ސިއްޙީކުއްލި ނުރައްކަލުގެ ހާލަތުގައި އިންތިޚާބު ބޭއްވޭނެ އިިސްލާހު ބަލައިގެންފި

Loading

Facebook
Twitter
WhatsApp

ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު ދެމިއޮތްނަމަ ވެސް ލޯކަލް ކައުންސިލް އިންތިޚާބު  ބޭއްވޭގޮތަށް އިންތިޚާބާއި ބެހޭ ޚާއްސަ ގާނޫނަށް ހުށަހެށި އިސްލާހު ރައްޔިތުންގެ މަޖިލީހުން މިއަދު ބަލައިގެންފިއެވެ.

ލޯކަލް ކައުންސިލް އިންތިޚާބު އަވަސްކުރުމަށް ސަރުކާރުގެ ފަރާތުން މި އިސްލާހު މަޖިލީހަށް ހުށަހެށީ ހުޅުމާލޭ ދާއިރާގެ އެމްޑީޕީގެ މެންބަރު އަލީ ނިޔާޒެވެ.

ދައުރުން ބޭރުގައި މިއަދު ބޭއްވި މަޖިލިސް ޖަލްސާގައި މި އިސްލާހު ބަލައިގަތުމަށް ފާސްވީ ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި 39 މެންބަރުންގެ އިއްތިފާގުންނެވެ.

މި އިސްލާހުގެ ބިލު ބަލައިގަތުމާއެކު ބިލު ދިރާސާ ކުރެއްވުމަށް މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީއަށް ވަނީ ފޮނުވާފައެވެ.

ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު ލަސްކުރީ ކޮވިޑް-19ގެ ބަލިމަޑުކަމާއެކު ކައުންސިލް އިންތިޚާބާ ބެހޭ ޙާއްސަ ގާނުނެއް ވުޖޫދު ކޮށްގެންނެވެ.

އެ ގާނޫނުނުގެ ދަށުން އިންތިޚާބު ބޭއްވެން އޮތީ ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް ގެނައުމާއެކު ކަމާ ބެހޭ ފަރާތްތަކުން އިންތިޚާބު ބޭއްވުމަށް ސިއްޚީ ނުރައްކަލެއްނެތްކަން ކަނޑައެޅުމުންނެވެ. މި ގާނޫނަށް މި ހާރު މި ހުށަހެޅީ ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތުގައި ވެސް އިންތިޚާބު ބޭއްވޭގޮތަށެވެ.

ލޯކަލް ކައުންސިލް އިންތިޚާބުގެ ގާނޫނަށް ގެންނަން މައިގަނޑު އިސްލާހުތަކުގެ ތެރޭގައި ސިއްޙީ ކުއްލިނުރައްކަލުގެ ހާލަތުގައި އިންތިޚާބު ބޭއްވުމާއި، އިންތިޚާބު ބާއްވާ ތާރީޚްތައް ބަދަލުކުރުން ހިމެނެއެވެ.

ކައުންސިލް އިންތިޚާބު ބޭއްވުމަށް އިލެކްޝަން ކޮމިޝަނުން ކުރިން ކަނޑައެޅި ތާރީޚުގައި އިންތިޚާބު ނުބޭއްނެކަން ކަށަވަރުވުމުން މިހާރުވަނީ އައު ތާރީޚެއް ކަޑައަޅައި އެ ތާރީޚުގައި އިންތިޚާބު ބޭއްވުމަށް ވާންޖެހޭ ތައްޔާރީތައް ވަމުންނެވެ.

އެ ކޮމިޝަނުން ހާމަކުރާގޮތުގައި މި މަސް ނިމުމުގެ ކުރިން ލޯކަލް ކައުންސިލްތަކުގެ ޚާއްސަ ގާނޫނަށް އިސްލާހު ގެނެސް އަމަލުކުރަން ފެށިއްޖެނަމަ އޭޕްރީލް މަހުގެ ތިންވަނަ ދުވަހު ލޯކަލް ކައުންސިލް އިންތިޚާބު ބޭއްވޭނެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް