ވާތަކުގައި އޮޅި އެންމަޑި ފަދަ ދިރުންތައް މަރުވާތީ ސަމާލުވާން އެދިއްޖެ

Loading

Facebook
Twitter
WhatsApp

ދޯނި ފަހަރު އެޅުމަށްޓަކާ ފަޅުތަކުގަޔާއި ކަނޑުގެ އެކި ސަތަހައަދުތަކުގައި އަޅާފައި ހުންނަ ވާތަކުގައި އޮޅި އެންމަޑިއާއި، އަދި އެނޫންވެސް ދިރުންތައް މަރުވަމުންދާތީ އެކަމަށް ސަމާލުވުމަށް އެންވަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީ.ޕީ.އޭ) އިން އިލްތިމާސް ކޮށްފިއެވެ.

މިފަދަ (މޫރިންގ ސިސްޓަމް)ތައް އަޅާއިރު އިތުރު ވައުތައް ނުބެހެއްޓުމަށާއި، ދިރުންތަކަށް ގެއްލުން ނުވާނެގޮތަށް އެސިސްޓަމްތައް ބެހެއްޓުމަށް އީޕީއޭގެ އިއުލާނުގައި އެދިފައި ވެއެވެ. މީގެ އިތުރުން ކަނޑުތެރޭގައި ބޮޑަށް ފާޅުވާ ފަދަ ގޮތަކަށް މިފަދަ ވައުތައް ބެހެއްޓުމަށް ވެސް ވަނީ އިލްތިމާސް ކޮށްފައެވެ.

ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގެ ޤާނޫނު ނަންބަރު 4/93 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރި ކުރުމާއި ދެމެހެއްޓުމާ ބެހޭ ޤާނޫނު)ގެ 4 ވަނަ މާއްދާގެ (ހ) ގެ ދަށުން ރާއްޖޭގެ ކަނޑުތަކުގައި ދިރިއުޅޭ މަޑީގެ ހުރިހާ ބާވަތެއް ވަނީ 16 ޖޫން 2014 ގައި ހިމާޔަތް ކޮށްފައެވެ.

https://twitter.com/EPAMaldives/status/1350666764506390534?s=19

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް