް 933 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ. މިއަދުގެ ރެކޯޑްތަކާއި އެކު ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 35,815 އަށް އަރައިފައެވެ. […]
ސައުދީ އަރަބިއާގެ 23 މިސްކިތެއް ވަގުތީ ގޮތުން ބަންދުކޮށްފި
ސައުދީ އަރަބިޔާގެ ހަ ސަރަހައްދެއްގެ 23 މިސްކިތް ވަގުތީ ގޮތުން ބަންދުކޮށްފިއެވެ. އެ މިސްކިތްތައް ބަންދުކުރީ ނަމާދަށް ދިޔަ ބައެއް މީހުންނަށް ކޮރޯނާ ވައިރަސް ޖެހިފައިވާކަން ޔަގީން ވުމާ ގުޅިގެންނެވެ. ސައުދީ އަރަބިޔާގެ އިސްލާމީ ކަންތައްތަކާ ބެހޭ މިނިސްޓްރީން ބުނިގޮތުގައި ނަމާދު ނުކުރެވޭ ގޮތަށް ވަގުތީ ގޮތުން މިސްކިތްތައް ބަންދު ކުރީ އެ މިސްކިތްތަކަށް ނަމާދަށް ދިޔަ ބައެއް މީސްމީހުންގެ ކިބައިގައި ކޮރޯނާ ވައިރަސްގެ އަސަރު ހުރިކަން ޔަގީން ވެފައިވާތީ އެހެން މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައެވެ. އިސްލާމީކަންތައްތަކާ […]
އެމެރިކާގެ ސްކޫލެއްގައި ދަރިވަރަކު ތިން މީހެއްގެ ގަޔަށް ބަޑިޖަހައިފި
އެމެރިކާގެ ސްޓޭޓެއް ކަމުގައިވާ އިޑަހޯގެ ރިގްބީ މިޑްލް ސްކޫލްގެ ދަރިވަރަކު ސްކޫލު ތެރޭގައި ބަޑި ޖަހައި ތިންމީހަކުޒަހަމް ކޮށްލައިފިއެވެ. ބަޑި ޖެހި ދަރިވަރުގެ ނަން އެމެރިކާގެ ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ކުއްޖާއަކީ ގުރޭޑު 6އެއްގެ ކުއްޖެކެވެ. ލަފާ ކުރެވޭ ގޮތުގައި އެކުއްޖާގެ އުމުރުން ވާނީ 11 ނުވަތަ 12 އަހަރެވެ. ޝެރިފް، ސްޓީވް އެންޑާރސަން ނޫސްވެރިންނަށް މައުލޫމާތު ދެމުން ވިދާޅުވެފައިވާ ގޮތުގައި އެކުއްޖާ އެދުވަހު ސްކޫލަށް ދިޔުމަށްފަހު ފޮތް ދަބަހުން […]
ބުރުގާ އަޅައިގެން ހުރި އަންހެނަކާމެދު ތަފާތު ކުރުމުގެ ސަބަބުން ކުންފުންޏެއް 50000 ޔޫރޯއިން ޖޫރިމަނާކޮށްފި
ބުރުގާ އަޅައިގެން ހުރި މުސްލިމް އަންހެނަކާ ދޭތެރޭ ބްރަސެލްސް ޓްރާންސްޕޯޓް ކުންފުންޏަކުން އަމަލުކޮށްފައިވާ ގޮތުގެ ސަބަބުން ބްރަސެލްސްގެ ލޭބާރ ކޯޓުން ވަނީ އެ ކުންފުނި 50000 ޔޫރޯގެ އަދަދަކުން ޖޫރިމަނާކޮށްފައެވެ. ކޯޓުން މި ހުކުމް އިއްވާފައިވަނީ އެ އަންހެން މީހާއަށް ލިބެންޖެހޭ ހައްގުތައް އޭނާއަކީ އަންހެނަކަށް ވެފައި ބުރުގާ އަޅައިގެން އުޅޭ މުސްލިމެއް ކަމުގައިވާތީ ބްރަސެލްސް އިންޓަރ ކޮމިއުނަލް ޓްރާންސްޕޯޓް ކުންފުނިން އޭނާއަށް ނުދީ ހިފަހައްޓަން މަސައްކަތް ކޮށްފައިވާތީއެވެ. މި މައްސަލަ ކޯޓަށް ހުށަހަޅާފައިވަނީ ބްރަސެލްސްގެ އެން.ޖީ.އޯއެއް […]
ބެންގަލޫރު ޓީމު ރާއްޖެ ދޫކޮށް ދިޔުމަށް މަހުލޫފް ގޮވާލައްވައިފި
އޭއެފްސީ ކަޕުގެ މެޗެއް ކުޅުމަށް ރާއްޖެ އައި، އިންޑިޔާގެ ބެންގަލޫރު އެފްސީ ޓީމް ރާއްޖެ ދޫކޮށް ދިޔުމަށް ޔޫތް މިނިސްޓަރ އަހްމަދު މަހުލޫފް ގޮވާލައްވައިފިއެވެ. މަހުލޫފް މިހެން ވިދާޅުވެފައިވަނީ އެބޭފުޅާ ކުރެއްވި ޓްވީޓެއްގައެވެ. މަހުލޫފް މިހެން ވިދާޅުވެފައިވަނީ ބެންގަލޫރު ޓީމުން ހެލްތް ޕްރޮޓެކްޝަން އެެޖެންސީ އަދި އޭއެފްސީގެ ގައިޑްލައިންތަކާއި ޚިލާފުވެފައި ވާތީއެވެ. އެޓީމުގެ ކުޅުންތެރިން ތިބޭ ހޮޓަލުން ނިކުތުން މަނާ ކުރެވިފައި ވީ ނަމަވެސް މާލޭގެ މަގުމަތީގައި އެ ޓީމުގެ ބައެއް ކުޅުންތެރިން އުޅުނު ކަމަށް ރާއްޖޭގެ […]
ހަމަލާއާއި ގުޅިގެން ހޯދަމުން ދިޔަ މީހާ ހައްޔަރުކޮށްފި
ރައީސް ނަޝީދަށް އަމާޒުކޮށް އެއްޗެއް ގޮށްވާލައިގެން ދިން ހަމަލާއާއި ގުޅިގެން 3 ވަނަ މީހަކު ހައްޔަރު ކޮށްފިއެވެ. މިއަދު ހެނދުނު ހައްޔަރު ކުރެވުނު މިމީހާއަކީ މިމައްސަލާގައި ތުހުމަތު ކުރެވިގެން، އެމީހާ ހޯދުމަށް އާންމުންގެ އެހީއަށް އެދިފައިވާ މީހެކެވެ. ފުލުހުން އިއްޔެ ބޭއްވި ނޫސް ކޮންފަރެންސްގައި ވަނީ މިމީހާގެ ފޮޓޯ އާންމުކޮށްފައެވެ. އަދި އެމީހާއަކީ މިމައްސަލާގައި ވަރަށް ބޮޑަށް ތުހުމަތު ކުރެވޭ މީހެއް ކަމަށް ފުލުހުން ބުނެފައި ވެއެވެ. މިމީހާއަކީ މިމައްސަލައާއި ގުޅިގެން ހައްޔަރު ކުރެވުނު 3 ވަނަ […]