ސަލްމާން ޚާންގެ ޓެލެންޓް މެނޭޖަރު އެކްސިޑެންޓެއްގައި މަރުވެއްޖެ

Loading

Facebook
Twitter
WhatsApp

ހިންދީ ފިލްމީ ދުނިޔޭގެ އެންމެ މަގުބޫލު ތަރިންގެތެރޭގައި ހިމެނޭ، ސަލްމާން ޚާނުގެ ޓެލެންޓް މެނޭޖަރު ޕިސްޓާ ދާކަޅު އެކްސިޑެންޓެއްގައި މަރުވެއްޖެއެވެ.

ސަލްމާން ހުށަހަޅަމުންދާ ”ބިގް ބޮސް“ގެ މަންޒަރުތަކެއް ނެގުމުގެ މަސައްކަތުގައި އުޅުމަށްފަހު 24 އަހަރުގެ ޕިސްޓާ ދާކަޅުއާއި އެހެން މީހަކު ސައިކަލުގައި ގެއަށްދާން ދަނިކޮށް މަގުމަތީގައި ހުރި ވަޅުގަނޑަކަށް ސައިކަލް ޖަހައި އޭގައި ތިބި ދެމީހުން ސައިކަލުން ވެއްޓުނީއެވެ. ޕިސްޓާ ދާކަޅު ވެއްޓުނީ މަގުމެދަށެވެ. އަނެއްމީހާ ގޮސް ޖެހުނީ މަގުގެ އެއްއަރިމައްޗަށެވެ. އެވަގުތު ފަހަތުން ބާރަށް ދުއްވާފައި އައި ވޭއްގެ ދަށުވެ ޕިސްޓާ ކާކަޅު ވަގުތުން މަރުވިއެވެ. ސައިކަލުގައި ދިޔަ މީހުންނަށް ވަޅުގަނޑު ނުފެނުނީ އެހިސާބު އަނދިރިކަމުންނެވެ.

ހަލާކުވާ މަގުތައް ނަހަދައި ހުރުމުގެ ސަބަބުން ދިމާވާ އެކްސިޑެންޓްތަކާ ގުޅިގެން އިންޑިއާގައި ކޮންމެ އަހަރަކު އެތައް ހާސްބަޔަކު މަރުވެގެންދެއެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް