އޭއެފްސީ ކަޕް ކޮލިފައިންގ: އީގަލްސްއަށް ފަސޭހަ މޮޅެއް

އޭއެފްސީ ކަޕް ކޮލިފައިންގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު، ކްލަބް އީގަލްސްއާއި ބޫޓާންގެ ތިމްޕޫ ސިޓީ އެފްސީ ބައްދަލުކުރި މެޗް 2-0ގެ ނަތީޖާއަކުން ކްލަބް އީގަލްސް ކާމިޔާބު ކޮށްފިއެވެ. މެޗުގެ ވަރަށް ކުރީކޮޅު އީގަލްސްއިން ވަނީ ލީޑްނަގައި ހަމަޖެހިލާފައެވެ. އީގަލްސްގެ ފުރަތަމަ ގޯލް އެޓީމަށް މެޗްގެ 9 ވަނަ މިނިޓުގައި ކާމިޔާބު ކޮށްދިނީ ހަސަން ރާއިފް (ހަންނަ) އެވެ. އެއަށް ފަހު ދެޓީމުގެ ފަރާތުންވެސް ހަމަ ހަމަ ކުޅުމެއް ފެެނުނު ނަމަވެސް މެޗްގެ ވަރަށް ފަހުކޮޅާ ޖެހެންދެން […]
ޑޮކްޓަރ މުޢިއްޒަކީ މިވަގުތު މިރާއްޖޭގައި މޭޔަރުކަމަށް ހުންނެވި އެންމެ ޤާބިލު ބޭފުޅާ: އާދަމް ޝަރީފު

ޕީޕީއެމްގެ ފަރާތުން މާލޭގެ މޭޔަރުކަމަށް ކުރިމަތިލައްވާފައިވާ އުއްމީދީ ކެންޑިޑޭޓު، ޑޮކްޓަރ މުޙައްމަދު މުޢިއްޒަކީ މިވަގުތު މިރާއްޖޭގައި މޭޔަރުކަމަށް ހުންނެވި އެންމެ ޤާބިލު ބޭފުޅާ ކަމުގައި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ. ”އެހެންވީމާ އެމަނިކުފާނުގެ ގާބިލުކަމާ ހުރެ މިތަނުގައި ކޮންމެވެސް ވަރަކަށް ގަޅި އުކަނީ. އެހެންކަމަށް ވިޔަސް އަޅުގަނޑު ދަންނަވާނީ އެ މޭވާ އަޅާ ގަހުންނޭ ރަނގަޅު މޭވާއެއް ރައްޔިތުންނަށް ލިބޭނީ.“ ރައްޔިތުންގެ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން އާދަމް ޝަރީފު މިއަދު ވިދާޅުވިއެވެ. ”މިފަހަރުގެ […]
މިއަހަރުގެ ރޯދަމަސް ފެށެނީ ކޮން ދުވަހަކު؟

ރަމަޟާން މަހު މުސްލިމުން ރޯދަ ހިފަން ފަށަނީ ހަނދު ސާބިތު ވުމުންނެވެ. ލަފާކުރެވޭ ގޮތުގައި ރަމަޟާން މަސް ފެށޭނީ އޭޕްރީލް 13 ވަނަ ދުވަހުއެވެ. ހަނދު ސާބިތު ކުރުމުގައި ސައުދީ އާއި މުސްލިމު އާބާދީ ބޮޑު އެހެން ގައުމުތަކުން ބަލާނީ ހަނދު ސާބިތުވިކަމަށް ބުނާ ހެކިވެރިންގެ ހެކި ބަހަށެވެ. ބަހްރެއިންއާއި، މިސްރު، ކުވައިތް، އޮމާން، ގަތަރު އަދި ޔޫ.އޭ.އީ ފަދަ ގައުމުތަކުން ތަބާ ވާންޖެހޭނީ ސައުދީގެ ނިންމުމަށެވެ. ސައުދީން ހަނދު ސާބިތުވެއްޖެ ކަމަށް ބުނުމުން އެ ގައުމުތަކުގެ […]
ޑރ. ޒާކިރު ނައިކު އަނެއްކާވެސް މެލޭޝިޔާގެ ޕޮލިސް ސްޓޭޝަނަށް ހާޒިރުކޮށްފި

މެލޭޝިޔާގެ ކުއާލަލަމްޕޫރްގައި ދިރިއުޅުއްވަމުން ގެންދަވާ މުންދާ ޑރ.ޒާކިރު ނައިކު އަނެއްކާވެސް އެގައުމުގެ ފެޑެރަލް ޕޮލިސް ސްޓޭޝަނަށް ހާޒިރުކޮށްފިއެވެ. މިދިޔަ ހަފްތާގެ ތެރޭގައި ދެ ފަހަރެއްގެ މަތިން ޑރ. ޒާކިރު ނައިކު ޕޮލިސް އޮފީހަށް ހާޒިރުކޮށްފައިވެއެވެ. އިންޑިޔާގައި އިސްލާމްދީނަށް ގޮވާލެއްވުމުގެ މަސައްކަތް ކުރީން ކުރައްވަމުން ގެންދެވި އުމުރުފުޅުން 54 އަހަރުގެ ޑރ. ޒާކިރު ނައިކު މިހާރު ދިރިއުޅުއްވަމުން ގެންދަވަނީ މެލޭޝިޔާގައި އެ ގައުމުގެ ރައްޔިތެއްގެ ގޮތުގައެވެ. އިންޑިއާއިން 2016 ވަނަ އަހަރުން ފެށިގެން ދަނީ ޑރ. ޒާކިރު ނައިކު […]
ޔޫސީއެލް: ރިއާލްއާއި ސިޓީއަށް ސެމީގެ އުއްމީދު ބޮޑުވެއްޖެ

ރޭ ކުޅެވިގެންދިޔަ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓަރ ފައިނަލްގެ ފުރަތަމަ ލެގްގެ ދެ މެޗް، ރިއާލް މެޑްރިޑާއި މެންޗެސްޓަރ ސިޓީ ކާމިޔާބު ކޮށްފިއެވެ. ރިއާލްމެޑްރިޑުން މެޗް ކާމިޔާބު ކޮށްފައިވަނީ ލިވަޕޫލް އާއި ވާދަކޮަށް 3-1ގެ ނަތީޖާއަކުންނެވެ. އަދި ސިޓީއިން މެޗް ކާމިޔާބުކުރީ ޑޯޓްމަންޑާއި ވާދަކޮށް 2-1ގެ ނަތީޖާއަކުންނެވެ. ރިއާލްއާއި ލިވަޕޫލް ބައްދަލުކުރި މެޗްގެ ފުރަތަމަ ހާފްގައި ރިއާލުން ވަނީ ދެގޯލުގެ ލީޑެއް ނަގާފައެވެ. މި ދެގޯލް ކާމިޔާބު ކޮށްދިނީ، މެޗްގެ 27 އަދި 36 ވަނަ މިނިޓުގައި […]
ހިޔާ މަޝްރޫއު: ގުރުއަތު ނެގުން މާދަމާ

ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލެ ދެވަނަ ފިޔަވަހިން ފްލެޓް ލިބުނު މީހުންގެ މެދުގައި ގުރުއަތު ނެގުން މާދަމާ ފަށާނެކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ބުނެފިއެވެ. އެޗްޑީސީން ރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ ސަރުކާރުން ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށް ދިނުމަށް ހިންގާ މަޝްރޫއުގެ ދަށުން ހުޅުމާލެ ދެވަނަ ފިޔަވަހީ އިމާރާތް ކޮށްފައިވާ 6720 ފުލެޓް ލިބިފައިވާ ފަރާތްތަކަށް، ލިބެނީ ކޮން ފުލެޓެއްކަން ކަނޑައެޅުމަށްޓަކައި ފްލެޓް ލިބުނު ފަރާތްތަކުގެ މެދުގައި ގުރުއަތެއްލައި އެ ފަރާތްތަކަށް ލިބޭ ފުލެޓް ކަނޑައެޅުމުގެ […]
ސައުދީން ހަދިޔާކުރި ކަދުރު ބަހާނެ އުސޫލު އާންމުކޮށްފި

ރޯދަ މަހު ބެހުމަށް ސައޫދީ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި ކަދުރު ބަހާނެ އުސޫލު އިސްލާމިކް މިނިސްޓްރީން އާންމު ކޮށްފި އެވެ. އިސްލާމިކް މިނިސްޓްރީން ބުނީ ސައޫދީ ސަރުކާރުން ރާއްޖެއަށް 25 ޓަނު ކަދުރު ހަވާލުކޮށްފައިވާ ކަމަށެވެ. އެއީ 12500 ޕެކެޓްކަމަށް އެ މިނިސްޓްރީން ހާމަކުރެއެވެ. އިސްލާމިކް މިނިސްޓްރީން އާންމު ކޮށްފައިވާ ކަދުރުބެހުމުގެ އުސޫލުގައިވާގޮތުން މި ފަހަރު ކަދުރު ބެހުމަށް ހަމަޖައްސާފައިވަނީ ފަގީރުންގެ ދަފްތަރުގައި ހިމެނިފައިވާ 10،944 މީހުންގެ ތެރެއިން ކޮންމެ ފަގީރަކަށް ޕެކެޓެކެވެ. މީގެ އިތުރުން […]
ކުޅުދުއްފުށީ ހައުސިން ޔުނިޓް މަސައްކަތް ނިންމުމަށް ބަޔަކާ ހަވާލުކޮށްފި

ހދ. ކުޅުދުއްފުށީގައި ހަދަން ފަށާފައިވާ 105 ހައުސިން ޔުނިޓްގެ މަސައްކަތް ނިންމުމަށް ދޮންބެޒް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފި އެވެ. މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި ހައުސިން ޔުނިޓްތައް ނިންމުމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ހައުސިންގ ޑިޕާރޓްމަންޓްގެ ޑިރެކްޓަރ ޖެނެރަލް އަހްމަދު ވިޝާން ނަސީމެވެ. ދޮންބެޒް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ހެޑް އޮފް އޮޕަރޭޝަން އަލީ ހަމްދޫނެވެ. މި ހައުސިން ޔުނިޓްގެ މަސައްކަތް ނިންމުމަށް […]
އޭއެފްސީ ކަޕް ކޮލިފައިންގެ ފުރަތަަމަ މެޗުގައި ބޫޓާންގެ ތިމްޕޫ އާއި ކްލަބް އީގަލްސް!

މާދަމާ އޭއެފްސީ ކަޕްގެ ކޮލިފައިން ފުރަތަަމަ މެޗުގައި ކްލަބް އީގަލްސް ނިކުންނާނީ ބޫޓާންގެ ތިމްޕޫ އާއި ދެކޮޅަށެވެ. މިއީ ކްލަބް އީގަލްސްގެ ތާރީހުގައި އެ ޓީމުން އޭއެފްސީ ކަޕްގައި ކުޅޭ ފުރަތަމަ ފަހަރެވެ. ނަމަވެސް އެ ޓީމުގައި ތިބި ގިނަ ކުޅުންތެރިންނަކީ ބައިނަލްއަގުވާމީ ގިނަ މެޗުތަކެއްގައި ކުޅެފައިވާ ކުޅުންތެރިންނެވެ. އީގަލްސް އިން މި ފަަހަރުގެ އޭއެފްސީ ކަޕްގައި ކުޅެނީ މިދިޔަ ސީޒަނުގައި ރާއްޖޭގެ ލީގުގެ ރަނަރަޕް ޓީމްގެ ގޮތުގައެވެ. މެޗުގެ ކުރިން މިއަދު ގަލޮޅު ދަނޑުގެ މީޑިއާ […]
ކޯވިޑް19: މިއަދު ފެނުނީ އިތުރު 145 ވޭދަނަ!

ރާއްޖެއިން ކޯވިޑް19 އަށް އިތުރު 145 މީހަކު ފައްސިވެއްޖެއެވެ. މިއަދު ފެނުނު ކޭސްތަކުގެ ތެރެއިން 39 މީހަކު ފައްސިވެފައިވަނީ މީހުން ދިރިއުޅޭ ރަށަކުންނެވެ.އަދި ރިސޯޓްތަކުން 19 މީހަކާއި ސިނާޢީ މަސައްކަތް ކުރަމުން އަންނަ ރަށަކުން 2 މީހަކު ވަނީ ފައްސިވެފައެވެ. އަނެއް 85 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ. މިއަދުގެ ރެކޯޑްތަކާއި އެކު ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 25,053 އަށް އަރައިފައެވެ. އޭގެ ތެރޭގައި، 3,079 އެކްޓިވް ކޭސް ހިމެނޭއިރު 73 ފަރާތަކަށް ދަނީ […]