ގިނައަދަދެއްގެ ބަނގުރަލާއެކު ފަސް މީހަކު ހައްޔަރުކޮށްފި

Loading

Facebook
Twitter
WhatsApp

 

މާލެސިޓީން ގިނައަދަދެއްގެ ބަނގުރަލާއެކު ފަސް މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އެމީހުން ހައްޔަރުކުރީ ހަބީބު ބެންކާ ދިމާއިން މާލެ ފަޅުގައި އޮތް ދޯންޏަކާއި އެ ސަރަހައްދުގައި އޮތް ޕިކަޕެއް ބަލައިފާސްކުރިކުރުމުގައި ފެނިފައިވާ ބަނގުރާ ތަކަކާ ގުޅުން ހުރިކަމަށް ތުހުމަތުކުރެވިގެންނެވެ.

އެ މީހުން ހައްޔަރުކޮށް، އެ ދޯންޏާއި ޕިކަޕު ބަލައިފާސްކުރިއިރު 480 ބިޔަރު ދަޅާއި 24 ފުޅި ބަނގުރާ ފެނިފައިވާކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން މައުލޫމާތު ދޭގޮތުގައި މިދިޔަ ހުކުރު ދުވަހު ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 19 އަހަރުގެ މީހަކާއި 20 އަހަރުގެ މީހަކާއި 24 އަހަރުގެ މީހެއްގެ އިތުރުން 27 އަހަރުގެ މީހަކާއި 44 އަހަރުގެ މީހެކެވެ.

މި މައްސަލައާ ގުޅިގެން އެ ފަސް މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، 15 ދުވަހުގެ ބަންދުގެ މުއްދަތު ދީފައިވެއެވެ.

ފުލުހުން ވަނީ މިދިޔަ ހަފްތާގައި ހުޅުމާލޭގައި ހިންގި ދެ އޮޕަރޭޝަނެއްގައި ވެސް ގިނަ އަދަދެއްގެ ބަނގުރާ އަތުލައިގެން ތިން މީހަކު ހައްޔަރުކޮށްފައެވެ. އޭގެއިން އެއް އޮޕަރޭޝަނެއްގައި ހުޅުމާލޭގައި ދުއްވި ވޭން ހުއްޓުވައި، ބަލައިފާސްކުރިއިރު އެކި ބްރޭންޑްތަކުގެ 45 ފުޅި ބަނގުރަލާއި ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 13 ޕެކެޓް ފެނިފައިވާއިރު ސައިކަލެއްގައި ގެންދިޔަ ފޮށިގަޑެއްގެ ތެރެއިން ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 12 ފުޅި ފެނިފައިވާކަމަށް ފުލުހުން ބުނެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް