ރާއްޖެ އިން އިތުރު 5,204 މީހަކަށް ވެކްސިން ދީފި!

Loading

Facebook
Twitter
WhatsApp

ކޮވިޑް19 އިން ރައްކާތެރި ވުމަށްޓަކައި ޖަހާ ވެކްސިން އިއްޔެ 5,204 މީހަކަށް ދީފިއެވެ. ރާއްޖޭގައި މިހާރު ދެމުންދާ ވެކްސިން އަކީ އިންޑިޔާގެ ހިލޭ އެހީގެ ދަށުން ރާއްޖެ އަށް ލިބިފައިވާ ކޮވިޝީލްޑް ވެކްސިނެވެ.

އިއްޔެ ވެކްސިން ދިން މީހުންގެ ތެރެއިން 3,967 މީހުންނަށް ވެކްސިން ދީފައިވަނީ މާލެ ސަރަހައްދުގައި ވެކްސިން ދޭން ހަމަޖެހިފައިވާ ތަންތަނުންނެވެ. އަދި އަނެއް 1,237 މީހުންނަށް ވެކްސިން ދީފައިވަނީ އަތޮޅު ތަކުގައި ގާއިމް ކޮށްފައިވާ ވެކްސިން ދޭ މަރުކަޒު ތަކުންނެވެ.

މާލެ ސަރަހަށްދުން މިހާތަނަށް 35,289 މީހަކަށް ވަނީ ވެކްސިން ދީފައެވެ. އަދި އަތޮޅު ތެރެއިން މިހާތަނަށް 8,429 މީހަކަށް ދީފައި ވާއިރު ރިސޯޯޓްތަކުން 99 މީހުންނަށް ވަނީ ވެކްސިނަދީފައެވެ. މިއާއެކު، މުޅި ރާއްޖެ އިން ވެކްސިން ދިން މީހުންގެ އަދަދު 43،817 ވަނީ އަރާފައެވެ. އަދި މިއީ މިހާތަނަށް އެންމެ ގިނަ މީހުންނަށް ވެކްސިން ދިން ދުވަހެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް