ކީރިތި ޤުރުއާނުން 26 އާޔަތް އުނިކުރަން ހުށަހެޅުމުން އިންޑިއާގެ ސްޕްރީމް ކޯޓުން އެކަމާ ދެކޮޅު ހަދައިފި

ކީރިތި ޤުރުއާނުން 26 އާޔަތް އުނިކުރަން ހުށަހެޅުމުން އިންޑިއާގެ ސްޕްރީމް ކޯޓުން އެކަމާ އިންކާރުކޮށް ދެކޮޅު ހަދައި މައްސަލަ ކޯޓަށް ހުށަހެޅި މީހާ 50 ހާސް ރުފިޔާއިން ޖުރިމަނާ ކުރުމަށް ހުކުމް ކޮށްފިއެވެ. ވަސީމް ރިޟްވީ އޭ ނަމަކަށް ކިޔާ މީހަކު ކޯޓަށް ހުށަހެޅި މައްސަލައިގައި ވަނީ ޓެރަރިޒަމް ފެތުރުމަށް ބާރުލިބޭ 26 އާޔަތެއް ޤުރުއާނުގައި ވާކަމަށް ބުނެ އެ އާޔަތްތައް ކީރިތި ޤުރުއާނުން އުނިކުރުމަށް އެދިފައެވެ. ވަސީމް ރިޟްވީ ސްޕްރީމް ކޯޓަށް ހުށަހެޅި މައްސަލައާ ގުޅިގެން […]

ރަމަޟާން މަހާ ގުޅިގެން މިސްކިތްތަކަށް ހިމާޔާތްތެރިކަން ދޭނެކަމަށް ފަރަންސޭސިވިލާތުން ބުނެފި

ފަރަންސޭސި ވިލާތުގައި މުސްލިމުންނާ ދެކޮޅަށް ތަންފީޒުކޮށްފައިވާ ގާނޫނުތަކާ ގުޅިގެން ބައިނަލްއަގުވާމީ މުޖުތަމައުން ދަނީ އެ ގައުމަށް ގިނަ ފާޑުކިޔުންތައް އަމާޒުކުރަމުންނެވެ. މުސްލިމް އަންހެނުން ބުރުގާ އެޅުމަށާއި ހަލާލުގޮތުގައި ޖަނަވާރު ކަތިލުން ވަނީ މި ގާނޫނުގެ ދަށުން މަނާކޮށްފައެވެ. ސަރުކާރުން މި ފަދަ ގާނޫނެއް ތަންފީޒުކުރުން ވެގެން ދިޔައީ މުސްލިމުންނަށް އެ ގައުމުގެ އެހެން ދީންތަކުގެ މީހުން ފުރައްސާރަކޮށް އުނދަގޫ ކުރުމަށް މަގުފަހި ކުރުވި ކަމަކަށެވެ. މިގޮތުން މިސްކިތްތަކުގެ ފާރުތަކުގައި ހަޑިހުތުރު ބަސްތައް ލިޔެ މިސްކިތަށް ދާ މުސްލިމުންނަށް […]

ސަލްމާން ބޮޑު މިސްކިތް ނުހުޅުވެ ލަސްވަނީ ސައުދީ ވަފުދަށް ނާދެވިގެން.

މާލޭގައި ބިނާކޮށް ނިމިފައިވާ ސަޢޫދީ ރަސްގެފާނުގެ ނަންފުޅުގައި އަޅައިދެއްވި ސަލްމާން މިސްކިތް ނުހުޅުވި ލަސްވަނީ ސަޢޫދީން ރާއްޖެ އައުމަށް ހަމަޖެހިފައިވާ ވަފުދަށް ރާއްޖެ ނާދެވި ލަސްވާތީ ކަމަށް އިސްލާމިކް މިނިސްޓްރީގެ އޮފިޝަލަކކު ވިދާޅުވެއްޖެއެވެ. ސަލްމާން މިސްކިތް މިއަހަރުގެ ރޯދަ މަހަށް ނުހުޅެވޭތީ އެކަމުގެ ކަންބޮޑުވުން އިދިކޮޅު ފަރާތްތަކުންނާއި ގިނަބައެއް އަންނަނީ ކުރަމުންނެވެ. އެ މިސްކިތަކީ ސައުދީ ސަރުކާރުން ބޮޑު ހޭދައެއްކޮށްގެން އިމާރާތްކޮށްފައިވާ މިސްކިތަކަށް ވާއިރު މިސްކިތް ހުޅުވުމަށް ހަމަޖެހިފައިވަނީ ސަޢުދީގެ ވަފުދެއް ބައިވެރިވާ ރަސްމިއްޔާތުގައި ކަމުގައިވަނީ އެއްބަސްވެވިފައެވެ. […]

ރައްޔިތުންގެ އިހުސާސްތައް ފުރިހަމައަށް ބަލައިގަންނަކަމަށް ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުން ބުނެފި

ރައްޔިތުންގެ އިހުސާސްތައް ފުރިހަމައަށް ސަރުކާރުން ބަލައިގަންނަކަމަށް ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުން ބުނެފިއެވެ. ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބާ ގުޅޭ ގޮތުން ރައީސުލްޖުމް ހޫރިއްޔާގެ އޮފީހުން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ އިންތިޚާބުގައި ރައްޔިތުން ލީ ވޯޓާއި، ރައްޔިތުންގެ އިޙްސާސްތައް ފުރިހަމައަށް ސަރުކާރުން ބަލައިގަންނަ ކަމަށެވެ. އަދި އެ ބަޔާނުގައި ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރުގެ ހިންގުން ކުރިއަށް ގެންދާނެކަމުގެ ފުރިހަމަ ޔަޤީންކަން ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު ދިވެހިރައްޔިތުންނަށް ދެއްވާފައިވެއެވެ. […]

ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ އަންގާރަ ދުވަސް!

1442 ވަނަ އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ އޭޕްރީލް މަހުގެ 13 ވާ އަންގާރަ ދުވަސްކަމަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއަރޒް ޑރ.އަޙްމަދު ޒާހިރު ޢަލީ އިޢުލާން ކުރައްވައިފިއެވެ. މިނިސްޓަރ އެކަން އިޢުލާން ކުރައްވާފައިވަނީ ހަނދު ސާބިތުކުރުމަށްޓަކާ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި މިރޭ ބޭއްވި ޖަލްސާގައެވެ. ހަނދު ސާބިތުކުރުމުގެ ބަޔާން އިއްވެވުމުގެ ކުރިން މިނިސްޓަރ ވަނީ ހަނދު ސާބިތުކުމަށްޓަކާ ކަނޑައަޅާފައިވާ ކޮމިޓީއާއި މަޝްވަރާ ކުރައްވާފައެވެ. މި ކޮމިޓީގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޒް އަލީ […]

ޖާސޫސްކޮށްދޭން އިންކާރުކުރުމުން އެމެރިކާގެ ރައްޔިތަކަށް ދަތުރުފަތުރު ނުކުރެވޭ ގޮތަށް ހަދައިފި

ލެބަނާންގެ ނަސްލަށް ނިސްބަތްވާ މުސްލިމެއް ކަމުގައިވާ އަޙްމަދް ޗެބެލީއަކީ އެމެރިކާގެ ރައްޔިތެކެވެ. އޭނާ މިވަގުތު ހުރީ ލެބަނާންގައެވެ. އެމެރިކާއަށް އައުން މަނާކޮށް ނޯ ފްލައި ލިސްޓުގައި އޭނާގެ ނަން ވަނީ އެމެރިކަން ސިވިލް ލިބަޓީސް ޔޫނިއަން (އޭ.ސީ.އެލް.ޔޫ)އިން ހިމަނާފައެވެ. އޭ.ސީ.އެލް.ޔޫއިން ބުނި ގޮތުގައި ނޯ ފްލައި ލިސްޓުގައި އަޙުމަދުގެ ނަން ހިމަނާފައި ވަނީ އެފް.ބީ.އައިގެ އެންގުމަކާ ގުޅިގެންނެވެ. މިކަމާ ގުޅިގެން އެޕްރީލް 6 ވަނަ ދުވަހު އަޙުމަދް ޗެބެލީވަނީ ރިޕޯޓެއް ނެރެފައެވެ. މި ރިޕޯޓުގައި އޭނާ ބުނެފައިވާ […]

މާލޭގެ މޭޔަރުކަން ޑރ. މުޢިއްޒަށް! އެމްޑީޕީއަށް ބޮޑު ޝޮކެއް! ހުތުރު ބޮޑު ބައްޔެއް!

އެމްޑީޕީގެ ބޮޑުންނާއި ކުދި ބޭކަލުންނާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ކުންފުނިތަކުގެ ވެރިން ޑރ. މުޙައްމަދު މުޢިއްޒާ ދެކޮޅަށް ވަރަށް ވަރުގަދައަށް ވަރަށް ލަދުހަޔާތްކުޑަ އިބާރާތްތަކުން އެންޓިކެމްޕޭން ކުރައްވަމުން ގެންދެވިކަމަށް ވިޔަސް، އަދި އެކަމަށް އެލެކްޝަންސް ކޮމިޝަނުން ބީރުކަންފަތެއް ދީގެން ތިއްބަސް، ރައްޔިތުން ނިކުމެ މާލޭގެ މޭޔަރުކަމަށް ޕީޕީއެމްގެ ކެންޑިޑޭޓު ޑރ. މުޢިއްޒު، ބޮޑު އަޣުލަބިއްޔަތަކުން އިންތިޚާބު ކޮށްފިއެވެ. މާލޭގައި އަލިފާން ބޯޅަ ނުއުކައި ތަންތަނުގައި ބޮޑުހުޅު ނުޖަހައި ދަގަނޑު ބުރުރިތައް ހިފައިގެން ކޮޅުކޮޅަށް ނުދުވައި މާލޭގެ […]

ހޯރަފުށީ 12 ގޮނޑިވެސް އެމް.ޑީ.ޕީ އަށް!

ހއ.ހޯރަފުށިން އެމް.ޑީ.ޕީ ޓިކެެޓްގައި ވާދަކުރި 12 މެމްބަރުންވެސް ވަނީ އެ އިންތިހާބް ބޮޑު ތަފާތަކުން ކާމިޔާބު ކޮށް ކައުންސިލްގެ 6 ގޮނޑި އަދި އަންހެނުން ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމެޓީގެ 6 ގޮނޑިވެސް ކާމިޔާބު ކޮށްފައެވެ. ހޯރަފުށީ ކައުންސިލްގެ ރައީސް ކަމަށް ވާދަކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓު މުހައްމަދު ވަހީދަށް 857 ވޯޓު ލިބިވަޑައިގެންނެވި އިރު ޕީޕީއެމްގެ ކެންޑިޑޭޓު އަލީ އާރިފަށް ލިބިވަޑައިގެންނެވީ 795 ވޯޓެވެ. ކައުންސިލް މެމްބަރު ކަމަށް ކުރިމަތިލީ އެމްޑީޕީގެ ކެންޑިޑޭޓުން ކަމަށްވާ އަހުމަދު […]

ބައެއް ވޯޓުފޮށިތައް ބަންދުކުރަން ނިންމާފައިވާ ގަޑި ލަސްކޮށްފި

 މިއަދު ހިނގަމުންދާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ވޯޓުލާ ފޮށިތަކުގެ ތެރެއިން ބައެއް ފޮށިތައް ބަންދުކުރާ ގަޑި ލަސްކޮށް އެކަން އިލެކްޝަންސް ކޮމިޝަނުން އިޢުލާން ކޮށްފިއެވެ.     މިފޮށިތަކުގެ ތެރޭގައި މާލެއާއި އަތޮޅުތެރޭގެ 50ހެއްހާ ފޮށި ހިމެނެއެވެ. ނަމަވެސް މީގެ ތެރެއިން ގިނަ ފޮށިތައް 18:45ގެ ކުރިން ބަންދުކުރާނޭ ކަމަށް އެ އިޢުލާނުގައި ވެއެވެ.      ފޮށި ބަންދުކުރާ ގަޑި އެންމެ ބޮޑަށް ލަސްކޮށްފައިވާ ކަމަށް ފާހަގަކުރެވެނީ ތ.ވިލުފުށި-1 އަދި ތ.ވިލުފުށި-2 މި ދެ ފޮށްޓެވެ. […]

ކައުންސިލް އިންތިޚާބު: މެންދުރު ކުރިން ހާމަވެގެން ދިޔައީ ވޯޓުލާން ރައްޔިތުންގެ ޝައުގުވެރިކަމެއް ނެތްކަން

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއަށް މެންބަރުން އިންތިޚާބު ކުރުމަށް ބާއްވާ އިންތިޚާބުގެ ވޯޓްލުން ހެނދުނު 7.00 އިން ފެށިގެން ކުރިއަށްދާއިރު މެންދުރު ކުރިން އެންމެ ބޮޑަށް ފާހަގަކުރެވުނީ ވޯޓުލާން ނިކުތް މީހުންގެ އަދަދު އާދަޔާ ޚިލާފަށް މަދުކަމެވެ. އެލެކްޝަންސް ކޮމިޝަންގެ ރައީސް އަޙުމަދު ޝަރީފު މެންދުރު ކުރިން ބޭއްވި ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން ވިދާޅުވީ ވޯޓުލާފައިވަނީ އެންމެ 17 ޕަސެންޓު މީހުންކަމަށެވެ. ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ހެނދުނު ވޯޓުލެއްވުމަށްފަހު މީޑިއާގެ ބޭފުޅުންނާ […]