ފްލެޓް ލިސްޓްގައި ކުށް ހުންނާނެ: ނަޝީދު

Loading

Facebook
Twitter
WhatsApp

ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަޅާފައިވާ ފްލެޓްތައް ލިބުނު ފަރާތްތަކުގެ ދާއިމީ ލިސްޓް އާންމު ކޮށްފައިވާއިރު އެ ލިސްޓުގައި ކުށްހުންނާނެކަމަށް ރައްޔިތުންގެ މަޖިލިސް ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އިއްޔެ ރޭ އެމްޑިޕީން ބޭއްވި އެ ޕާޓީގެ ގައުމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މުހައްމަދު ނަޝީދު ވިދާޅުވީ  ލިސްޓެއްހަދާއިރު އަތްދަށުން ގޮސްފައިވާ ކަންކަން ވެސް ހުންނާނެ ކަމަށާ ނަމަވެސް ކުށަށްވުރެ ގިނަވާނީ ރަނގަޅު ކަމަށެވެ.

“ އާދެ ހަތް ހާސް ފްލެޓްގެ ލިސްޓްގައި ހުންނާނެ ކުށް. ރައީސް އެ ވިދާޅުވީ އެއަކު ޝައްކެއް ނެތް. އެހެން ނަމަވެސް އަޅުގަނޑު ޔަގީންކަމާއެކީ ދަންނަވަން އޭގައި މަދުވާނެ ކުށް. ކުށެއް ނޫން ގިނަ ވާނީ. އަޅުގަނޑުމެން އެންމެން ވެސް ގަބޫލު ކުރަން އަތްދަށުން ގޮސްފައިވާ ކަންކަން ވެސް ހުންނާނެ. އަދި އަޅުގަނޑުގެ ނަޒަރުގައި އަޅުގަނޑަށް އެއްޗެއް ލިބޭނެ ކަމަށް ދެކޭ ދެކުމާއި އެހެން އިންތަކަކުން އެ ބެލީމާ އެ ފެންނަ ފެނުމާއި ތަފާތު ވެސް ހުންނާނެ،“ ނަޝީދު ވިދާޅުވި އެވެ.
ހުޅުމާލޭގައި އިމާރާތް ކޮށްފައިވާ މި ފްލެޓްތަކުގެ ދާއިމީ ލިސްޓް އާންމު ކޮށްފައިވާއިރު އާންމުކުރި ދާއިމީ ލިސްޓާމެދު ގިނަ އަދަދެއްގެ ބަޔަކުދަނީ ޝަކުވާ ކުރަމުންނެވެ.

މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހަމަދު ސާލިހު ވިދާޅުވެފައިވަނީ  ފްލެޓް ލިސްޓާމެދު ރައްޔިތުންގެ ކަންބޮޑުވުންތައް ހުރި ކަމަށް ގަބޫލު ކުރައްވާ ކަމަށާ،  ފްލެޓްލިބުނު ފަރާތްތަކުގެ ދާއިމީ ލިސްޓް އިއުލާން ކޮށްފައިވީނަމަވެސް އެ ލިސްޓްގައި މައްސަލަތަކެއްހުރިނަމަ އިތުރަށް ސާފްކޮށް ބެލުމަށްފަހުގައި ފްލެޓް ލިބުން ހައްގު މީހުންނަށް ފްލެޓް ދޭނެ ކަމަށެވެ.

”އަޅުގަނޑަށް އެނގޭ ރައްޔިތުންގެ ވަރަށް ބޮޑެތި ކަންބޮޑުވުންތައް އެބަހުރިކަން. ހަތްހާސް ފްލެޓަށް ފަންސަވީސްހާސް ފަރާތަކުން ކުރިމަތިލާއިރުގަ އޭގެ ތެރޭގައި ކަންބޮޑުވުންތަކެއް ހުންނާނެ. އޭގެތެރޭގައި ހައްގުވާ އެތަށް ބަޔަކަށް ނުލިބި ހުރުމަކީވެސް އެކަށީގެންވާ ކަމެއް. އެހެން ނަމަވެސް އެއަށް ހައްލެއް ހޯދުމަކީ ސަރުކާރުން ކުރާނެ ކަމެއް. އަދި މި އިއުލާނުކުރި ލިސްޓްގައިވެސް މައްސަލަތަކެއް ހުރި ކަމަށްވަންޏާ އަދިވެސް އިތުރަށް ސާފުކޮށް ބެލުމަށްފަހުގައި އަޅުގަނޑުމެން އޭގެ ހައްގުވެރި ފަރާތަކަށް އިރާދަކުރެއްވިއްޔާ ދޫކުރާނަން،“ ރައީސް ވިދާޅުވިއެވެ.
މާލޭ ދިރިއުޅޭ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް ރައީސް ޔާމިން ސަރުކާރުން ފެށި ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 7000 ފްލެޓް އެޅުމުގެ މަޝްރޫއެއް ފަށައި ފްލެޓް ލިބުނު ކަމަށް ބައެއް މީހުންނަށް ލިޔުން ދޫކޮށްފައި ވެއެވެ. ނަމަވެސް ސަރުކާރު ބަދަލުވެ ފްލެޓްތައް ދިން ގޮތާމެދު ރައްޔިތުންގެ ގިނަ ޝަކުވާތަކެއް ސަރުކާރަށް ކުރިމަތިވުމުން ފްލެޓްތައް އޭގެ އެންމެ ހައްގުވެރިންނަށް ދޭންކަމަށްބުނެ ފްލެޓް މައްސަލަ ބަލާ ކޮމިޓީއެއް މި ސަރުކާރުން އުފެއްދިއެވެ. އޭގެ ފަހުން ދެ އަރަށްވުރެ ގިނަ ދުވަސް ވަންދެން މި ކޮމިޓީން މައްސަލަތައް ބެލުމަށްފަހު ނެރުނު ދާއިމީ ލިސްޓުގައި ވެސް ގިނަ މައްސަލަ ހުރިކަމަށްބުނެ އާންމުން ދަނީ ޝަކުވާ ކުރަމުންނެވެ.

Loading

3 Responses

  1. މުއިއްޒުގެ ލިސްޓް ކަމުނުދާކަމަށް ބުަނެ ނިމިފާހުރި ފުލެޓްތަކެއް 2 އަހަރުވެ ދިއައިރު އިންސާފުވެރިކޮށް ރައްޔަތުންނަށް ނުދެވުނު ބަޔަކު ކޮންވާހަކައެއްތޯ ދެން ދައްކަންއޮތީ؟ ކަންތައްކކުރެވޭމީހުން ކަރުން ނާރުނަގުވާފަ ހަޅޭލަވައެއް ނުހަދާނެ! ކޮބާތަ އެޖެންޑާ19 ގެ ރައީސް ސޯލިޙު؟ ކޮވިޑް19ގެ ބިޒީގައި؟ ކޮބާ ބޫން ބޫން؟

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް