މާލޭގައި ހަވީރު 4:00 އިން ފަތިހު 4:00 ބޭރަށް ނުނިކުމެވޭ ގޮތަށް މާލެ ސަރަހައްދު ރަށު ބަންދަކަށް!

Loading

Facebook
Twitter
WhatsApp

​މާލެ ސަރަހައްދުގައި މާދަމާއިން ފެށިގެން ހަވީރު 4:00 އިން ފަތިހު 4:00 އަށް ބޭރަށް ނުކުތުން މަނާކޮށްފި އެވެ.

މީގެ ކުރިންވެސް މާލެ ސަރަހައްދުގައި ބަލި ފެތުރޭލެއް ގިނަ ކަމުން އެޗްޕީއޭއިން ވަނީ ހަރުކަށި ފިޔަވަޅު ތަކެއް އަޅާފައެވެ. އެގޮތުން އޮފީސްތަކާއި ސުކޫލްތައް އޮންލައިން ކޮށް ކިޔަވައިދޭ ގޮތައް ނިންމާ ރޭގަނޑު 9:00 ކުން ފަތިހު 4:00 ވަނީ މީހުން ބޭރުގައި އުޅުން މަނާކޮށްފައެވެ.

​ރާއްޖެއިން ކޮންމެ ދުވަހަކުވެސް މިހާރު ކޮވިޑަށް ފައްސިވަމުންދާ މީހުންގެ އަދަދުތައް 500 އަށްވުރެ މައްޗަށް އަރަމުންދާއިރު، އެ ބަލީގައި ނިޔާވާ މީހުންގެ އަދަދުތައްވެސް ވަނީ އިތުރުވާން ފަށާފައެވެ.

މިކަންކަމާއި ގުޅިގެން މިއަދު އެޗްޕީއޭއިން ނެރުނު އެންގުމެއްގައި ވަނީ، ކޮވިޑް-19 އިން ރައްކާތެރިވުމަށް މާލެ ސަރަހައްދުގައި އިތުރު ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާ ކަމަށެވެ. އެގޮތުން މާދަމާ އިން ފެށިގެން ހަފްތާއެއްގެ މުއްދަތަކަށް މާލެ ސަރަހައްދުގައި ހަވީރު 4:00 އިން ފަތިހު 4:00 އާއި ދެމެދު ބޭރަށް ނުކުމެ އުޅުން މަނާ ވާނެ ކަމަަށް އެ އެންގުމުގައި ބުނެފައި ވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް