​މިރޭ 3 ޖަހަންދެން ހއ އަތޮޅުން އދ އަތޮޅަށް ހުދު ސަމާލު ނެރެފި! ​

Loading

Facebook
Twitter
WhatsApp

​ވައި ގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާ ކުރެވޭތީ ހއ. އަތޮޅުން ފެށިގެން ދ. އަތޮޅަށް ހުދު ސަމާލު ނެރެފިއެވެ.

​މެޓް އޮފީހުން ބުނެފައިވާ ގޮތުގައި މި ސަރަހައްދުތަކުގައި ހިމެނޭ ރަށްތަކަށް ގަޑިއަކު 22 މޭލާއި 27 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަ ވާނެ ކަމަށް ވެސް ލަފާ ކޮށްފައިވެއެވެ.

ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް ވެސް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ. އަދި ​ރާއްޖޭގެ ކަނޑުތައް ގަދަވާނެތީ ހުރިހާ ފަރާތްތަކުން، ވަކިން ޚާއްސަކޮށް ކަނޑު ދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.

​މިރޭ 10 ޖަހަންދެން ހއ. އަތޮޅުން އދ. އަތޮޅަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ނެރެފައިއޮތީ ރީނދޫ ސަމާލެވެ. ނަމަވެސް ފަހުން ހުދު ސަމާލަށް ބަދަލުކޮށް މިރޭ 3 ޖަހަންދެން މި ސަރަހައްދުގެ ސަމާލު ވަނީ ދަމަހައްޓައިފައެވެ.

Loading

2 Responses

  1. މިރޭ ތިނެއް ޖަހަންދެން ހއ.އަތޮޅުން އދ. އަތޮޅަށް ސީލާނެ.
    # ޚަބަރު ލިޔަން ލަދެއްވެސް ނުގަނެއޭ.

    1. ހެލްޕް ކޮށް ދެއްވާ ލިޮޔުންތެރީންނަށް. އޭރުން ލިޔުންތެރީންނަށް ކުރިއެެރުން ލިބޭނީ.
      ޝުކުރިއްޔާ!

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް