ރައީސްގެ ޓޫރިޒަމް އެޑްވައިޒަރު އިސްތިއުފާދެއްވައިފި

Loading

August 26, 2026
profile
Facebook
Twitter
WhatsApp

 

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޓޫރިޒަމް އެޑްވައިޒަރުގެ މަގާމުން މުޙައްމަދު ޚަލީލް މިއަދު އިސްތިއުފާދެއްވައިފިއެވެ.

ޚަލީލު އިސްތިއުފާދެއްވާފައިވާކަން ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް (މުންދު) ވަނީ ކަށަވަރުކޮށްދެއްވާފައެވެ.

ޓޫރިޒަމްގެ ވިޔަފާރީގެ ހިއްސާ އޮންނަ ޚަލީލް އެ މަގާމުން އިސްތިއުފާދެއްވާފައިވާއިރު، ރިސޯޓާއި ގެސްޓް ހައުސްތަކުން ފައިސާއިން އާމްދަނީ ލިބޭ ފަރާތްތަކުން އާމްދަނީގެ 40 އިންސައްތަ ބޭންކުތަކަށް ކޮންމެ މަހަކު މާރުކުރަންޖެހޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން މިއަދު ވަނީ ފާސްކޮށްފައެވެ.

ޚަލީލް އިސްތިއުފާދެއްވި ސަބަބެއް ހާމަކުރައްވާފައި ނުވިނަމަވެސް، މަޢުލޫމާތު ލިބިފައިވާގޮތުގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ޑޮލަރު މާރުކުރަން ޖެހޭގޮތަށް ހެދި ގަވައިދަށް ޢަމަލުކުރަން ޚަލީލުގެ ކުންފުންޏަކުން ކުރިންވެސް ވަނީ ދެކޮޅުހަދާފައެވެ.

ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރި ބިލަށް ޢަމަލުކުރަން ފަށާނީ އަންނަ ސެޕްޓެމްބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް