ކާމިޔާބު އޮޕްރޭޝަނަކަށް ފަހު އަމީތާބު އަލުން ފިލްމީ މަސައްކަތަށް އެނބުރި އަންނަނީ

Loading

Facebook
Twitter
WhatsApp

އިޝްތިހާރުތަކާއި ފިލްމުތަކުން ފެންނައިރު އަމީތާބު ބައްޗަން އަދިވެސް ފެންނަނީ ވަރަށް ރީތި، ހިތްގައިމު ގޮތަކަށެވެ. އެކަމަކު މިހާރު ޓީވީތަކުންނާއި ފިލްމުތަކުން ފެންނަ އަމީތާބަކީ 70ގެ އަހަރުތަކުގައި އަދި 80 ގެ އަހަރުތަކުގައި ފެނުނު ޒުވާން އަމީތާބެއްނޫނެވެ. އުމުރުން 78 އަހަރު ވެފައިވާ އަމީތާބެވެ.

އުމުރުން ދުވަސް ވުމާއި ބުރަ މަސައްކަތުގައި އަބަދު އުޅެންޖެހުމުގެ ސަބަބުން ފަހަކަށް އައިސް އަމީތާބަށް ސިއްހީ މައްސަލަތަކާއި ކުރިމަތިލާން ޖެހިފައިވެއެވެ.

ފެބުއަރީ މަހުގެ 28 ވަނަ ދުވަހު އަމީތާބު ބަލިވެ އުޅޭ ވާހަކަ އޭނާއަށް ތަރުހީބުދޭ އެތައް މިލިއަން ބަޔަކަށް އޭނާ އެންގިއެވެ. އެއީ އެތައް މިލިއަން ބަޔަކު ވަރަށް ކަންބޮޑުވި ޚަބބަރަކަށްވިއެވެ.

މާޗު މަހުގެ ފުރަތަމަ ދުވަހު އަމީތާބު ވަނީ އޭނާގެ ލޮލުގެ ކާމިޔާބު އޮޕްރޭޝަނެއް ކޮށްފައިވާކަމަށާއި އޭނާގެ ހާލަތު ރަނގަޅުކަމަށާއި ފިލްމީ މަސައްކަތަށް އެނބުރި އައުމަށް އަޒުމުކަނޑައަޅާފައިވާކަމަށް ބުނެފައެވެ.

ފިލްމީ މަސައްކަތަށް އެނބުރި އައުމުގެ އަޒުމުގައި ހުރިކަމަށްވިޔަސް އަމީތާބު ފިލްމީ މަސައްކަތް އަލުން ފަށާނެ ދުވަހެއް އަދި ނޭނގެއެވެ.

އަމީތާބު ބުނިގޮތުގައި އޭނާގެ ލޮލުގެ އޮޕްރޭޝަނެއް ކުރަން ޖެހުނީ އެއްޗަކަށް ބަލާލުމުން އެ އެތި އޭނާއަށް ތިން ގޮތަށް ފެންނާތީއެވެ.

އުމުރުން ދުވަސްވެ މުސްކުޅިވުމުން ލޮލުގެ އޮޕްރޭޝަން ކުރުމަކީ ނުރައްކާތެރިކަމެއްކަމަށް އަމީތާބު ގަބޫލުކުރެއެވެ. އުމުރުން ދުވަސްވުމުން ހަށިގަނޑުގެ ދިފާއީ ބާރު ދަށްވެ ފާރުހިކުން ލަސްވެއެވެ. ނަމަވެސް އެ ނާޒުކު އޮޕްރޭޝަންކުރިފަހުން އޭނާގެ ހާލު ދަނީ ރަނގަޅުވަމުންނެވެ.

މިދިޔަ އަހަރު ޖުލައި މަހުގެ ތެރޭގައި އަމީތާބަށް ކޮރޯނާ ވައިރަސް ޖެހިގެން އޭނާ ގާތްގަނޑަކަށް ހަ ހަފުތާ ވާނދެން ހޮސްޕިޓަލުގައި އެނދުމަތިކޮށްފައި ބޭއްވިއެވެ. އަދި އޭގެ ކުރިން 2019ގައި ވެސް އަމީތާބު ބަލިވެގެން ހޮޕިޓަލުގައި ހަތަރު ދުވަސް ވާނދެން އެނދު މަތިކުރެވުނެވެ.

އަމީތާބަކީ މީސް މީޑިއާގައި ބަރާބަރަށް ހަރަކާތްތެރިވަމުންދާ މީހަކަށްވުމުން އަމީތާބު އޭނާއާ ބެހޭ މައުލުމާތުތައް މީސްމީޑިއާގައި ހާމަކުރަމުންދެއެވެ.

އަމީތާބަކީ ހިންދީ ފިލްމީ ދުނިޔޭގައި އުފެދުނު އެންމެ ކާމިޔާބު އެންމެ މޮޅު އެއް އެކްޓަރެވެ.

 

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް