ކާމިޔާބު އޮޕްރޭޝަނަކަށް ފަހު އަމީތާބު އަލުން ފިލްމީ މަސައްކަތަށް އެނބުރި އަންނަނީ

އިޝްތިހާރުތަކާއި ފިލްމުތަކުން ފެންނައިރު އަމީތާބު ބައްޗަން އަދިވެސް ފެންނަނީ ވަރަށް ރީތި، ހިތްގައިމު ގޮތަކަށެވެ. އެކަމަކު މިހާރު ޓީވީތަކުންނާއި ފިލްމުތަކުން ފެންނަ އަމީތާބަކީ 70ގެ އަހަރުތަކުގައި އަދި 80 ގެ އަހަރުތަކުގައި ފެނުނު ޒުވާން އަމީތާބެއްނޫނެވެ. އުމުރުން 78 އަހަރު ވެފައިވާ އަމީތާބެވެ. އުމުރުން ދުވަސް ވުމާއި ބުރަ މަސައްކަތުގައި އަބަދު އުޅެންޖެހުމުގެ ސަބަބުން ފަހަކަށް އައިސް އަމީތާބަށް ސިއްހީ މައްސަލަތަކާއި ކުރިމަތިލާން ޖެހިފައިވެއެވެ. ފެބުއަރީ މަހުގެ 28 ވަނަ ދުވަހު އަމީތާބު ބަލިވެ އުޅޭ ވާހަކަ […]
ހަރުދަނާ މުޖްތަމަޢަކަށް ހަރުދަނާ ޢާއިލާއެއް

ޢާއިލައަކީ މުޖްތަމަޢެއްގެ އެންމެ ފުރަތަމަ ބިންގާއެވެ. މިބިންގާގެ އަސާސް ވަރުގަދަވެ ހަރުދަނާވެގެން މެނުވީ ޞާލިޙު ދުޅަހެޔޮ މުޖްތަމަޢެއް ބިނައެ ނުކުރެވޭނެއެވެ. އެހެނީ ޢާއިލާއެއް ބިނާވެގެންވަނީ އަންހެނަކާއި އަދި ފިރިހެނެއްގެ މައްޗަށެވެ. އަދި އެދެމީހުންނަކީ ހަރުދަނާ ބަޔަކަށް ވެގެންމެނުވީ ހަރުދަނާ ދަރިންތަކެއް ބިނެއް ނުކުރެވޭނެއެވެ.ހަރަދަނާ ދަރިންތަކެއްގެ ފުށުން ނޫނީ ހަރުޖަނާ މުޖްތަމަޢެއް އުފަންނުވާނެއެވެ. މިހެންވެ އިސްލާމްދީން ކައިވެނީ ގުޅުމުން ދެމީހަކު ގުޅުމުގެ ކުރިން އެދެމީހުންނަކީ ދީނީގޮތުންނާއި އަދި އަޚްލާޤީގޮތުން،މާލީގޮތުންނާއި، އަބުރުވެރި ވަފާތެރި، ބަޔަކަށް ވުމަށް ބާރު އަޅުއްވާފައިވެއެވެ. قال […]
އުރިދޫ ހިއްސާއަކަށް 2.35ރ ބަހަން ނިންމައިފި

އުރީދޫ މޯލްޑިވްސް އަށް މިދިޔަ އަހަރުގެ ލިބުނު ފައިދާ އިން ހިއްސާ އަކަށް 2.34ރ. ބަހަން ފާސްކޮށްފި އެވެ. ރާއްޖޭގައި ފުޅާދާއިރާއެއްގައި ފޯންގެ އަދި އިންޓަނެޓްގެ ހިދުމަތް ފޯރުކޮށްދެމުން އަންނަ އުރީދޫ މޯލްޑިވްސް އިން މިދިޔަ އަހަރުގެ ހިއްސާބަހަން ނިންމީ ރޭ ބޭއްވި އެކުންފުނީގެ އަހަރީ އާންމު ޖަލްސާގައެވެ. މޯލްޑިވްސް ސެކިއުރިޓީ ޑިޕޮސިޓަރީ (އެމްއެސްޑީ) ގެ ”ފަހިވޯޓް“ އެޕްލިކޭޝަން މެދުވެރިކޮށް އޮންލައިންކޮށ ބޭއްވި މި ޖަލްސާ އަށް ޕްރޮކްސާއާއެކު 44 ހިއްސާދާރުން ހާޒިރުވެފައިވެ އެވެ. […]
ދަރިވަރެއްގެ ނަސޭހަތް- އަމިއްލަ ނަފްސަށް އޯގާތެރިވާށެވެ.

ކޮންމެ ކުއްޖަކީވެސް މަދަރުސީ ޙަޔާތުގައި ފޮނި އުއްމީދުތަކެއް ކުރާ ކުއްޖެކެވެ. ޅަފަތުގެ ދައުރު މަދަރުސީ ހިޔަލުގެ ދަށުގައި ހޭދަކޮށް ނިންމާލާއިރު، ކޮންމެ ކުއްޖަކުވެސް މުޖުތަމަޢަށް ނިކުންނަނީ އުއްމީދީ ހުވަފެންތަކަކާއި އެކުގައެވެ. މިއުއްމީދުތައް ހާސިލްކުރުމަށް، މަދަރުސާގައި ހޭދަކުރާ 10 ނުވަތަ 12 އަހަރު ނިންމާ، ކުއްޖާ ހޯދާ ނަތީޖާ ކަރުދާހަކީ ކުއްޖާގެ މުޅި ޙަޔާތަށް އޭގެ ބާރު ފޯރުވާ، ވަރުގަދަ ކަރުދާސް ކޮޅެކެވެ. މި ނަތީޖާއަކީ ރަނގަޅު، ހިތްހަމަޖެހޭ ނަތީޖާއަކަށް ހެދުމަށް ދަރިވަރުން ރެޔާއި ދުވާލު ކެނޑިނޭޅި މަސައްކަތްކުރަމުން […]
ޕާސްޕޯޓުގައި ވެކްސިން ޖެހިކަމުގެ ނިޝާން ހިމަނަން އީ.ޔޫން ނިންމަނީ

ހޫނު މޫސުން ފެށެންވާއިރަށް ދަތުރުފަތުރު ކުރަން ބޭނުންވާ ފަރާތްތަކަށް އެކަން ކުރެވޭނެ މަގު ތަނަވަސްކޮށްދިނުމުގެ ގޮތުން ވެކްސިން ޖެހިކަމުގެ ނިޝާން ޕާސްޕޯޓުގައި ހިމަނާނެ ކަމަށް ޔޫރަޕިއަން ކޮމިޝަނުން އިއުލާނުކޮށްފިއެވެ. ކޮމިޝަނުގެ ރައީސް އުރްސުލާ ވޮން ޑާރލަޔާން މިކަމާބެހޭގޮތުން ވަނީ އެގައުމުގެ މަޖިލީހުގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވާފައެވެ. އަދި މިކަމާ ބެހޭގޮތުން މީސްމީޑިއާގައި ޓްވީޓެއްވެސް ވަނީ ކުރައްވާފައެވެ. ”ޑިޖިޓަލް ގްރީން ޕާސް“ ގެ ނަމުގައި ޕާސްޕޯޓަށް މި މާއްދާ އިތުރު ކުރަން ނިންމާކަމަށް އުރުސުލާ ވިދާޅުވިއެވެ. މިބައިގެ ދަށުގައި […]
ފްރާންސްގެ ކުރީގެ ރައީސް ސަރުކޯޒީގެ މައްޗަށް ކޮރަޕްޝަންގެ ކުށް ސާބިތުވެ ތިން އަހަރުގެ ޖަލުހުކުމެއް

ފްރާސްގެ ރައީސްކަން ކުރީން ކުރައްވާފައިވާ ނިކޮލަސް ސަރުކޯޒީގެ މައްޗަށް ކޮރަޕްޝަންގެ މައްސަލައެއްގައި ތިން އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވައިފިއެވެ. މިހުކުމް އިއްވާފައި ވަނީ ވެރިރަށް ޕެރިހުގެ ކޯޓަކުންނެވެ. ރައީސްކަމުގެ ދައުރުގައި ފަނޑިޔާރެއްގެ ނިންމުމަށް ބާރުފޯރުވަން މަސައްކަތް ކުރެއްވިކަމުގެ ކުށް ވަނީ ސަރުކޯޒީގެ މައްޗަށް ސާބިތުވެފައެވެ. މިކަމާގުޅިގެން ތަންފީޒުކުރެވޭ ޖަލުހުކުމްގެ ދަށުން ދެއަހަރު ސަސްޕެންޝަންގައި އޭނާ ހޭދަކުރައްވަންޖެހެއެވެ. އެހެންކަމުން ޖަލުގައި އޭނާ ހޭދަކުރަން ޖެހޭނީ ވަރަށް މަދު ދުވަސްކޮޅެކެވެ. ސަރުކޯޒީގެ ވަކީލު ވިދާޅުވީ ހުކުމް އިސްތިއުނާފު ކުރައްވާނެ […]
ރާއްޖެ އިން އިތުރު 6,550 މީހަކަށް ވެކްސިން ދީފި!

ކޮވިޑް19 އިން ރައްކާތެރި ވުމަށްޓަކައި ޖަހާ ވެކްސިން މިއަދު 6,550 މީހަކަށް ދީފިއެވެ. ރާއްޖޭގައި މިހާރު ދެމުންދާ ވެކްސިން އަކީ އިންޑިޔާގެ ހިލޭ އެހީގެ ދަށުން ރާއްޖެ އަށް ލިބިފައިވާ ކޮވިޝީލްޑް ވެކްސިނެވެ. މިއަދު ވެކްސިން ދިން މީހުންގެ ތެރެއިން 2,105 މީހުންނަށް ވެކްސިން ދީފައިވަނީ މާލެ ސަރަހައްދުގައި ވެކްސިން ދޭން ހަމަޖެހިފައިވާ ތަންތަނުންނެވެ. އަދި އަނެއް 4,445 މީހުންނަށް ވެކްސިން ދީފައިވަނީ އަތޮޅު ތަކުގައި ގާއިމް ކޮށްފައިވާ ވެކްސިން ދޭ މަރުކަޒު ތަކުންނެވެ. މާލެ ސަރަހަށްދުން […]
ކޮވިޑް 19: ހާލަތު ދަނީ ސީރިއަސް ވަމުން!

ރާއްޖެއިން ކޯވިޑް19 އަށް އިތުރު 165 މީހަކު ފައްސިވެއްޖެއެވެ. މިއަދު ފެނުނު ކޭސްތަކުގެ ތެރެއިން 13 މީހަކު ފައްސިވެފައިވަނީ މީހުން ދިރިއުޅޭ ރަށަކުންނެވެ. އަދި ރިސޯޓްތަކުން 19 މީހަކާއި ސިނާޢީ މަސައްކަތް ކުރާ ރަށަކުން މީހަކު ވަނީ ފައްސިވެފައެވެ. އަނެއް 132 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ. މިއަދުގެ ރެކޯޑްތަކާއި އެކު ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 20,144 އަށް އަރައިފައެވެ. އޭގެ ތެރޭގައި، 2,605 އެކްޓިވް ކޭސް ހިމެނޭއިރު، 186 ފަރާތަކަށް ދަނީ އެޑްމިޓް […]
ބާރަށުން އިތުރު ހަތަރު މީހަަކު ފައްސިވެއްޖެ!

ހއ. ބާރަށުން އިތުރު ހަތަރު މީހަަކު ކޮވިޑް-19 އަށް ފައްސިވެއްޖެ އެވެ. އެރަށުން މިއަދު ފައްސިވެފައި ވަނީ ކަރަންޓީންގައި ހުއްޓާ އެރަށުން ފައްސިވި ނުވަ މީހަކާއި ގާތުން އެއްތާވި ހަތަރު މީހެކެވެ. ޑައިރެކްޓް ކޮންޓެކްޓުން ގެ ގޮތުގައި ފާހަގަވި 4 މީހުން ފައްސި ވެފައިވާއިރު އެ ފަރާތްތަކާ ގިނަ ބަޔަކު ވަނީ ބައްދަލުވެފައެވެ. މިކަމާ ގުޅިގެން އެރަށުގައި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ބާރު ސްޕީޑެއްގައި ދަނީ ކުރިއަށް ގެންދަމުންނެވެ. ބާރަށުން ފަހުން މި ފައްސިވި 4 މީހުންންކީވެސް […]
ދަރިވަރަކަށް މަރުގެ ތުހުމަތު ކުރުމުން އޭއޭއޭ ދަރިވަރުންގެ ޔޫނިއަން އިން ކަންބޮޑުވުން ފާޅުކޮށްފި!

އައްޑޫގައި ހިންގާ ފްލައިން ސްކޫލް، އޭޝިއަން އެކެޑަމި އޮފް އެރޮނޮޓިކްސް (އޭއޭއޭ) ގެ ދަރިވަރަކަށް ދަރިވަރަކަށް، އެ ސްކޫލުން މީހަކު ގަސްތުގައި މީހަކު މެރުމުގެ ތުހުމަތު އަޅުވާ ފޮނުވި އީ-މެއިލްއެއްގެ ސަބަބުން އެކަމާ އޭއޭއޭ ދަރިވަރުންގެ ޔޫނިއަން އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ. ފްލައިން ސްކޫލުގެ ދަރިވަރަކަށް އެ ސްކޫލުން މިދިޔަ ހޮނިހިރު ދުވަހު ފޮނުވި އީމެއިލްއެއްގައި ވަނީ އެއީ ގަސްތުގައި މީހަކު މަރާލާފައިވާ ދަރިވަރެއް ކަމަށް ބުނެފަ އެވެ. އެ އީމެއިލްގެ ކޮޕީ ޓްރާންސްޕޯޓު މިނިސްޓްރީ […]