ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އެލަވަންސް ބޮޑުކުރީ ހެޔޮ ނިޔަތެއް އޮވެގެން ނޫން: އުޝާމް

Loading

Facebook
Twitter
WhatsApp

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދައުލަތުން ދޭ އެލަވަންސް ބޮޑުކުރީ ހެޔޮ ނިޔަތެއް އޮވެގެން ނޫން ކަމަށް ވިލިމާލޭ ދާއިރާގެ މެންބަރު އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދައުލަތުން ދޭ މިހާރު ދެމުން އަންނަ 2,000 ރުފިޔާގެ އެލަވަންސް ބޮޑުކޮށް އިތުރު އިނާޔަތްތަކެއް ދޭން ނިންމިކަން ހާމަކޮށް ސަރުކާރުން އިއްޔެ ވަނީ އެކަމާބެހޭ ތަފްސީލުތައް ހާމަކުރައްވައިފައެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދައުލަތުން ދޭ އެލަވަންސާ ގުޅޭ ގޮތުން މީގެ 4 އަހަރު ކުރިން ދަނގެތީ ދާއިރާގެ މެންބަރު މުޙައްމަދު ނާޒިމް އަދި އެމްއެންޕީގެ ރައީސް މުޙައްމަދު ނާޒިމް ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހެޅުއްވިއެވެ.

އެކަން ފާހަގަކުރައްވައި އުޝާމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދައުލަތުން ދޭ އެލަވަންސް ބޮޑުކުރުމަށް ސަރުކާރުގެ ހެޔޮ ނިޔަތެއް އޮތްނަމަ ނާޒިމް ހުށަހެޅުއްވި ބިލް އެމްޑީޕީގެ މެޖޯރިޓީ އޮތް މަޖިލީހުން ފާސްކުރީސް ކަމަށެވެ.

އަދި އެލަވަންސް ބޮޑުކުރުމަކީ ގާނޫނު އިސްލާހުކޮށްގެން ކުރަންޖެހޭ ކަމެއް ކަމަށް ވެސް އުޝާމް ވިދާޅުވިއެވެ.

ނަމަވެސް އެއާ ޚިލާފަށް ގާނޫނު އިސްލާހުނުކޮށް އެކަން ކުރުމުގެ ނަތީޖާއަކީ އިތުރުކުރި އެލަވަންސް ދިނުން ސަރުކާރުން ބޭނުންއިރަކު ހުއްޓާލުމުގެ ފުރުސަތު އޮތުން ކަމަށް އުޝާމް ވިދާޅުވިއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް