ޔަމަނުގެ 4 ލައްކަ ކުޑަކުދީން ބަނޑަށް މަރުވުމުގެ ބިރުވެރިކަމެއްގެ ތެރޭގައި

Loading

Facebook
Twitter
WhatsApp

ޔަމަނުގައި ފަސްއަހަރުން ދަށުގެ ހަތަރު ލައްކައަށް ވުރެ ގިނަ ކުޑަ ކުދިން ބަނޑަށް މަރުވުމުގެ ބިރުވެރިކަމެއްގެ ތެރޭގައި އެބަތިބިކަމަށް އދ. އިން ބުނެފިއެވެ.

އދ. އިން ނެރުނު ރިޕޯޓެއްގައި ބަޔާންކޮށްފައި ވާގޮތުގައި ޔަމަނަށް ކުރިމަތިވެފައިވާ ބަނޑުހައިހޫނުކަމުގެ ކާރިސާއިން އަރައިގަތުމަށް ލިބެމުންދާ އެހީތަކުން އެގައުމުގެ ރައްޔިތުންނަކަށް ނުފުދެއެވެ.

އދ. އިން ބުނިގޮތުގައި އެ ގައުމުގައި ހިނގަމުންދާ ދާޚިލީ ހަނގުރާމަޔާއި ގައުމަށް ކުރިމަތިވެފައިވާ ކޮރޯނާވައިރަސްގެ ސަބަބުން ގައުމަށް ބޭނުންވާ ކާބޯތަކެތީގެ އަދަދު ދަނީ އިތުރުވަމުންނެވެ. ދިރާސާތަކުން ދައްކާގޮތުގައި ކާބޯތަކެއްޗަށް ބޭނުންވެ ބަޑަށް ޖެހުމުގެ ބިރު ހީވެފައިވާ ފަސްއަހަރުން ދަށުގެ ކުދީންގެ އަދަދު ވަނީ ހަމައެކަނި މިއަހަރު ވެސް 22 ޕަސެންޓަށް އިތުރުވެފައެވެ.

ޔަމަނަށް ކުރިމަތިވެފައިވާ ކާބޯތަކެތީގެ ދަތިކަމުން ސަލާމަތްވުމަށް ބޭނުންވެފައިވާ 3.4 ބިލިއަން ޑޮލަރުގެތެރެއިން ލިބިފައިވަނީ އެންމެ 1.9 ބިލިއަން ޑޮލަރެވެ.

ކާބޯތަކެތި ގަތުމަށް ބޭނުންވާ މާލީ އެހީތެރިކަން އެކަށީގެންވާ އަދަދަށް ނުލިބުގެ ސަބަބުން ބޭނުންވާ ވަރަށް ކާބޯތަކެތި ޔަމަނަކަށް ނުލިބެއެވެ. އެކަމާ ގުޅިގެން ރައްޔިތުން އުޅެން ޖެހިފައިވަނީ ބަނޑުހައި ހޫނުކަމެއްގެ ތެރޭގައެވެ.

ޔަމަންގެ ހާލަތު އިންތިހާއަށް ދަށަށް ދިޔައީ ސަޢުދީ ޢަރަބިއްޔާއިން އިސްވެ އޮވެ ޢަރަބި އިއްތިހާދުގެ ނަމުގައި އެތައް ގައުމެއް ގުޅިގެން، ޔަމަނުގެ ހޫޘީންނާއި ދެކޮޅަށް ހަނގުރާމައެއް ފަށައި ޔަމަނަށް އިގުތިސާދީ ގޮތުން ވެސް ދަތިކުރުމުގެ ސަބަބުންނެވެ. ސަޢުދީ ޢަރަބިއްޔާއިން ޔަމަނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައަށް އެހީތެރިވެވެން ނެތްކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ދާދިފަހުން ވަނީ ވިދާޅުވެފައެވެ. އަދި ޔަމަނުގެ ޙޫޘީންނަކީ ބައިނަލްއަގުވާމީ ޓެރަރިސްޓުންކަމަށް އެމެރިކާއިން ކަނޑައަޅާފައިވާ ނިންމުން ވެސް މި މަހު އުވާލުމަށް ބައިޑެންގެ ސަރުކާރުން ވަނީ ނިންމަވާފައެވެ. ނަމަވެސް ޔަމަނަށް ކުރިމަތިވެފައިވާ އިންސާނީ ކާރިސާއިން ޔަމަން ސަލާމަތް ކުރެވޭނީ ޔަމަނަށް ބައިނަލްއަގުވާމީ އެހީ ލިބިގެންނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް