ދަރިވަރަކަށް މަރުގެ ތުހުމަތު ކުރުމުން އޭއޭއޭ ދަރިވަރުންގެ ޔޫނިއަން އިން ކަންބޮޑުވުން ފާޅުކޮށްފި!

Loading

Facebook
Twitter
WhatsApp

އައްޑޫގައި ހިންގާ ފްލައިން ސްކޫލް، އޭޝިއަން އެކެޑަމި އޮފް އެރޮނޮޓިކްސް (އޭއޭއޭ) ގެ ދަރިވަރަކަށް ދަރިވަރަކަށް، އެ ސްކޫލުން މީހަކު ގަސްތުގައި މީހަކު މެރުމުގެ ތުހުމަތު އަޅުވާ ފޮނުވި އީ-މެއިލްއެއްގެ ސަބަބުން އެކަމާ އޭއޭއޭ ދަރިވަރުންގެ ޔޫނިއަން އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ފްލައިން ސްކޫލުގެ ދަރިވަރަކަށް އެ ސްކޫލުން މިދިޔަ ހޮނިހިރު ދުވަހު ފޮނުވި އީމެއިލްއެއްގައި ވަނީ އެއީ ގަސްތުގައި މީހަކު މަރާލާފައިވާ ދަރިވަރެއް ކަމަށް ބުނެފަ އެވެ. އެ އީމެއިލްގެ ކޮޕީ ޓްރާންސްޕޯޓު މިނިސްޓްރީ އާއި ހަޔާ އެޑިއުކޭޝަން މިނިސްޓްރީއަށްވެސް އެ ސްކޫލުން ފޮނުވާފައިވެ އެވެ.

ދަރިވަރުންގެ ޔޫނިއަންއިން ބުނީ އެ ތުހުމަތަކީ އެއްވެސް އަސާސެއް އަދި ހަގީގަތެއްވެސް އެކުލެވިގެންވާ ތުހުމަތެއް ނޫން ކަމަށާ މި އަމަލަކީ އެ ޔޫނިއަންއިން ދަރިވަރުންގެ ހައްގުގައި ކުރަމުންދާ އަންނަ މަސައްކަތުގައި އެ ދަރިވަރު ބައިވެރިވަމުން އަންނާތީ ސަރުކާރުގެ މުއައްސަސާތަކާއި އެހެނިހެން ފަރާތްތަކުގެ ކުރިމަތީ އެ ދަރިވަރުގެ ނަން ކިނލަބުކޮށް އެ ދަރިވަރުގެ ކެރިއަރު ދުއްވާލުމަށް ދިން ޒާތީ ހަމަލާއެއް ކަމަށެވެ.

އެ އަމަލީ އެ ޔުނިއަންގެ ހުރިހާ ދަރިވަރުންނަށް ދިން ހަމަލާއެއް ކަމަށް ބުނެ، އެ އަމަލު ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށް ބުނެފައިވެ އެވެ.

ދަރިވަރުންނަށް އެފަދަ ގޯނާ ތަކުރާރުކޮށް ކުރަމުން އަންނާތީ ކަންބޮޑުވާ ކަމަށްވެސް ބުނެފައިވެ އެވެ. ނަމަވެސް، އެ ޔޫނިއަން އިން ދަރިވަރުންގެ ހައްގު ހޯދުމަށް ކުރަމުން އަންނަ މަސައްކަތްތައް އެކަމުގެ ސަބަބުން މަޑުޖެހިގެން ނުދާނެ ކަމަށްވެސް ބުނެފައިވެ އެވެެ.

”މިކަމާ ގުޅިގެން މި ޔޫނިއަން އިން ކުރަމުން އަންނަ މަސައްކަތްތައް އިތުރަށް ފުޅާކޮށް ދަރިވަރުންގެ ހައްގު ހޯދުމަށް ކުރަމުން އަންނަ މަސައްކަތުގައި ދެމި ތިބޭނަމެވެ. އޭއޭއޭގެ މި ގޯނާގެ އަމަލު ތަހުގީގުކޮށް އަޅަންޖެހޭ ފިޔަވަޅު އެޅުމަށް ސަރުކާރުގެެ ކަމާ ގުޅުންހުރި އިދާރާތަކަށް މި ޔޫނިއަން އިން ގޮވާލަމެވެ،“ ބަޔާނުގައި ބުންޏެވެ.

​ދަރިވަރުންގެ ޔޫނިއަން އިން ވަނީ މި މައްސަލަ ބަލާ ފިޔަވަޅު އެޅުމަށް ގޮވާލާފައެވެ.

Loading

One Response

  1. ކޮން ޚިޔާލެއް? ތިހެން ކިޔާފަ ގިނަފަހަރު ނުޖަހައޭ.
    *ތިޔަ ސުކޫލު ދިވެހި ސަރުކާރުގެ މައްޗަށް ބަސް ބުނެވޭ ފެންވަރުގަ އޮތީ.ދަށުވެފަ. އެމީހުންނަށް ވީގެއްލުމޭ ކިޔާފަ ލާރިގަނޑެއް ދޭން ތިޔަ އުޅެނީ.ސަރުކާރުގެ ހަތަރު ވަޒީރަކާ ނައިބު ރައީސާ ތިކަމާ މަސައްކަތް ކޮށްފި.ނުވި.އަޖާއިބެއްނުވޭތަ. އިބޫ.އަންނި.ޖުހާ އަށް ބައި އެޅޭތީ.މިވަރުގެ ކަމެއް އަދި ނުދެކެން.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް