ކޯވިޑް19: އިއްޔަ ފެނުނީ އިތުރު 125 ވޭދަނަ!

Loading

Facebook
Twitter
WhatsApp

ރާއްޖެއިން ކޯވިޑް19 އަށް އިތުރު 125 މީހަކު ފައްސިވެއްޖެއެވެ.

އިއްޔެ ފެނުނު ކޭސްތަކުގެ ތެރެއިން 14 މީހަކު ފައްސިވެފައިވަނީ މީހުން ދިރިއުޅޭ ރަށަކުންނެވެ. އަދި ރިސޯޓްތަކުން 6 މީހަކާއި އިންޑަސްޓްރިއަލް ވިލެޖް އަކުން މީހަކު ވަނީ ފައްސިވެފައެވެ. އަނެއް 104 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ.

އިއްޔެގެ ރެކޯޑްތަކާއި އެކު ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 17,953 އަށް ވަނީ އަރައިފައެވެ. އޭގެ ތެރޭގައި، 2,328 އެކްޓިވް ކޭސް ހިމެނޭއިރު، 190 ފަރާތަކަށް ދަނީ އެޑްމިޓް ކޮށްގެން ފަރުވާ ދެމުންނެވެ .

މިއާއެކު ރާއްޖެ އިން މި ބަލީގައި ނިޔާވި މީހުންގެ އަދަދުތައް ވަނީ 58 އަކަށް ވަނީ އަރާފައެވެ. އަދި މިހާތަނަށް 15،560 މީހަކު ވަނީ މިބަލިން ރަނގަޅުވެފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް