އޭއެފްސީ ކަޕް ކޮލިފައިންގ: އީގަލްސްއަށް ފަސޭހަ މޮޅެއް

Loading

Facebook
Twitter
WhatsApp

އޭއެފްސީ ކަޕް ކޮލިފައިންގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު، ކްލަބް އީގަލްސްއާއި ބޫޓާންގެ ތިމްޕޫ ސިޓީ އެފްސީ ބައްދަލުކުރި މެޗް 2-0ގެ ނަތީޖާއަކުން ކްލަބް އީގަލްސް ކާމިޔާބު ކޮށްފިއެވެ.

މެޗުގެ ވަރަށް ކުރީކޮޅު އީގަލްސްއިން ވަނީ ލީޑްނަގައި ހަމަޖެހިލާފައެވެ. އީގަލްސްގެ ފުރަތަމަ ގޯލް އެޓީމަށް މެޗްގެ 9 ވަނަ މިނިޓުގައި ކާމިޔާބު ކޮށްދިނީ ހަސަން ރާއިފް (ހަންނަ) އެވެ. އެއަށް ފަހު ދެޓީމުގެ ފަރާތުންވެސް ހަމަ ހަމަ ކުޅުމެއް ފެެނުނު ނަމަވެސް މެޗްގެ ވަރަށް ފަހުކޮޅާ ޖެހެންދެން ގޯލެއް ފެނިގެން ގޮސްފައެއް ނުވެއެވެ.

އީގަލްސްއަށް މެޗް ޔަގީންވެގެން ދިޔައީ 89 ވަނަ މިނިޓުގައި މުހައްމަދު ނާއިމް ކާމިޔާބު ކޮށްދިން ގޯލާއި އެކުގައެވެ. މިގޯލް ނާއިމް ކާމިޔާބު ކޮށްދިނީ އޭރިޔާގެ އަރިމަތިން ލިބުނު ހިލޭޖެހުމަކުންނެވެ. މިގޯލް ވެގެން ދިޔައީ ގިނަބައެއްގެ ސަމާލުކަން ހުއްޓުނު ރީތި ގޯލަކަށެވެ.

އީގަލްސްއިން ކޮލިފައިންގެ ދެވަނަ ބުރުގައި ކުޅޭ ފުރަތަމަ މެޗް އޮތީ މިމަހުގެ 14 ވަނަ ދުވަހުއެވެ. މިމެޗްގައި ބައްދަލު ކުރާނީ ބަންގްޅަދޭޝްގެ އަބަހަނި ދާކާ އާއި ދެކޮޅަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް