ހޯރަފުށީ 12 ގޮނޑިވެސް އެމް.ޑީ.ޕީ އަށް!

Loading

Facebook
Twitter
WhatsApp

ހއ.ހޯރަފުށިން އެމް.ޑީ.ޕީ ޓިކެެޓްގައި ވާދަކުރި 12 މެމްބަރުންވެސް ވަނީ އެ އިންތިހާބް ބޮޑު ތަފާތަކުން ކާމިޔާބު ކޮށް ކައުންސިލްގެ 6 ގޮނޑި އަދި އަންހެނުން ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމެޓީގެ 6 ގޮނޑިވެސް ކާމިޔާބު ކޮށްފައެވެ.

ހޯރަފުށީ ކައުންސިލްގެ ރައީސް ކަމަށް ވާދަކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓު މުހައްމަދު ވަހީދަށް 857 ވޯޓު ލިބިވަޑައިގެންނެވި އިރު ޕީޕީއެމްގެ ކެންޑިޑޭޓު އަލީ އާރިފަށް ލިބިވަޑައިގެންނެވީ 795 ވޯޓެވެ.

ކައުންސިލް މެމްބަރު ކަމަށް ކުރިމަތިލީ އެމްޑީޕީގެ ކެންޑިޑޭޓުން ކަމަށްވާ އަހުމަދު ރައޫފަށް 940 ވޯޓު، އިބްރާހިމް ޝާކިރަށް 954 ވޯޓު އަދި އަހުމަދު އިމްދާހު އަށް 940 ވޯޓު ވަނީ ލިބިވަޑައިގަންނަވާފައެވެ.

​ކައުންސިލްގެ އަންހެނުންގެ ގޮނޑިއަށް ވާދަކުރައްވާ މެމްބަރުންގެ ތެރެއިން އެމްޑީޕީގެ ކެންޑިޑޭޓުން ކަމަށްވާ މަރިޔަމް ވަކީލާ އަށް 803 ވޯޓު އަދި އައިމިނަތު ވިސާމާ އަށް 792 ވޯޓު ލިބިން އިރު އައިމިނަތު ނާސިހާ އަށް ލިބިވަޑައިގެންނެވީ 877 ވޯޓެވެ.

އަންހެނުން ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމެޓީ އަށް ވާދަކުރެއްވި 8 މެމްބަރުން ތެރެއިން އަމިއްލަ ގޮތުން ވާދަކުރަށްވާފައިވަނީ 2 މެމްބަރުންނެވެ. އަނެއް 6 މެމްބަރުން ކުރިމަތިލާފައިވަނީ އެމްޑީޕީގެ ފަރާތުންނެވެ. މި 6 ގޮނޑިވެސް ކާމިޔާބް ކޮށްފައިވަނީ އެމްޑީޕީ ގެ ފަރާތުން ކުރިމަތިލީ އައިމިނަތު އަބްދުއްސައްތާރު، ނާހިދާ މުހައްމަދު، ހަމީދާ މުހައްމަދު، އާބިދާ އަދި ހުދާ އުމަރެވެ.

ހޯރަފުށީގެ ޖުމްލަ ނަތީޖާ އަށް ބަލާއިރު، ހއ. އަތޮޅުގެ ކައުންސިލް ރައީސް ކަމަށް ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓަށް 671 ވޯޓު ލިބިވަޑައިގެންނެވި އިރު ޕީޕީއެމްގެ ކެންޑިޑޭޓު ހުސެއިން ރަޝީދަށް ލިބިވަޑައިގަތީ 632 ވޯޓެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް