އިސްރާއީލުން ގައްޒާގައި ހިންގަމުން ގެންދާ ފަނާކުރަނިވި ޣައިރުގާނޫނީހަނގުރާމައިގެ ޖަރީމާތައް ހުއްޓާލާން އެގައުމުން ކަނޑައަޅާފައިވާ ޝަރުތު ތަކަކަށް އަވަހަށް އެއްބަސްކުރުވަން އެމެރިކާއިން ބޭނުމެވެ. އަދި ޙަމާސް އިން ހިފާއްޓާފައި ތިބި ރަހީނުން އަވަހަށް ދޫކޮށްލުމަށެވެ.
މިކަމަށް ސަޕޯޓްހޯދުމަށް އެމެރިކާގެ ޚާރިޖީ ވަޒީރު ބްލިންކަން މެދުއިރުމައްޗަށް ކުރަމުންގެންދާ ދަތުރުގައި ރިޔާޒުގައި ހުރެ އެކަމަށް ބާރުއަޅަމުން ގެންދާކަމަށް ރޮއިޓާސްއިން ޚަބަރު ދީފިއެވެ.
ސަޢޫދީ އެރޭބިޔާގައި މިހާރު ހިނގަމުންދާ ދުނިޔޭގެ އިކްނޯމިކް ފޯރަމްގެ ތެރޭގައި ސަޢޫދީގެ އޮފިޝަލުންނާއި ބައްދަލުކޮށް ބްލިންކަން ވިދާޅުވެފައިވަނީ އިސްރާއީލުން ހުށައަޅާފައިވަނީ ވަރަށް އާދަޔާ ޚިލާފް ލުއިތަކެއް ކަމަށާއި މިފުރުސަތު ނަގާނުލުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
ހަނގުރާމަ ހުއްޓުވުމަށް މިހާރު އޮތް ހަމައެކަނި ހުރަހަކީ ޙަމާސްގެ ނިންމުން ކަމަށްވެސް ވިދާޅުވިއެވެ. އަދި މިފަހަރު ގޮތެއް ނިންމުމުގައި ޙަމާސް އިން ހެޔޮ ވިސްނުމެސް ގެންގުޅޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

ބްލިންކަން ވިދާޅުވެފައިވަނީ މި ހުށައެޅުމުގެ ދަށުން ޙަމާސް ބޭނުންވާ ފަދައިން އަމާން ވެއްޓެއްގައި ތިބުމުގެ މުއްދަތަކާއި އަދި ދާއިމީ ހަނގުރާމަ ހުއްޓާލުމެއް ކުރިއަށް އޮތްތަނުގައި ހަމަޖެހިގެން ދާނެ ކަމަށެވެ.
އެމެރިކާއިން ގެންގުޅޭ އިސްރާޢީލުގެ ހުށައެޅުމާއި ދޭތެރޭ ފަރަންސޭސި ޑިޕްލޯމެޓުންގެ ރައުޔުގައި އެއްބަސްވުމަކަށް އާދެވިދާނެ ކަމަށް އުންމީދު ކުރެވޭއިރުޙަމާސް ލީޑަރޝިޕްގެ ވިސްނުމުގައި ޖަވާބު ހޯދަން ބޭނުންވަނީ އެ ހުށައެޅުމުގައި އެބުނާ ދިގުދެމިގެންވާ އަމާންވެއްޓެއްގެ މުއްދަތަކީ ކޮބައިކަމެވެ.
މިހާތަނަށް އިސްރާއީލުން ގައްޒާގައި 34500 މީހުން ޝަހީދު ކޮށްލާފައިވުމަކީ ޙަމާސް އިން އެއްވެސް އެއްބަސްވުމަކަށް އައުމުގައި އެތައްފަހަރަކު ވިސްނާނެ ކަމެއްކަމަކަށް އެމެރިކާއަކަށް ވިސްނޭކަމަކަށް ނުވެއެވެ.
އިސްރާއީލުގެ ބާރުގަދަ ޙަމަލާތަކުގައި ގައްޒާ ބިމާހަމަވެ އަސާސީ ބޭނުންތަކުން މަޙުރޫމް ކޮށްފައި ތިބުމަކީ ޙަމާސްގެ ކޮންމެ ނިންމުމެއްގައި އެތައްފަހަރަކު ވިސްނާނެ ކަމެކެވެ. އަދި އެމެރިކާ ޕީސްމޭކަރގެ ގޮތުގައި ވާހަކަދައްކާއިރު އިސްރޭލުން ފަލަސްތީނުގައި ހިންގާ 7 މަސްދުވަސްވީ ފަނާކުރަނިވި ޖަރީމާ ތަކަކީ ސިދާ އެމެރިކާއިން ފަނާކުރަނިވި ހަތިޔާރާއި ފައިސާދީގެން ހިންގާކަމެއް ކަމުގެ ހިލަމެއްވެސް ބްލިންކަން އެނގޭހެނެއް އޭނާގެ މޫނުމަތިން ނުފެނެއެވެ.
އެހެނަސް އިސްރާޢީލުން ފަލަސްތީނުގައި ހިންގާ އެންމެހާ ޖަރީމާތަކެއްގެ ޙިއްސާދާރަކީ އެމެރިކާ އާއި އެބައިމީހުންގެ ބައިވެރީންކަން މިހާރު މުޅިދުޔެ މިވަނީ ގަބޫލުކޮށްފައެވެ.
ދުނިޔޭގެ އިކްނޯމިކް ފޯރަމްގައި ބައިވެރިވެ ވަޑައިގަންނަވާ މި ހަނގުރާމައިގެ އަނެއް ބައިވެރިޔާ އިނގިރޭސީ ޚާރިޖީ ވަޒީރު ޑޭވިޑް ކެމަރޫން ދެކި ވަޑައިގަންނަވާ ގޮތުގައި އިސްރާއީލުގެ ހުށައެޅުމަކީ އާދަޔާ ޚިލާފަށް އޯގާވެރި ހުށައެޅުމެކެވެ.
އޭގައިވާގޮތުން އެންމެ ފުރަތަމަ 40 ދުވަހަށް ހަނގުރާމަ ހުއްޓާ ލެވޭނެއެވެ. އެ މުއްދަތުގެ ތެރޭގައި އިސްރާއީލުގެ ޖަލުތަކުގައި ބަންދުކޮށްފައިވާ ފަލަސްތީނުގެ ގިނަ ބަޔަކު މިނިވަންކޮށް އަދި ޙަމާސްގެ ގައިދީންގެ ގޮތުގައިތިބި އަސީރުންތައް މިނިވަން ކުރެވޭނެއެވެ.
މިއަދު ދުނިޔޭގެ ފިއްތުންތަކާއި ލޯތައް އަމާޒުވެފައިވާ ގައްޒާގެ ޙާލަތާއި ދޭތެރޭ ޙަމާސް އިން ރަނަގަޅު ނިންމުމަކަށް އުންމީދު ކުރައްވާ ކަމަށްވެސް ކެމަރޫން ވިދާޅުވިއެވެ.
އިސްރާއީލުން ގައްޒާއަށް ދެމުންގެންދާ ޙަމަލާތައް ހުއްޓުވޭނެ ގޮތެއް ހޯދުމަށް އެމެރިކާއާއި ފްރާންސް އަދި މިސްރާއި ޖޯރޑްން އިން ކޮއްޕަމުން ގެންދާއިރުކެމަރޫންވެސް ގެންދަވަނީ އެކަން އަވަސް ކުރެވޭނެ ގޮތެއެް އޮތްތޯ ބަލަމުންނެވެ.
ބްލިންކަން ތަކްރާރުކޮށް ވިދާޅުވަމުން ގެންދަވަނީ އެމެރިކާއަކީ އިސްރާއީލަށް ހަތިޔާރު ފޯރުކޮށްދިނުމާއި ސިޔާސީގޮތުން އެނެމެ ބޮޑަށް ތާއީދުކުރަމުން ގެންދާ ގައުމު ކަމުގައިވިޔަސް އާންމު ރައްޔިތުންނަށް ފުރިހަމައަށް ޙިމާޔަތް ލިބި ދިނުމަށްފަހުގައި މެނުވީ ރަފާޙް އަށް ޙަމަލާދިނުމަށް އެމެރިކާއިން ރުހުން ނުދޭނެ ކަމަށެވެ. މިކަމާބެހޭގޮތުން ބްލިންކަން ވަނީ ވަލީ އަޙްދު މުޙައްމަދު ބިން ސަލްމާނާއި އެކުގައިވެސް މަޝްވަރާ ކޮށްފައެވެ.
ރަފާހްއަކީ ގައްޒާގެ އެންމެ ދެކުނުގައި އޮންނަ ސިޓީއެވެ. އިސްރާއީލުން ބުނަނީ ޙަމާސްގެ މުޖާހިދުން މިހާރު ފިލާތިބީ އެ ތަނުގައި ކަމަށެވެ. އަދި އެއްބަސްވުމެއް އޮތަސް ނެތަސް ރަފާޙްއަށް އެއްގަމު މަގުން ޙަމަލާ ދޭނެ ކަމަށެވެ. ޒައަނިސްޓް ލީޑަރ ނަތަންޔާހޫ ބުނަމުން ގެންދަނީ އިސްރާއީލުން ބޭނުންވާ އަމާޒަށް ވާސިލު ވުމުގެ ކުރިން ހަނގުރާމަ ނުހުއަޓާނެ ކަމަށާއި ނުވެސް ހުއްޓުވޭނެ ކަމަށެވެ.

މީގެ ކުރިން ޚަބަރުތަކުގައި ބުނެފައިވަނީ އިސްރާއީލން ރަފާޙް އަށް ޙަމަލާ ދޭނީ އިސްރާއީލުގެ ހުށައެޅުން ޙަމާސް އިން ގަބޫލު ނޮކޮށްފި ނަމައެވެ.
އެމެރިކާއިން ބާރު އަޅަމުންގެންދާ އެއްބަސްވުމާއި ދޭތެރޭ ޙަމާސްގެ ނިންމުން އަދި ހާމަ ކޮށްފައެއް ނުވެއެވެ. ހަމާސްގެ ޖަވާބު ލިއުމަކުން މިދިޔަ ބުދަ ދުވަހުލިބޭނެ ކަމަށް ބެލެވުނެވެ. ޙަމާސްގެ ސްޓޭންޑަކީ ފުރަތަމަ ހަނގުރާމަ ހުށްޓާލާށެވެ. އޭގެފަހުން އެހެންވާހަކަަތަކަށް ޖާގަހޯދާށެވެ.
އެމެރިކާއިން ތަންފީޒުކުރަން މަސައްކަތް ކުރަމުންގެންދާ އިސްރާއީލުގެ ހުށައެޅުމާއި ދޭތެރޭ މިދިޔަ ބުދަ ދުވަހު ޙަމާސްގެ ޖަވާބަކަށް އިންތިޒާރު ކުރެވުނު ނަމަވެސް އެ ޖަމާއަތުން އަދިވެސް ވަކި އިތުރު ޖަވާބެއް ނުދެއެވެ.
ޙަމާސްގެ ވަރަށް އިސް ބޭފުޅަކު ކަމުގައިވާ އަބޫ ޒުހުރީ ވިދާޅުވީ އެ ހުށައެޅުން އަދިވެސް ދިރާސާކުރަމުން ގެންދާ ކަމަށާއި ޙަމާސްގެ ފުރަތަމަ ޝަރުތަކީ ކުރިއްސުރެންވެސް ބުނަމުން އައި ފަދައިން ހަނގުރާމަ މުޅިން ހުއްޓާލުމަށްފަހު އިސްރާއީލުގެ ހުރިހާ ސިފައިން ގައްޒާއިން ފޭބުމެވެ.
ޙަގީގަތަށް ބުރަވެ ތިބެ ވާހަކަދައްކާނަމަ ފާޅުކަން ބޮޑުގޮތެއްގައި އެނގިގެންދަނީ ހަނގުރާމަ ހުއްޓުވިދާނެ ހުރިހާ މަގުތަކެއް ބަންދުކުރަމުން ގެންދަނީ ނަތަންޔާހޫ ކަމަށެވެ.
މަޝްވަރާ ތަކުގައި ބައިވެރިވާ އިސްރާއީލުގެ ވަފުދުންވެސް މި ޙަގީގަތް ގަބޫލުކުރެއެވެ. އެކަމަކު ބްލިންކަން އަކީ އަބަދުވެސް އިސްރާއީލުގެ ދިފާއުގައި މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅަކަށްވާތީ މިހާރުވެސް އުޅުއްވަނީ އޮޅުވާލުމެއްގެ ތެރޭގައި ޙަމާސްއިން އިސްރާއީލުގެ ހުށައެޅުން ގަބޫލު ކުރުވާށެވެ.
ބްލިންކަން އަކީ ހަގީގަތުގައި އިސްރާއީލުގެ ޚާރިޖީ ވަޒީރުކަން އަހަރެމެން ދަންނަންޖެހޭވަރަށް އޭނާ އިސްރާޢީލުގެ ފަރާތުން މިހަނގުރާމާގައި ވާހަކަ ދައްކައިފިއެވެ. އެ ބޭފުޅާގެ މަސައްކަތަކީ އިސްރާއީލުން ބެނުންވާ ގޮތް އެމެރިކާ ސަރުކާރާއި ހަމަޔަށް ގެންގޮސްދީ ޢަރަބިގައުމުތަށް އެމެރިކާ ބޭނުންގޮތަށް ލެއްބުމާއި ގަބޫލުކުރުވުމެވެ.
ސަޢޫދީ އެރޭބިޔާއާއި އިސްރާއީލުގެ ސިޔާސީ ގުޅުން ގާއިމް ކުރުމާއި ދޭތެރޭ ވަރަށް ގިނަ މަސައްކަތްތަކެއް އެމެރިކާއިން ސަޢޫދީއާއެކު ވަނީ ކޮށް ނިންމާފައެވެ. އެހެންނަމަވެސް 1967 ގައި އިސްރާއީލުން ހިފާފައިވާ ފަލަސްތީނުގެ ބިންތައް ހިމެނޭގޮތުގައި ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމު ވެގެން ދިއުމުގެ ކުރިން އިސްރާއީލާއެކު އެއްވެސް ގުޅުމެއް ނުބާއަވާނެ ކަމަށް ސައޫދީ ޚާރިޖީ ވަޒީރު ގެންދަވަނީ ކަށަވަރުކޮށް ދެއްވަމުންނެވެ.
ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެއްދޭނެ އެއްވެސްގޮތެއް ނޯންނާނެކަމަށް ނަތަންޔާހޫ ގެންދަނީ ވަރަށް ކެރިގެން ތަކުރާކޮށް ފާޅުގައި އިޢުލާން ކުރަމުންނެވެ. އެމެރިކާގެ ރައީސް ބައިޑަންވެސް މިވަނީ ނަތަންޔާހޫ ބޭނުންވާގޮތަށް އެމެރިކާގެ މިނިވަންކަންވެސް ބަށްޓަންކޮށް ފަލަސްތީނުގެ ޙިމާޔަތަށްގޮވާ އެއްވަމުންގެންދާ ޔުނިވާސިޓީތަކުގެ އެއްވުންތަކަށްވެސް ޙަމަލާދީ މައިތިރިކުރަން މަސައްކަތް ކޮށްފައެވެ.
4 Responses
ކީއްވެތަ އެމެރިކާގެ ޚާރިޖީވަޒީރު އިޒުރޭލާ ހެދި ބޮލުރޮދި ކެނޑިގެން އެ ތެޅެނީ؟ މިހާރު އެނގި ހާމަމިވި މިހަނގުރާމަޔަކީ އެމެރިކާގެ މެދުއިރުމަތީ ގައި އިޒްރޭލް ލައްވާ ހިންގާ ހަނގުރާމައެކެވެ. ދެރައީ ޢަރަބިންނަށް މިތެދު ގަބޫލު ނުކުރެވޭ ކަމެވެ.
ތިހެނެއްނޫ ފަލަސްތީނު ބޭނުން ވާގޮތައް ޖެހޭނީ އިޒުރޭލު އެއްބަސް ކުރުވަން ނޫނީ ޖެހޭނީ އިޒުރޭލު ނައްތާލައް
ހަނގުރާމަކުރުވައިގެންނާއި ހަތިޔާރު ވިއްކައިގެންނޫނީ އެމެރިކާގެ އިގްތިސާދު އިސާހިތަކު ވެއްޓިދާނެ. މިފަހަރު ވެގެން މިއުޅޭ ގޮތަކީ ނަހަލާލު ދަރިއަށް ހަތިޔާރު ދޭން ޖެހުނީމާ އަގެއް ނުލިބޭ. ހަތިޔާރު ކޮޅުވެސް އަދި ފައިސާކޮޅުވެސް އަތުން ދަނީ. އެހެންނަމަވެސް ތެދުބަހުން ވާހަކަދައްކައިގެން ހަނގުރާމަ ހުއްޓުވޭކަށްވެސް ނެތް. އެހެންވެގެން ގުރުބާންކުރާނެ ކަންބަޅިއެއް ހޯދަންވެގެން ޚާރިޖީ ވަޒީރު ދުވަނީ
ތި ކަންބަޅިއަކަށް ސަޢޫދީވެސް ވެދާނެއެވެ. އެސޮރުމެނަށް އަމިއްލަ ގައުމުވެސް ދިފާޢު ކުރެވޭން އަންނަނީ އިޒުރޭލުގެ ބައްޕަ އެމެރިކާ މެދުވެރިކޮށްގެނެވެ. މާތްﷲ ސަޢޫދީ އަރަބިޔާގެ ވެރީން ނާއި ޖޯޑްން އަދި އިމެރޭޓްސްގެ ވެރީން ޓެސްޓްކޮށްލެއްވީއެވެ. އުންމަތީ އުންމަތީ އޭ ކިޔައިގެން އޭގެ މިސާލަކީ ގުނަވަނެއްގާ ރިއްސަންޏާ މުޅި ހަށިގަނޑުގާ ރިއްސާ މިސާލޭގޮވަގޮވާ އުޅެނިކޮށް ޔަހޫދީ ޒައްނިސްޓުން ޖެހިގެން އޮތް ފަލަސްތީނުގައި 34 ހާސް މީހުން ކުޑަކުދީންނާއި އަންހެނުން އަނިޔާވެރިކޮށް މަރާލާއި 79 ހާސް މުސްލިމުން ބޮޑެތި އަނިޔާލިބިކ 1.5 މިލިޔަން މުސްލިމުްގެ ގެދޮރު ނައްތާލައި ގެދޮރުން ބޭރުކޮށްލުމުންވެސް އެތިބެނީ ދެލޯކަނު ބީރު ބަޔެއްގޮތުގައި އެތިބީއެވެ. އަދި އެމީހުން މުސާރަދީގެން ޚުތުބާކިޔާ ޝޭޚުންނަށް ފަލަސްތީނުގެ އަޚުންނާއި އުޚުތުންނަށް ހެޔޮ ދުޢާއެއް އަޑުހަރުކޮށް ކިޔުން މަނާކޮށްގެ އެތިބީ އެވެ. ހުރިނުލަފާ މުނާފިގުކަން ދެކެބަލާށެވެ. އުންމަތީ އުންމަތީ ކޮބާ ރަސޫލުލްﷲގެ އުންމަތް؟