ޔޫސީއެލް: ރިއާލްއާއި ސިޓީއަށް ސެމީގެ އުއްމީދު ބޮޑުވެއްޖެ

Loading

Facebook
Twitter
WhatsApp

ރޭ ކުޅެވިގެންދިޔަ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓަރ ފައިނަލްގެ ފުރަތަމަ ލެގްގެ ދެ މެޗް، ރިއާލް މެޑްރިޑާއި މެންޗެސްޓަރ ސިޓީ ކާމިޔާބު ކޮށްފިއެވެ. ރިއާލްމެޑްރިޑުން މެޗް ކާމިޔާބު ކޮށްފައިވަނީ ލިވަޕޫލް އާއި ވާދަކޮަށް 3-1ގެ ނަތީޖާއަކުންނެވެ. އަދި ސިޓީއިން މެޗް ކާމިޔާބުކުރީ ޑޯޓްމަންޑާއި ވާދަކޮށް 2-1ގެ ނަތީޖާއަކުންނެވެ.

ރިއާލްއާއި ލިވަޕޫލް ބައްދަލުކުރި މެޗްގެ ފުރަތަމަ ހާފްގައި ރިއާލުން ވަނީ ދެގޯލުގެ ލީޑެއް ނަގާފައެވެ. މި ދެގޯލް ކާމިޔާބު ކޮށްދިނީ، މެޗްގެ 27 އަދި 36 ވަނަ މިނިޓުގައި ވިނިޝިއަސް ޖޫނިއަރ އާއި މާކަސް އެސެންސިއޯއެވެ. ދެވަނަ ހާފްގެ 51 ވަނަ މިނިޓުގައި ލިވަޕޫލްގެ ފުރަތަމަ ގޯލް ކާމިޔާބު ކޮށްދިބީ މުޙައްމަދު ޞަލާހެވެ. ނަމަވެސް 65 ވަނަ މިނިޓުގައި ވިނީޝިއަސް ޖޫނިއަރގެ ދެވަނަ ގޯލާއިއެކު ރިއާލްއަށް ލީޑް ފުޅާކޮށްދިނެވެ.

ސިޓީއާއި ޑޯޓްމަންޑްގެ ކުރިމަތިލުން ފެނިގެންދިޔައީ ވާދަވެރި ކުރިމަތިލުމެއްގެ ގޮތުގައެވެ. ސިޓީއިންވަނީ ޑީބްރުނޭގެ ގޯލަކާއިއެކު މެޗްގެ ވަރަށް ކުރީކޮޅު، 19 ވަނަ މިނިޓުގައި ލީޑް ނަގައިފައެވެ. ޑޯޓްމަންޑުން މެޗް ނިމެން ކުޑަތަން ވެފައިވަނިކޮށް 84 ވަނަ މިނިޓުގައި ނަތީޖާ ހަމަހަމަކުރި ނަމަވެސް ސިޓީއިން ވަނީ 90 ވަނަ މިނިޓުގައި ލަނޑެއް ޖަހައި ސިޓީއަށް ފައިދާ ގޯލެއް ޔަގީން ކޮށްދީފައެވެ.

މިޓީމްތަކުން ސެމީއަށް ދަތުރުކުރާނެ ޓީމްތައް ޔަގީންވާނީ ދެވަނަ ލެގަށް ފަހުއެވެ. ދެވަނަ ލެގް ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 15،14 ވަނަ ދުވަހުއެވެ. މާދަމާ ރޭ ފުރަތަމަ ލެގްގެ ފަހު ދެ މެޗުގައި ބައްދަލު ކުރާނީ ޕޯޓޯއާއި ޗެލްސީ، އަދި ބަޔާންއާއި ޕީއެސްޖީއެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް