ޕާސްޕޯޓުގައި ވެކްސިން ޖެހިކަމުގެ ނިޝާން ހިމަނަން އީ.ޔޫން ނިންމަނީ

Loading

Facebook
Twitter
WhatsApp

ހޫނު މޫސުން ފެށެންވާއިރަށް ދަތުރުފަތުރު ކުރަން ބޭނުންވާ ފަރާތްތަކަށް އެކަން ކުރެވޭނެ މަގު ތަނަވަސްކޮށްދިނުމުގެ ގޮތުން ވެކްސިން ޖެހިކަމުގެ ނިޝާން ޕާސްޕޯޓުގައި ހިމަނާނެ ކަމަށް ޔޫރަޕިއަން ކޮމިޝަނުން އިއުލާނުކޮށްފިއެވެ.

ކޮމިޝަނުގެ ރައީސް އުރްސުލާ ވޮން ޑާރލަޔާން މިކަމާބެހޭގޮތުން ވަނީ އެގައުމުގެ މަޖިލީހުގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވާފައެވެ. އަދި މިކަމާ ބެހޭގޮތުން މީސްމީޑިއާގައި ޓްވީޓެއްވެސް ވަނީ ކުރައްވާފައެވެ.

”ޑިޖިޓަލް ގްރީން ޕާސް“ ގެ ނަމުގައި ޕާސްޕޯޓަށް މި މާއްދާ އިތުރު ކުރަން ނިންމާކަމަށް އުރުސުލާ ވިދާޅުވިއެވެ. މިބައިގެ ދަށުގައި ކޮވިޑް ވެކްސިންގެ ނަތީޖާތަކާއި ވެކްސިން ޖެހިކަމުގެ ފާހަގަ އަދި ކޮވިޑް ޖެހިފައި ރަނގަޅުވެފައިވާ މީހެއް ނަމަ އެކަމާ ބެހޭ މައުލޫމާތުވެސް ހިމަނަން ގަސްތުކުރާކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ނަމަވެސް ޕާސްޕޯޓުގައި މިމައުލޫމާތު ހިމެނުމަކީ ބުއްދިވެރި ގޮތެއް ނޫންކަމުގައި މިކަމާ ދެކޮޅު ފަރާތްތަކުން ދަނީ ބުނަމުންނެވެ. އެއީ މިކަމުގެ ސަބަބުން ވެކްސިން ނުޖެހޭ މީހުންނަށް އެހެން ގައުމުތަކަށް ދަތުރުކުރުމުގައި ގިނަ ދަތިތަކާ ކުރިމަތިލާން ޖެހޭނެތީއެވެ. އެހެންވެ ބައެއްފަރާތްތަކުން ދަނީ އެކަމާ ވަރަށް ބޮޑަށް ނުރުހުން ފާޅުކުރަމުންނެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް