ހިޔާ ފްލެޓް: ކުލި ނަގާނީ ޑިސެމްބަރަށް ފަހު!

Loading

Facebook
Twitter
WhatsApp

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ހިޔާ ފްލެޓުގެ ​ތަކުގެ ފިނިޝިން މަސައްކަތް ނިންމުމަށްޓަކައި އިތުރު ތިން މަސް ދުވަސް ލިބޭނެ ކަމަށާއި ފްލެޓްތަކަށް ކުލި ދައްކަން ޖެހޭނީ ޑިސެމްބަރު މަހަށް ފަހުގައި ކަމަށް ނިންމައިފިއެވެ.

​ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ މައްސަލަ އަށް އިޝާރާތް ކުރައްވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ހިޔާ ފްލެޓުގެ ފިނިޝިން މަސައްކަތް ތިން މަސް ތެރޭގައި ނުނިންމޭނެ ކަމުގެ ޝަކުވާތައް އައުމުން އެކަމާ ގުޅޭ ގޮތުން އެޗްޑީސީއާ އެކު މަޝްވަރާ ކޮށްފައިވާ ކަމަށެވެ.

އެޗްޑީސީން މިހާރު ވަނީ ޑިސެމްބަރު މަހުގެ ނިޔަލަށް ކުލި ނުނަގަން ނިންމާފައި ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

ސަރުކާރުން ކުރިން ބުނެފައި އޮތީ ފްލެޓްތައް ހަވާލު ކުރުމަށް ފަހު ފިނިޝިން މަސައްކަތް ނިންމަން ތިން މަސް ދުވަހުގެ މުއްދަތެއް ކުލި ނުނަގާ ގޮތަށް ލިބޭނެ ކަމަށެވެ. އެގޮތުން ކުރިން އިއުލާން ކޮށްފައި އޮތް ތިން މަސް ދުވަހުގެ މުއްދަތު އޮގަސްޓް މަހުގެ 18 ވަނަ ދުވަހުން ފެށިގެން ގުނަން ފެށުމުން ތިން މަސް ދުވަސް ވާނީ ނޮވެމްބަރ މަހުގެ 18 ވަނަ ދުވަހަށެވެ.

ފަހުން ގެނައި ބަދަލާއި ގުޅިގެން ދައުލަތުގެ ބަޖެޓުން އިތުރަށް 500 މިލިއަން ރުފިޔާ އަށްވުރެ ބޮޑު އަދަދެއް ހަރަދު ކުރަން ޖެހޭ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ. އަދި މިހާރު ހިޔާ ފްލެޓްތައް ކުއްޔަށް ދިނުމަށް ހަމަޖައްސާފައި އޮތް ރޭޓްގައި ފްލެޓްތައް ދިނުމުން ދައުލަތުގެ ބަޖެޓުން ތިން ބިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކުރަންޖެހޭ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މިހާރު ސާވިސް ފީއާ އެކު މަހު ކުލީގެ ގޮތުގައި ހިޔާ ފްލެޓަށް ދައްކަން ޖެހޭނީ 8،500ރ. އެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް