ބައެއް ވޯޓުފޮށިތައް ބަންދުކުރަން ނިންމާފައިވާ ގަޑި ލަސްކޮށްފި

Loading

Facebook
Twitter
WhatsApp
Source: https://www.ifes.org/
 މިއަދު ހިނގަމުންދާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ވޯޓުލާ ފޮށިތަކުގެ ތެރެއިން ބައެއް ފޮށިތައް ބަންދުކުރާ ގަޑި ލަސްކޮށް އެކަން އިލެކްޝަންސް ކޮމިޝަނުން އިޢުލާން ކޮށްފިއެވެ.
    މިފޮށިތަކުގެ ތެރޭގައި މާލެއާއި އަތޮޅުތެރޭގެ 50ހެއްހާ ފޮށި ހިމެނެއެވެ. ނަމަވެސް މީގެ ތެރެއިން ގިނަ ފޮށިތައް 18:45ގެ ކުރިން ބަންދުކުރާނޭ ކަމަށް އެ އިޢުލާނުގައި ވެއެވެ.
     ފޮށި ބަންދުކުރާ ގަޑި އެންމެ ބޮޑަށް ލަސްކޮށްފައިވާ ކަމަށް ފާހަގަކުރެވެނީ ތ.ވިލުފުށި-1 އަދި ތ.ވިލުފުށި-2 މި ދެ ފޮށްޓެވެ. މި ދެފޮށި ބަންދުކުރާނޭ ކަމަށް އިއުލާނުގައި ވަނީ 21:50 ގައެވެ.
    އީސީއިން ބުނެފައިވާ ގޮތުގައި ވޯޓު ފޮށިތައް ބަންދުކުރަން ހަމަޖެހިފައިވަނީ 10 ގަޑިއިރު ހަމަވުމަށްފަހުއެވެ. ބައެއް ވޯޓްފޮށިތަށް ހުޅުވާލާފައިވަނީ ކަނޑައެޅިފައިވާ ވަގުތުގެ ފަހުންނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް