ކޮވިޑް 19: ހާލަތު ދަނީ ސީރިއަސް ވަމުން!

Loading

Facebook
Twitter
WhatsApp

ރާއްޖެއިން ކޯވިޑް19 އަށް އިތުރު 165 މީހަކު ފައްސިވެއްޖެއެވެ. މިއަދު ފެނުނު ކޭސްތަކުގެ ތެރެއިން 13 މީހަކު ފައްސިވެފައިވަނީ މީހުން ދިރިއުޅޭ ރަށަކުންނެވެ. އަދި ރިސޯޓްތަކުން 19 މީހަކާއި ސިނާޢީ މަސައްކަތް ކުރާ ރަށަކުން މީހަކު ވަނީ ފައްސިވެފައެވެ. އަނެއް 132 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ.

މިއަދުގެ ރެކޯޑްތަކާއި އެކު ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 20,144 އަށް އަރައިފައެވެ. އޭގެ ތެރޭގައި، 2,605 އެކްޓިވް ކޭސް ހިމެނޭއިރު، 186 ފަރާތަކަށް ދަނީ އެޑްމިޓް ކޮށްގެން ފަރުވާ ދެމުންނެވެ.

މިހާތަނަށް ރާއްޖެ އިން 62 މީހަކުވަނީ މި ބަލީގައި މަރުވެފައެވެ. އަދި 17,470 މީހަކު ވަނީ މިބަލިން ރަނގަޅުވެފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް