ކޯވިޑް19: މިއަދު ފައްސިވީ މީހުންގެ އަދަދު ހާހަކުން މައްޗަށް!

74

އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން ވޭތިވެދިޔަ 24 ގަޑި އިރު، 1,091 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.

މިއަދު ފެނުނު ކޭސްތަކުގެ ތެރެއިން 147 މީހަކު ފައްސިވެފައިވަނީ މީހުން ދިރިއުޅޭ ރަށަކުންނެވެ.އަދި ރިސޯޓްތަކުން 6 މީހަކާއި ސަފާރީއަކުން 3 މީހެއް އަދި ހަދަމުންދާ ރަށަކުން ވަނީ 2 މީހަކު ވަނީ ފައްސިވެފައެވެ. އަނެއް 933 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ.

މިއަދުގެ ރެކޯޑްތަކާއި އެކު ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 35,815 އަށް އަރައިފައެވެ. އޭގެ ތެރޭގައި، 9,423 އެކްޓިވް ކޭސް ހިމެނޭއިރު 250 ފަރާތަކަށް ދަނީ އެޑްމިޓް ކޮށްގެން ފަރުވާ ދެމުންނެވެ .

މިހާތަނަށް ރާއްޖެ އިން 84 މީހަކުވަނީ މި ބަލީގައި މަރުވެފައެވެ. އަދި 25,299 މީހަކު ވަނީ މިބަލިން ރަނގަޅުވެފައެވެ.

1 ހިޔާލު

  1. ކޮންޓްރޯލުން ނެއްޓީދޯ. އެޗްޕީއޭ އާއި ކުރިމިނަލް ދަޢުވާއެއް ކުރެވިދާނެތަ؟ އެހެނީ އެއްވެސް މިންގަނޑެއްނެތި ޕްލޭނެއްނެތި ހިތުހުރިގޮތަކަށް ސިޔާސީ ރަންޑީންގެ ޕްރެޝަރަށް ވެއްޓީ ކޮވިޑް ކޮންޓުރޯލް ކުރުމުގެ ޢަމަލުތައް ބެހެއްޓީތީވެ. އެހެނީ 30 އާއި 45 އަކާއި ދޭތެރޭގައި ފައްސިވުން އޮތް އިރުވެސް މޫވްމަންޓް ރިސްޓްރިކްޓް ކޮށްގެން ގަބޫލުކުރެވޭ ފެންވަރުގެ ގަވާޢިދުތަކެއް ހަދާއިގެން އެގޮތަށް ގެންދެވޭތޯ ބަލަމުން ގޮސްފަ ކުއްލިއަކަށް ކައުންސިލް އިންތިޚާބުގައި ގަނޑުކޮށް ކައުންސިލް ވޯޓްގެ ނަތީޖާ ހޯދަން އުޅުނު ބަޔެއްގެ ދަލުގައި ޖެހި އެޗްޕީއޭ އިން 300 އަށް ކޮވިޑް19 ފައްސި އެރާފައި ވަނިކޮށް ކޮންޓްރޯލް ދޫކޮށްލާ އަދި ފައްސިވެފައިވާ މީހުންވެސް ހަމަ އެއް ބޫތުތަކަށް ވޯޓްލާން ފޮނުވުމާއި ރަށްތަކުންވެސް ކަރަންޓީނެއް ނެތި ވޯޓުލުމަށް ދަތުރު ފަތުރު ކުރަން ހުއްދަދިންކަން:
    އޭގެ ނަތީޖާއަކަށް މިވީ ކޮންޓުރޯލުން ނެއްޓީ ކޮވިޑްގެ ނުރައްކަލަށް ރާއްޖޭގެ ރައްޔަތުން ވައްޓާލުން. ވީމާ ޖިނާޢީ ދައުވާއެއް މައިމޫނާ އަށާއި އޭނައަށް އެބާރުތައްދީގެން ގޭސްގަނޑު އެނބުރި އެންމެނަށްވެސް ދަޢުވާކުރުން.
    ރައްޔަތުންނަށް ދައުލަތް ހިންގަދޭން ޙަވާލުވަނީ ޒިންމާތަކެއް އުފުލަން ހުވާކޮށްގެންނެވެ. ވީއިރު ކޮބާތޯ ޒިންމާ؟؟

ހިޔާލު ދެއްވާ

މިތަނުގައި ހިޔާލު ލިޔުއްވާ
ނަން ލިޔުއްވާ