ދުނިޔޭގެ އެކި ކަންކޮޅުތަކަށް ކުރަމުންދާ ދަތުރުތައް ކޮންޓްރޯލް ކުރުމަށް، ސަރުކާރު ތަކުން ޑިޖިޓަލް ޕާސްޕޯޓް ތައާރަފުކުރުމަށް މަޝްވަރާ ކޮށްފި.

17

މިފަހަކަށް އައިސް ކޮވިޑް 19 ގެ ޙާލަތާ ގުޅިގެން ގިނަ ޢަދަދެއްގެ ޤައުމުތަކަކުން ދަނީ އެކަމުގެ ނާޖާއިޒު ފައިދާ ނަގަމުންނެވެ.

މިފަދަ ނޭދެވޭ ކަންތައް ތަކުގެ ތެރޭގައި އިންސާނީ ޙައްޤުތަކަށް އަރައިގަތުން ހިމެނުނު ކަމުގައި ވިޔަސް، މީޑިއާ ތަކުން ރިޕޯޓް ކުރަމުންދަނީ އަދި އާންމުންނަށް އަންގައި ދެމުން ދަނީ މި ކަމަކީ ގެއްލުމަށް ވުރެ ބޮޑަށް ފައިދާހުރި ކަމެއް ކަމުގައެވެ.

ޑިޖިޓަލް ޕާސްޕޯޓް އުފައްދަން ނިންމާފައިވާ ޤައުމުތަކުން ފާހަގަ ކޮށްލެވޭ އެއް ޤައުމަކީ ޑެންމާކެވެ. މިގޮތުން ޑެންމާކް ގައި ނިންމައިފައިވާ ގޮތަކީ ހަމައެކަނި ކޮވިޑް 19 ވެކްސިން ޖަހާފައިވާ މީހުންނަށް ޑިޖިޓަލް ޕާސްޕޯޓް ދޫކޮށް ދަތުރު ކުރުމުގެ ހުއްދަ ދިނުމެވެ.

ޑެންމާކު ގެ ފައިނޭންސް މިނިސްޓަރު ވިދާޅުވެފައިވާ ގޮތުގައި މި އަހަރުގެ ތެރޭގައި ‘ޑިޖިޓަލް ކޮރޯނާ ޕާސްޕޯޓް’ ބޭނުންކުރަން ފަށާނެއެވެ. މިގޮތުން މިޕާސްޕޯޓަކީ ފޯނު އެޕްލިކޭޝަން އެއްގެ ގޮތުގައި ބޭނުންކުރާނެ ޕާސްޕޯޓަކަށްވުން އެކަށީގެންވެއެވެ. މިކަމުގެ ސަބަބުން އިޤްތިޞާދީ ގޮތުން ހީނަރު ކަމެއް އައިސްދާނެ ކަމަށް، އެހެން ޤައުމުތަކުގެ ސަރުކާރުތަކުން ވަނީ ޚިޔާލު ފާޅުކޮށްފައެވެ.

އެހެންނަމަވެސް، ޑެންމާކްގެ ސަރުކާރާއި އެހެން ޤައުމުތަކުގެ ސަރުކާރުތަކުގެ މެދުގައި ވާހަކަ ދެކެވެމުން ނުދާ އެއް ކަމަކީ ކޮވިޑް 19 ގެ ސަބަބުން ދިމާވެފައިވާ ކަންތައްތަކެވެ.

މިގޮތުން، ބައެއް ޤައުމުތަކުގައި ކޮވިޑް ޖެހޭ މީހުން ގެ އަދަދު ރަނގަޅަށް ރިޕޯޓް ނުކުރެވި، ޕޮޒިޓިވް ކޭސްތައް އިތުރުވެގެންދާއިރު ވެސް ގިނަ ކޭސްތައް ރިޕޯޓް ނުކުރެވި ފަރުވާކުޑަ ކޮށްފައި އެބަހުއްޓެވެ.

މީގެއިތުރުން، ޑެންމާކް ފަދަ ޤައުމެއްގައި ކުންފުންޏަކުން ވިޔަފާރީގެ މުޢާމަލާތެއްް ކުރަން ބޭނުން ކަމުގައިވާ ނަމަ ، ޑެންމާކް ސަރުކާރުން އެކަމަށް ބާރުއަޅާ، މާރކެޓް ކުރުމަށް އެހީވެދެއެވެ.

ވެކްސިން ދިނުމުގެ އެންމެ މުހިންމު އެއް ބޭނުމަކީ، ވަކިވަކި ފަރުދުންނަށް ވެކްސިން ރެކޯޑް ތަކަށް ޑިޖިޓަލް ކޮށް ބަލައިލެވުމުގެ ފުރުޞަތު ދިނުން ކަމަށް ޗީފް އެގްޒެކެޓިވް ޕޯލް މޭޔަރ ބުނެފައިވެއެވެ. މިގޮތުން، ކޮމަންޕާސް ނަމަކަށް ކިޔާ ޓޫލް އެއް ބޭނުން ކޮށްގެން މަސައްކަތް ކުރުމާއި ކިޔެވުމާއި އަދި މި ނޫންވެސް އެހެނިހެން ކަންކަން ކުރުމަށް ފަސޭހަވެގެންދާނެ އެވެ.

ހިޔާލު ދެއްވާ

މިތަނުގައި ހިޔާލު ލިޔުއްވާ
ނަން ލިޔުއްވާ