ރެހެންދި އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
ތަފާތު އެކި ދާއިރާތަކުން މުޖުތަމައުއަށް އަގުހުރި ހިދުމަތްތަކެއް ކުރަމުން އަންނަ އަންހެނުންނަށް ދެމުން އަންނަ ރެހެންދި އެވޯޑަށް ކުރިލުމުގެ ފުރުސަތު އަނެއްކާ ވެސް ހުޅުވާލައިފި އެވެ. ޖެންޑާ މިނިސްޓްރީން ބުނީ މިއަހަރުގެ ރެހެންދި އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު އަނެއްކާވެސް ހުޅުވާލައިފައިވަނީ ވީހާވެސް ގިނަ ބަޔަކަށް މި އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ދިނުމަށް ކަމަށެވެ. އެ މިނިސްޓްރީން ބުނީ އިއްޔެއިން ފެށިގެން އަންނަމަހުގެ ނުވަ ވަނަ ދުވަހާ ހަމައަށް މި އެވޯޑަށް އެދި ނަން ހުށަހެޅުމުގެ […]
ދިވެހި ލީގުގެ ޓީމްތަކަށް އުފާވެރި ޚަބަރެއް
ދިވެހި ޕްރިމިއަރ ލީގުގެ ކުޅުން އަލުން ފެށުމަށްޓަކާ މުބާރާތުގެ ހުރިހާ ކުޅުންތެރިންނާއި، އޮފިޝަލުން އަދި ޓެކްނިކަލް ސްޓާފުންނަށް ވެކްސިން ދިނުމަށް ނިންމައިފިއެވެ. މިކަން ވަނީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސް، ބައްސާމް އަދީލް ޖަލީލް ކުރެއްވި ޓްވީޓެއްގައި ހާމަ ކުރައްވައިފައެވެ. ބައްސާމް ކުރެއްވި ޓްވީޓުގައި ބުނެފައިވާގޮތުން ލީގުގެ ބައިވެރިންނަށް ވެކްސިން ދިނުމުގެ ކަންކަން އިއްޔެއިން ފެށިގެން ކުރިޔަށް ގެންދިޔުމަށް ވަނީ ނިންމައިފައެެވެ. ބައްސާމްގެ ޓްވީޓުގައި ވަނީ ހެލްތް މިނިސްޓަރ އަހްމަދު ނަސީމަށާއި މިނިސްޓަރ އޮފް […]
ރާއްޖެ އިން އިތުރު 5,204 މީހަކަށް ވެކްސިން ދީފި!
ކޮވިޑް19 އިން ރައްކާތެރި ވުމަށްޓަކައި ޖަހާ ވެކްސިން އިއްޔެ 5,204 މީހަކަށް ދީފިއެވެ. ރާއްޖޭގައި މިހާރު ދެމުންދާ ވެކްސިން އަކީ އިންޑިޔާގެ ހިލޭ އެހީގެ ދަށުން ރާއްޖެ އަށް ލިބިފައިވާ ކޮވިޝީލްޑް ވެކްސިނެވެ. އިއްޔެ ވެކްސިން ދިން މީހުންގެ ތެރެއިން 3,967 މީހުންނަށް ވެކްސިން ދީފައިވަނީ މާލެ ސަރަހައްދުގައި ވެކްސިން ދޭން ހަމަޖެހިފައިވާ ތަންތަނުންނެވެ. އަދި އަނެއް 1,237 މީހުންނަށް ވެކްސިން ދީފައިވަނީ އަތޮޅު ތަކުގައި ގާއިމް ކޮށްފައިވާ ވެކްސިން ދޭ މަރުކަޒު ތަކުންނެވެ. މާލެ ސަރަހަށްދުން […]
ކޯވިޑް19: އިއްޔަ ފެނުނީ އިތުރު 125 ވޭދަނަ!
ރާއްޖެއިން ކޯވިޑް19 އަށް އިތުރު 125 މީހަކު ފައްސިވެއްޖެއެވެ. އިއްޔެ ފެނުނު ކޭސްތަކުގެ ތެރެއިން 14 މީހަކު ފައްސިވެފައިވަނީ މީހުން ދިރިއުޅޭ ރަށަކުންނެވެ. އަދި ރިސޯޓްތަކުން 6 މީހަކާއި އިންޑަސްޓްރިއަލް ވިލެޖް އަކުން މީހަކު ވަނީ ފައްސިވެފައެވެ. އަނެއް 104 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ. އިއްޔެގެ ރެކޯޑްތަކާއި އެކު ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 17,953 އަށް ވަނީ އަރައިފައެވެ. އޭގެ ތެރޭގައި، 2,328 އެކްޓިވް ކޭސް ހިމެނޭއިރު، 190 ފަރާތަކަށް ދަނީ އެޑްމިޓް […]
އެމްޑީއެއް ނޫނީ ޑީއެމްޑީއެއްގެ މައްސަލަ އޭނާގެ ދަށުން މަސައްކަތްކުރާ ބަޔަކު އިންސާފުވެރިކަމާއެކު ބަލާނެބާ: ނިހާދު
ކުންފުނިތަކުގެ މެނޭޖިން ޑައިރެކްޓަރެއް ނޫނީ ޑެޕިއުޓީ މެނޭޖިން ޑައިރެކްޓަރެއްގެ މައްސަލަ އޭނާގެ ދަށުން މަސައްކަތްކުރާ ބަޔަކު އިންސާފުވެރިކަމާއެކު ބަލާނެތޯ ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު ސުވާލު އުފައްދަވައި ފިއެވެ. ނިހާދު މި ސުވާލު އުފެއްދެވީ ޖިންސީ ފުރައްސާރައިގެ މައްސަލާގައި ސަސްޕެންޑްކޮށްފައި ހުރި މޯލްޑިވް ގޭހުގެ ޑީއެމްޑީ އަލީ އިކްރާމްގެ މައްސަލަ ބަލަން ކުރިން ހަމަޖެއްސި ކޮމެޓީން އެ މައްސަލަ ނުބެލޭނެ ކަމަށް ނިންމައި މޯލްޑިވް ގޭހުގެ މެނޭޖްމަންޓްގެ މުވައްޒަފުން ހިމެނޭ ކޮމެޓީއަކުން އެ މައްސަލަ ބަލަން […]
އިންތިޚާބުގެ ސަބަބުން ފަލަސްތީނަށް ބަދަލެއް …؟
ފަލަސްތީނުގެ އިދިކޮޅު ދެ ޕާޓީ ކަމަށްވާ ހަމާސް އާއި ފަތަހުން ވަނީ އެ ގައުމުގައި ބާއްވަން ހަމަޖެހިފައިވާ އިންތިޚާބުގައި ބައިވެރިވެފައެވެ. އެހެންނަމަވެސް ތަޖުރިބާކާރުން ދެކޭގޮތުގައި އޮސްލޯ އެއްބަސްވުމާ ގުޅުވައިގެން ބާއްވާ އިންތިޚާބުގައި ބައިވެރިވިޔަސް އެދެވޭ ނަތީޖާއެއް ނުފެނި ހިނގައިދާނެއެވެ. ޕެލަސްޓީން ލިބަރޭޝަން އޮގަނައިޒޭޝަން (ޕީ.އެލް.އޯ) ގެ އެންމެ އިސް ދެ ޕާޓީކަމަށްވާ، ހަމާސް އާއި ފަތަހުން ވަނީ އިންތިޚާބާ ގުޅޭ ސުލްހައިގެ އެއްބަސްވުމެއްގައި ދާދިފަހުން ސޮއިކޮށްފައެވެ. އެއީ 15 އަހަރަށް ފަހު، އައު އިންތިޚާބެއް ބޭއްވުމަށް ދެ […]
ދެވަނަ ފަހަރަށް ޓްރަމްޕް، ރައީސް ކަމަށް ހޮވިވަޑައިގަތަސް ޓްވިޓާ ބޭނުންކުރެއްވުމުގެ ހުއްދައެއް ނުލިބޭނެ
އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެވަނަ ފަހަރަށް ރައީސް ކަމަށް ހޮވިވަޑައިގަތަސް، އަލުން ޓްވިޓަ ބޭނުން ކުރެއްވުމުގެ ހުއްދަ ނުދެވޭނެ ކަމަށާއި އަދި ޕަބްލިކް އޮފީސް ހިންގެވުމަށް ކަމުގައި ވިޔަސް ބޭނުން ނުކުރެއްވޭނެ ކަމަށް، ޓްވިޓާގެ ޗީފް ފައިނޭންސް އޮފިސަރ ބުނެފިއެވެ. އޭނާ މިގޮތަށް ބުނެފައިވަނީ މިދިޔަ ބުދަ ދުވަހު ގައެވެ. ސީ.އެން.ބީ.ސީ ނެޓްވޯކަށް ދިން ބަސްދީގަތުމެއްގައި ނެޑް ސެގަލް ބުނީ ޓްރަމްޕާމެދު ފިޔަވަޅު އެޅީ، ޓްރަމްޕަކީ ކިތަންމެ މަތީ މަޤާމެއްގައި ކުރިން ހުންނެވި ބޭފުޅަކަށް […]
ފްލެޓް ލިސްޓްގައި ކުށް ހުންނާނެ: ނަޝީދު
ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަޅާފައިވާ ފްލެޓްތައް ލިބުނު ފަރާތްތަކުގެ ދާއިމީ ލިސްޓް އާންމު ކޮށްފައިވާއިރު އެ ލިސްޓުގައި ކުށްހުންނާނެކަމަށް ރައްޔިތުންގެ މަޖިލިސް ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އިއްޔެ ރޭ އެމްޑިޕީން ބޭއްވި އެ ޕާޓީގެ ގައުމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މުހައްމަދު ނަޝީދު ވިދާޅުވީ ލިސްޓެއްހަދާއިރު އަތްދަށުން ގޮސްފައިވާ ކަންކަން ވެސް ހުންނާނެ ކަމަށާ ނަމަވެސް ކުށަށްވުރެ ގިނަވާނީ ރަނގަޅު ކަމަށެވެ. “ އާދެ ހަތް ހާސް […]
ގިނައަދަދެއްގެ ބަނގުރަލާއެކު ފަސް މީހަކު ހައްޔަރުކޮށްފި
މާލެސިޓީން ގިނައަދަދެއްގެ ބަނގުރަލާއެކު ފަސް މީހަކު ހައްޔަރުކޮށްފި އެވެ. ފުލުހުން ބުނީ އެމީހުން ހައްޔަރުކުރީ ހަބީބު ބެންކާ ދިމާއިން މާލެ ފަޅުގައި އޮތް ދޯންޏަކާއި އެ ސަރަހައްދުގައި އޮތް ޕިކަޕެއް ބަލައިފާސްކުރިކުރުމުގައި ފެނިފައިވާ ބަނގުރާ ތަކަކާ ގުޅުން ހުރިކަމަށް ތުހުމަތުކުރެވިގެންނެވެ. އެ މީހުން ހައްޔަރުކޮށް، އެ ދޯންޏާއި ޕިކަޕު ބަލައިފާސްކުރިއިރު 480 ބިޔަރު ދަޅާއި 24 ފުޅި ބަނގުރާ ފެނިފައިވާކަމަށް ފުލުހުން ބުނެއެވެ. ފުލުހުން މައުލޫމާތު ދޭގޮތުގައި މިދިޔަ ހުކުރު ދުވަހު ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 19 […]
ޔަމަނުގެ 4 ލައްކަ ކުޑަކުދީން ބަނޑަށް މަރުވުމުގެ ބިރުވެރިކަމެއްގެ ތެރޭގައި
ޔަމަނުގައި ފަސްއަހަރުން ދަށުގެ ހަތަރު ލައްކައަށް ވުރެ ގިނަ ކުޑަ ކުދިން ބަނޑަށް މަރުވުމުގެ ބިރުވެރިކަމެއްގެ ތެރޭގައި އެބަތިބިކަމަށް އދ. އިން ބުނެފިއެވެ. އދ. އިން ނެރުނު ރިޕޯޓެއްގައި ބަޔާންކޮށްފައި ވާގޮތުގައި ޔަމަނަށް ކުރިމަތިވެފައިވާ ބަނޑުހައިހޫނުކަމުގެ ކާރިސާއިން އަރައިގަތުމަށް ލިބެމުންދާ އެހީތަކުން އެގައުމުގެ ރައްޔިތުންނަކަށް ނުފުދެއެވެ. އދ. އިން ބުނިގޮތުގައި އެ ގައުމުގައި ހިނގަމުންދާ ދާޚިލީ ހަނގުރާމަޔާއި ގައުމަށް ކުރިމަތިވެފައިވާ ކޮރޯނާވައިރަސްގެ ސަބަބުން ގައުމަށް ބޭނުންވާ ކާބޯތަކެތީގެ އަދަދު ދަނީ އިތުރުވަމުންނެވެ. ދިރާސާތަކުން ދައްކާގޮތުގައި ކާބޯތަކެއްޗަށް ބޭނުންވެ […]