ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އެލަވަންސް ބޮޑުކުރީ ހެޔޮ ނިޔަތެއް އޮވެގެން ނޫން: އުޝާމް

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދައުލަތުން ދޭ އެލަވަންސް ބޮޑުކުރީ ހެޔޮ ނިޔަތެއް އޮވެގެން ނޫން ކަމަށް ވިލިމާލޭ ދާއިރާގެ މެންބަރު އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ. ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދައުލަތުން ދޭ މިހާރު ދެމުން އަންނަ 2,000 ރުފިޔާގެ އެލަވަންސް ބޮޑުކޮށް އިތުރު އިނާޔަތްތަކެއް ދޭން ނިންމިކަން ހާމަކޮށް ސަރުކާރުން އިއްޔެ ވަނީ އެކަމާބެހޭ ތަފްސީލުތައް ހާމަކުރައްވައިފައެވެ. ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދައުލަތުން ދޭ އެލަވަންސާ ގުޅޭ ގޮތުން މީގެ 4 އަހަރު ކުރިން ދަނގެތީ ދާއިރާގެ […]

ޖަރުމަނުން ދަރުކޮށަން ވަލަށް ވަންނަން ޖެހިއްޖެ    

އަންނަ ފިނިމޫސުމުގައި ހޫނުކުރުމުގެ ވަސީލަތެއް ހޯދުމަށް ޔުރަޕްގެ ގައުމުތަކުން ކެނޑިނޭޅި މަސައްކަތް ކުރަމުން ދާއިރު ރަޝިޔާގެ ގޭސް ސްޓޯރޭޖް މިހާރުވެސް ހުރީ 91.4 އިން ސައްތަ ފުރިފައިކަމަށް ރަޝިޔާގެ ބިޔަ ގޭސް ކުންފުނި ގަޒްޕްރޯމުން ބުނެފިއެވެ. އަދި ރަޝިޔާއާއި ޔޫކްރެއިނުން ކުރަމުންގެންދާ ހަނގުރާމައިގެ ސަބަބުން ޔޫރަޕްގެ ގައުމުތަކަށް ގޭސް ލިބުމުގައި ބޮޑެތި މައްސަލަތަކެއް ވަނީ ކުރިމަތިވެފައެވެ.  އެނަރޖީ މޮނިޓަރުން ހާމަކުރާގޮތުގައި ޔޫރަޕްގައި ގޭހުގެ ސްޓޯރޭޖްތައްވެސްހުރީ 70 އިން ސައްތަ ފުރިފައެވެ. އެހެންނަމަވެސް އާދައިގެ ދިރިއުޅުމުގެގޭބިސީތަކުގައި ބޭނުންކުރާ ގޭހުގެ އަގު 480 ޔޫރޯއަށް […]

​މިރޭ 3 ޖަހަންދެން ހއ އަތޮޅުން އދ އަތޮޅަށް ހުދު ސަމާލު ނެރެފި! ​

​ވައި ގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާ ކުރެވޭތީ ހއ. އަތޮޅުން ފެށިގެން ދ. އަތޮޅަށް ހުދު ސަމާލު ނެރެފިއެވެ. ​މެޓް އޮފީހުން ބުނެފައިވާ ގޮތުގައި މި ސަރަހައްދުތަކުގައި ހިމެނޭ ރަށްތަކަށް ގަޑިއަކު 22 މޭލާއި 27 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަ ވާނެ ކަމަށް ވެސް ލަފާ ކޮށްފައިވެއެވެ. ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް ވެސް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ. އަދި […]

ހިޔާ ފްލެޓް: ކުލި ނަގާނީ ޑިސެމްބަރަށް ފަހު!

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ހިޔާ ފްލެޓުގެ ​ތަކުގެ ފިނިޝިން މަސައްކަތް ނިންމުމަށްޓަކައި އިތުރު ތިން މަސް ދުވަސް ލިބޭނެ ކަމަށާއި ފްލެޓްތަކަށް ކުލި ދައްކަން ޖެހޭނީ ޑިސެމްބަރު މަހަށް ފަހުގައި ކަމަށް ނިންމައިފިއެވެ. ​ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ މައްސަލަ އަށް އިޝާރާތް ކުރައްވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ހިޔާ ފްލެޓުގެ ފިނިޝިން މަސައްކަތް ތިން މަސް ތެރޭގައި ނުނިންމޭނެ ކަމުގެ ޝަކުވާތައް އައުމުން އެކަމާ ގުޅޭ […]

ބައެއް ވޯޓުފޮށިތައް ބަންދުކުރަން ނިންމާފައިވާ ގަޑި ލަސްކޮށްފި

 މިއަދު ހިނގަމުންދާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ވޯޓުލާ ފޮށިތަކުގެ ތެރެއިން ބައެއް ފޮށިތައް ބަންދުކުރާ ގަޑި ލަސްކޮށް އެކަން އިލެކްޝަންސް ކޮމިޝަނުން އިޢުލާން ކޮށްފިއެވެ.     މިފޮށިތަކުގެ ތެރޭގައި މާލެއާއި އަތޮޅުތެރޭގެ 50ހެއްހާ ފޮށި ހިމެނެއެވެ. ނަމަވެސް މީގެ ތެރެއިން ގިނަ ފޮށިތައް 18:45ގެ ކުރިން ބަންދުކުރާނޭ ކަމަށް އެ އިޢުލާނުގައި ވެއެވެ.      ފޮށި ބަންދުކުރާ ގަޑި އެންމެ ބޮޑަށް ލަސްކޮށްފައިވާ ކަމަށް ފާހަގަކުރެވެނީ ތ.ވިލުފުށި-1 އަދި ތ.ވިލުފުށި-2 މި ދެ ފޮށްޓެވެ. […]

ކޯވިޑް19- މިއަދު ފެނުނީ އިތުރު 132 ވޭދަނަ!

ރާއްޖެއިން ކޯވިޑް19 އަށް އިތުރު 132 މީހަކު ފައްސިވެއްޖެއެވެ. މިއަދު ފެނުނު ކޭސްތަކުގެ ތެރެއިން 54 މީހަކު ފައްސިވެފައިވަނީ މީހުން ދިރިއުޅޭ ރަށަކުންނެވެ.އަދި ރިސޯޓްތަކުން 22 މީހަކު ވަނީ ފައްސިވެފައެވެ. އަނެއް 56 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ. މިއަދުގެ ރެކޯޑްތަކާއި އެކު ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 25,436 އަށް އަރައިފައެވެ. އޭގެ ތެރޭގައި 3,084 އެކްޓިވް ކޭސް ހިމެނޭއިރު 82 ފަރާތަކަށް ދަނީ އެޑްމިޓް ކޮށްގެން ފަރުވާ ދެމުންނެވެ . މިހާތަނަށް ރާއްޖެ […]

ކޯވިޑް19: މިއަދު ފެނުނީ އިތުރު 138!ވޭދަނަ!

ރާއްޖެއިން ކޯވިޑް19 އަށް އިތުރު 138 މީހަކު ފައްސިވެއްޖެއެވެ. މިއަދު ފެނުނު ކޭސްތަކުގެ ތެރެއިން 44 މީހަކު ފައްސިވެފައިވަނީ މީހުން ދިރިއުޅޭ ރަށަކުންނެވެ.އަދި ރިސޯޓްތަކުން 6 މީހަކާއި ސިނާޢީ މަސައްކަތް ކުރަމުން އަންނަ ރަށަކުން 4 މީހަކު ވަނީ ފައްސިވެފައެވެ. އަނެއް 84 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ. މިއަދުގެ ރެކޯޑްތަކާއި އެކު ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 25,191 އަށް އަރައިފައެވެ. އޭގެ ތެރޭގައި، 3,101 އެކްޓިވް ކޭސް ހިމެނޭއިރު 88 ފަރާތަކަށް ދަނީ […]

ދުނިޔޭގެ އެކި ކަންކޮޅުތަކަށް ކުރަމުންދާ ދަތުރުތައް ކޮންޓްރޯލް ކުރުމަށް، ސަރުކާރު ތަކުން ޑިޖިޓަލް ޕާސްޕޯޓް ތައާރަފުކުރުމަށް މަޝްވަރާ ކޮށްފި.

މިފަހަކަށް އައިސް ކޮވިޑް 19 ގެ ޙާލަތާ ގުޅިގެން ގިނަ ޢަދަދެއްގެ ޤައުމުތަކަކުން ދަނީ އެކަމުގެ ނާޖާއިޒު ފައިދާ ނަގަމުންނެވެ. މިފަދަ ނޭދެވޭ ކަންތައް ތަކުގެ ތެރޭގައި އިންސާނީ ޙައްޤުތަކަށް އަރައިގަތުން ހިމެނުނު ކަމުގައި ވިޔަސް، މީޑިއާ ތަކުން ރިޕޯޓް ކުރަމުންދަނީ އަދި އާންމުންނަށް އަންގައި ދެމުން ދަނީ މި ކަމަކީ ގެއްލުމަށް ވުރެ ބޮޑަށް ފައިދާހުރި ކަމެއް ކަމުގައެވެ. ޑިޖިޓަލް ޕާސްޕޯޓް އުފައްދަން ނިންމާފައިވާ ޤައުމުތަކުން ފާހަގަ ކޮށްލެވޭ އެއް ޤައުމަކީ ޑެންމާކެވެ. މިގޮތުން ޑެންމާކް […]

ތުރުކީއިން އުފެއްދި ޑްރައިވަރާއި ނުލައި ދުއްވާ ފުރަތަމަ ބަސް، އުރުދުޣާން ޓެސްޓް ކޮށްފި

ތުރުކީ ގައި ފުރަތަަމަ ފަހަރަށް އުފެއްދި ޑްރައިވަރާ ނުލާ ދުއްވާ ބަސް، މިދިޔަ ހޯމަ ދުވަހު އެޤައުމުގެ ރައީސް ރަޒަބް ތައްޔިބު އުރުދުޣާންގެ ޙާޒިރު ގައި ޓެސްޓް ކޮށްފި އެވެ. މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް އުރުދުޣާން ވިދާޅުވެފައި ވަނީ މިބަހިގެ ސަބަބުން ތުރުކީ އިތުރަށް ކުރިއަރައި، އަދި ތުރުކީގެ ބުރޭންޑް ތައް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ޕްރޮމޯޓު ވެގެންދާނެ ކަމަށެވެ. ރައީސްގެ އިތުރުން، ތުރުކީގެ އިންޑަސްޓްރިއަލް ޓެކްނޮލޮޖީ މިނިސްޓަރ މުސްޠަފާ ވަރަންކު ވެސް ވަނީ މިރަސްމިއްޔާތުގައި […]

މަބްރޫކަށް ރައީސް އޮފީހުގެ ސްޕޯކްސްޕަރސަންގެ މަޤާމު

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕޯކްސްޕަރސަންގެ މަޤާމު އުފައްދަވައި އެ މަޤާމަށް މ. އަތައްސާގިރި މުޙައްމަދު މަބްރޫކް ޢަޒީޒު ޢައްޔަންކުރައްވައިފިއެވެ. އޭނާ މި މަޤާމަށް ޢައްޔަންކުރައްވާފައި ވަނީ ވަޒީރުންގެ ނައިބުންގެ ފެންވަރުގައެވެ. މަބްރޫކް މި މަޤާމަށް ޢައްޔަންކުރައްވާފައި ވަނީ 2021 ޖަނަވަރީ 1 ވަނަ ދުވަހުން ފެށިގެންނެވެ. މިބަދަލާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ފަރާތުން ޚަބަރާއި މަޢުލޫމާތު ހޯދުމަށް ގުޅުއްވަންޖެހޭ ފަރާތަކީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕޯކްސްޕަރސަންގެ ދައުރު ކުރިން ފުރުއްވަމުން ގެންދެވި އިބްރާހީމް ހޫދުގެ […]