ދެއްވަދޫ ކްލަސްޓާ އިން ޕޮޒިޓިވްވި އަދަދު 69 އަކަށް އަރައިފި!

ދެއްވަދޫ ކްލަސްޓާގައި އިތުރު ބަޔަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ އެ ކްލަސްޓާއިން ޕޮޒިޓިވްވީ މީހުންގެ އަދަދު 69 އަށް އަރައިފި އެވެ. ޑރ ނަޒްލާ ރަފީގު ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވިގޮތުގައި ދެއްވަދޫ ކްލަސްޓާއާ ގުޅުންހުރި 69 މީހުންގެ ތެރެއިން 55 މީހުން ޕޮޒިޓިވްވީ ދެއްވަދޫއިން ކަމަށާއި ހަ މީހަކު ވަނީ ދާންދޫން އިން ޕޮޒިޓިވްވެފައެވެ. އަދި ލ. ފޮނަދޫއިން ހަތަރު މީހުން، ހުޅުމާލެ އިން ދެ މީހުން އަދި […]

ރާއްޖޭގައި ކޮވިޑް-19 ވެކްސިން ޖަހަން ބޭނުންވާ މީހުން ރަޖިސްޓްރީ ވާން ހުޅުވާލައިފި

މިހާރު ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮވިޑް19 އިން ސަލާމަތް ވުމަށްޓަކައި ޖަހާ ވެކްސިން ޖަހަން ބޭނުންވާ ފަރާތްތަކަށް ރެޖިސްޓްރީ ވުމުގެ ފުރުސަތު ހުޅުވާލައިފައެވެ. ރޭ ހެލްތު އިމަޖެންސީ އޮޕަރޭޝަން އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ އެންމެ ފުރަތަމަ ހުޅުވާލާނީ ސިއްހީ ހިދުމަތްތެރިންނާއި ސޯޝަލް ކެއާ ވޯކަރުންނަށް ކަމަށެވެ. އަދި ހަމަ މިއާއެކު ވެކްސިން ދިނުމުގައި އިސްކަން ދޭނެ ފަރާތްތަކުގެ މައުލޫމާތު މިހާރު އެޗްއީއޯސީ އިން ދަނީ އެއްކުރަމުންނެވެ. […]

ވިޔަފާރިވެރިންނަށް ދަތި ދުވަސްވަރެއްގައި ތިލަފުށީގެ ބިމުކުލި އަނެއްކާވެސް ބޮޑުކޮށްފި

ވިޔަފާރިވެރިންނަށް ނުހަނު ދަތި ދުވަސްވަރެއްގައި ތިލަފުށީގެ ބިމުކުލި އަނެއްކާވެސް ބޮޑުކޮށްފިއެވެ. ތިލަފުށިން ބިން ކުއްޔަށް ހިފައިގެން ވިޔަފާރި ކުރަމުންދާ ބައެއް ކުންފުނިތަކުން މަޢުލޫމާތު ދިން ގޮތުގައި ކޮވިޑްގެ ނިކަމެތިކަން އައިސް ވިޔާފާރިއާއި ވިޔާފާރިވެރިން ބުރާންތިވެފައި ތިއްބާ އަނެއްކާވެސް ބިމުގެ ކުލި ބޮޑުކޮށް އެޗްޑީސީގެ ގެއްލުން ރައްޔިތުން އަތުން ނެގުމަށް ހަމަޖެއްސީއެވެ. މިމަހު 10ވަނަ ދުވަހު ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން އެންގީ ތިލަފުށީ ޑިވެލޮޕްމަންޓް އާއި ބިންތައް ކުއްޔަށް ދެވިފައިވާ ފަރާތްތަކާއި އެކު ހެދިފައިވާ އެއްބަސްވުމުގެ […]

ކައުންސިލް އިންތިޚާބު ވެފައި މިވަނީ ބޮޑު ޖޯކަކަށް – މެމްބަރު އާމިރު

ދައުރުގެ ބޭރުން ބޭއްވި މަޖިލީހުގެ ޖަލްސާގައި މިއަދު ވާހަކަ ދައްކަވަމުން މަޖިލިސް މެމްބަރު އާމިރު ވިދާޅުވީ ކައްނުސިލް އިންތިޚާބު ވެފައި މިވަނީ ބޮޑު ޖޯކަކަށް ކަމަށެވެ. އާމިރު ވިދާޅުވީ މިގާނޫނަށް ކިތަންމެވަރަކަށްވެސް އިސްލާޙު ގެނެވިދާނޭކަމަށާއި އެހެންނަމަވެސް މިއީ ދައުރުން ބޭރުން ޖަލްސާއެއް ބާއްވައިގެން ކޮންމެހެން ކުރަންޖެހޭކަމެއްކަން ނުވަތަ ނޫންކަން ރައްޔަތުންނަށް ވަރަށް ރީތިކޮށް އެނގޭކަމަށެވެ. އާމިރު ވިދާޅުވީ މިހާރު ކައުންސިލް ހިންގާގޮތަށް ކައުންސިލް ބާރުވެރިކުރުވާށޭ ކިޔާފައި އެތަށްބައިވަރު މެމްބަރުންތަކެއް ލައިގެން މިކަން ކުރަން އުޅޭ އުސޫލަކުން މިކަންނުކުރެވޭނެކަން […]

މުސްލިމުންގެ ނަމާދު އެޕްލިކޭޝަނަކުން ބޭނުން ކުރާ ފަރާތުގެ ލޮކޭޝަން ޓްރެކް ކުރަނީ

ސަލާތު ފަސްޓްއަކީ ފާއިތުވެދިޔަ ދެމަސް ދުވަހުގެ ތެރޭގައި މުސްލިމުންގެ ޔޫޒާ ޑޭޓާ ހިއްސާކުރަމުންދާކަމަށް ތުހުމަތު ކުރެވި ފާޑުކިޔުންތައް އަމާޒުކުރެވިގެން ގޮސްފައިވާ ދެވަނަ އެޕްލިކޭޝަނެވެ. މި ޑޭޓާތައް ހިއްސާކުރަމުންދަނީ އެމެރިކާގެ ސެކިއުރިޓީ އެސްޓެބްލިޝްމެންޓާއި ގުޅިފައިވާ އެމެރިކާގެ ކޮންޓްރެކްޓަރުންނާއެވެ. ދުނިޔޭގެ ހުރިހާ ކަންކޮޅުތަކުގައި މުސްލިމުންގެ ނަމާދު ވަގުތުތައް އަންގައިދީ މުސްލިމުންނަށް ނަމާދުކުރަންވީ ވަގުތުތައް ހަނދާންކޮށްދެމުންދާ މި އެޕްލިކޭޝަނުން ގެންދަނީ މުސްލިމުންގެ ޔޫޒާ ލޮކޭޝަން ރައްކާކޮށް އެ މަޢުލޫމާތުތައް ތާޑު ޕާޓީތަކަށް ވިއްކަމުންނެވެ. ވައިސް ނިއުސްއިން ހޯމަ ދުވަހު ހާމަ ކޮށްފައިވާ […]

ޖަޕާނުގައި މުސްލިމުންގެ އަދަދު ހަލުވިގޮތެއްގައި ގިނަވަމުން ދަނީ

ޖަޕާންގެ އެންމެ ދެކުނުގެ ރަށެއްކަމަށްވާ ބެއްޕޫގައި ހުންނަ 4ފަންގިފިލާގެ މިސްކިތަކަށް ކޮންމެ ހުކުރުދުވަހަކު އެތައް ބައިވަރު މުސްލިމުންނެއް ވަންނަމުން އެބަދެއެވެ. މީގެ ތެރޭގައި ރިޓްސުމެއިކަން އޭޝިޔާ-ޕެސިފިކް ޔުނިވާސިޓީ (އޭޕީޔޫ) ގައި ކިޔަވަމުންދާ ދަރިވަރުންނާއި ކައިރި ހޮޓާ ތަކުގައި ޕާޓް ޓައިމް ވަޒީފާ އަދާ ކުރަމުންދާ ފަރާތްތަށް ހިމެނެއެވެ. މީގެ އިތުރުން ގިނަ ދުވަސްވެ ލޯކަލް އާބަދީގެތެރެއިން ބޭނުންވާ މިންވަރަށް މުވައްޒަފުން ލިބެމުންނުދާ މަސް ބޯޓުތަކަށާއި ބޯޓުޔާޑުތަކުގައި ވަޒީފާ އަދާކުރަން ގޮސްފައިވާ ފަރާތްތަށްވެސް މީގެ ތެރޭގައި ގިނަ އަދަދަކަށް […]

ސަލްމާން ޚާންގެ ޓެލެންޓް މެނޭޖަރު އެކްސިޑެންޓެއްގައި މަރުވެއްޖެ

ހިންދީ ފިލްމީ ދުނިޔޭގެ އެންމެ މަގުބޫލު ތަރިންގެތެރޭގައި ހިމެނޭ، ސަލްމާން ޚާނުގެ ޓެލެންޓް މެނޭޖަރު ޕިސްޓާ ދާކަޅު އެކްސިޑެންޓެއްގައި މަރުވެއްޖެއެވެ. ސަލްމާން ހުށަހަޅަމުންދާ ”ބިގް ބޮސް“ގެ މަންޒަރުތަކެއް ނެގުމުގެ މަސައްކަތުގައި އުޅުމަށްފަހު 24 އަހަރުގެ ޕިސްޓާ ދާކަޅުއާއި އެހެން މީހަކު ސައިކަލުގައި ގެއަށްދާން ދަނިކޮށް މަގުމަތީގައި ހުރި ވަޅުގަނޑަކަށް ސައިކަލް ޖަހައި އޭގައި ތިބި ދެމީހުން ސައިކަލުން ވެއްޓުނީއެވެ. ޕިސްޓާ ދާކަޅު ވެއްޓުނީ މަގުމެދަށެވެ. އަނެއްމީހާ ގޮސް ޖެހުނީ މަގުގެ އެއްއަރިމައްޗަށެވެ. އެވަގުތު ފަހަތުން ބާރަށް ދުއްވާފައި […]

ސިއްޙީކުއްލި ނުރައްކަލުގެ ހާލަތުގައި އިންތިޚާބު ބޭއްވޭނެ އިިސްލާހު ބަލައިގެންފި

ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު ދެމިއޮތްނަމަ ވެސް ލޯކަލް ކައުންސިލް އިންތިޚާބު  ބޭއްވޭގޮތަށް އިންތިޚާބާއި ބެހޭ ޚާއްސަ ގާނޫނަށް ހުށަހެށި އިސްލާހު ރައްޔިތުންގެ މަޖިލީހުން މިއަދު ބަލައިގެންފިއެވެ. ލޯކަލް ކައުންސިލް އިންތިޚާބު އަވަސްކުރުމަށް ސަރުކާރުގެ ފަރާތުން މި އިސްލާހު މަޖިލީހަށް ހުށަހެށީ ހުޅުމާލޭ ދާއިރާގެ އެމްޑީޕީގެ މެންބަރު އަލީ ނިޔާޒެވެ. ދައުރުން ބޭރުގައި މިއަދު ބޭއްވި މަޖިލިސް ޖަލްސާގައި މި އިސްލާހު ބަލައިގަތުމަށް ފާސްވީ ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި 39 މެންބަރުންގެ އިއްތިފާގުންނެވެ. މި އިސްލާހުގެ ބިލު […]

ވާތަކުގައި އޮޅި އެންމަޑި ފަދަ ދިރުންތައް މަރުވާތީ ސަމާލުވާން އެދިއްޖެ

ދޯނި ފަހަރު އެޅުމަށްޓަކާ ފަޅުތަކުގަޔާއި ކަނޑުގެ އެކި ސަތަހައަދުތަކުގައި އަޅާފައި ހުންނަ ވާތަކުގައި އޮޅި އެންމަޑިއާއި، އަދި އެނޫންވެސް ދިރުންތައް މަރުވަމުންދާތީ އެކަމަށް ސަމާލުވުމަށް އެންވަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީ.ޕީ.އޭ) އިން އިލްތިމާސް ކޮށްފިއެވެ. މިފަދަ (މޫރިންގ ސިސްޓަމް)ތައް އަޅާއިރު އިތުރު ވައުތައް ނުބެހެއްޓުމަށާއި، ދިރުންތަކަށް ގެއްލުން ނުވާނެގޮތަށް އެސިސްޓަމްތައް ބެހެއްޓުމަށް އީޕީއޭގެ އިއުލާނުގައި އެދިފައި ވެއެވެ. މީގެ އިތުރުން ކަނޑުތެރޭގައި ބޮޑަށް ފާޅުވާ ފަދަ ގޮތަކަށް މިފަދަ ވައުތައް ބެހެއްޓުމަށް ވެސް ވަނީ އިލްތިމާސް ކޮށްފައެވެ. […]

ކުޅިވަރު ވަސީލަތްތައް އެކަށީގެންވާ މިންވަރަކަށް ތަރައްގީ ކުރެވިފައި ނެތްކަން ރައީސް ފާހަގަކުރައްވައިފި

ޓްރެކްތަކާއި، ފަތާ ފެންގަނޑުތަކާއި، ސްޓޭޑިއަމްތަކާއި، އިންޑޯ ހޯލްތަކާއި، ޖިމްފަދަ ވަސީލަތްތައް، އެކަށީގެންވާ މިންވަރަކަށް ތަރައްޤީ ކުރެވިފައެއް ނެތްކަމުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. މާލޭ ކުޅިވަރު އެކުވެނީގެ ސިންތެޓިކް ޓްރެކް ހުޅުވުމަށް ހޮނިހިރު ދުވަހުގެ ހަވީރު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިޙު ވިދާޅުވީ، ޒުވާން ކުޅުންތެރިން، ބައިނަލްއަޤްވާމީ ފެންވަރުގައި ހޯދާ ކާމިޔާބީތައް މިހާރު މަދެއްނޫންކަމަށާއި އެހެން ނަމަވެސް، ކުޅުންތެރިން އުފެއްދުމަށް ބޭނުންވާ ވަސީލަތްތައް، އެފަދަ ކާމިޔާބީތަކާ ފައިހަމަވާ މިންވަރާ ގާތަށްވެސް ތަރައްގީ ކުރެވިފައެއްނެތް […]