ވިޔަފާރިވެރިންނަށް ދަތި ދުވަސްވަރެއްގައި ތިލަފުށީގެ ބިމުކުލި އަނެއްކާވެސް ބޮޑުކޮށްފި

Loading

Facebook
Twitter
WhatsApp

ވިޔަފާރިވެރިންނަށް ނުހަނު ދަތި ދުވަސްވަރެއްގައި ތިލަފުށީގެ ބިމުކުލި އަނެއްކާވެސް ބޮޑުކޮށްފިއެވެ.

ތިލަފުށިން ބިން ކުއްޔަށް ހިފައިގެން ވިޔަފާރި ކުރަމުންދާ ބައެއް ކުންފުނިތަކުން މަޢުލޫމާތު ދިން ގޮތުގައި ކޮވިޑްގެ ނިކަމެތިކަން އައިސް ވިޔާފާރިއާއި ވިޔާފާރިވެރިން ބުރާންތިވެފައި ތިއްބާ އަނެއްކާވެސް ބިމުގެ ކުލި ބޮޑުކޮށް އެޗްޑީސީގެ ގެއްލުން ރައްޔިތުން އަތުން ނެގުމަށް ހަމަޖެއްސީއެވެ. މިމަހު 10ވަނަ ދުވަހު ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން އެންގީ ތިލަފުށީ ޑިވެލޮޕްމަންޓް އާއި ބިންތައް ކުއްޔަށް ދެވިފައިވާ ފަރާތްތަކާއި އެކު ހެދިފައިވާ އެއްބަސްވުމުގެ 3.1 ވަނަ މާއްދާގެ ދަށުން ކޮންމެ ދެ އަހަރަކުން އެއްއަހަރު އިންފްލޭޝަން ރޭޓަށް ރިޢާޔަތްކޮށް %15 އަށްވުރެ އިތުރުނުވާގޮތަށް ކުލީގެ ރޭޓަށް ބަދަލު ގެނެވޭނެކަމަށް ބަޔާންކޮށްފައިވާކަމަށެވެ. ވީމާ އެގޮތުން ކުލި ބޮޑު ކުރީކަމަށް އެޗް.ޑީ.ސީގެ އެސިސްޓެންޓް ޑިރެކްޓަރު ސަލާޙު ޒާހިރު އެފަރާތްތަކަށް އަންގައިފާވެއެވެ.

”އެގޮތުން މި ޖެނުއަރީ 1 ން ފެށިގެން ދެ އަހަރު ދުވަހުގެ ނިޔަލަށް ކުލީގެ ރޭޓަކީ އަކަފޫޓަކަށް މަހަކު 3.05ރ (ތިން ރުފިޔާ ފަސްލާރި) ކަމުގައި ހަމަޖައްސައިފިކަން އަންގާފައިވަނީ.“ އޭނާ ވިދާޅުވިއެވެ. ”ވިޔަފާރިވެރިން ކޮވިޑްގެ ނުރައްކަލުގައި ބުރާންތިވެފައި ތިބޭތާ އަހަރުދުވަސް ވާން މިދަނީ. އަދި މިއުޅެނީ އެތަންތަނުގެ ވިޔަފާރި ރަނަގަޅަށް ނުފެށިގެން. ވިޔަފާރި ފެށި މީހުންގެ ވިޔަފާރިވެސް އިންތިހާއަށް ދަށް. މިއުޅެނީ ކަރަންޓް ބިލުވެސް ނުދެއްކިގެން. އެހެން ތިއްބާ ކުއްލިއަކަށް މިއަންގަނީ ބިމުގެ ކުލި ބޮޑުކުރި ވާހަކަ. އަނެއްކާ ޖެނުއަރީ މަހުން ފެށިގެން ބިމުކުލި ބޮޑުވި ވާހަކަ މިއަންގަނީ ޖެނުއަރީ މަހުގެ 10ގައި ސޮއިކޮށްފައި ފޮނުވި ސިޓީއެއްގައި.“ ފައިސާ ބޭނުން ބޭނުންވިޔަސް މިވަރު ތަންކޮޅެއް ރަޙުމްކުޑަ“ ސަންދާނަށް މަޢުލޫމާތު ދެއްވި ވިޔާފާރިވެރިޔާ ކިޔައިދިނެވެ.

ތިލަފުށި ކޯޕަރޭޝަން އެޗްޑީސީގެ ދަށުން ހިންގާގޮތަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ވަނީ މިދިޔަ އަހަރު ފަހުކޮޅުގައި އެގޮތަށް ހަމަޖައްސާފައެވެ. އެއީ އެމްޑީޕީ އެޖެންޑާ19 ގެ ސިޔާސަތުގެ ދަށުން ގްރޭޓަރ މާލޭއޭރިއާ ގަނޑުކޮށް އެޗް.ޑީ.ސީ އާއި ޙަވާލުކުރެއްވުމުންނެވެ.

”ޖެނުއަރީ މަހުން ފެށިގެން ކުލި ބޮޑުވާ ވާހަކަ މިއަންގަނީ ޖެނުއަރީ 10ގައި.“ ”ކުލި ބޮޑު ކުރާނަމަ ދެތިން މަސް ކުރިން އަންގަވާލައްވާނަމަ ބަޖެޓު ހަދައި އިތުރު ގޮތްތައް ހޯދަން އަޅުގަނޑުމެންނަށް ވަގުތެއްވެސް ލިބޭނެތާ!“

އޭނާ ކިޔައިދިން ގޮތުގައި ވިޔަފާރިވެރިންނަށް އިންތިހާއަށް ދަތި ދުވަސްވަރެއްގައި ބިމުކުލި މިވަގުތަށް ބޮޑުނުކޮށް ވިޔަފާރިވެރިންނަށް ވެސް ބުރަޔަކަށް، އުނދަގުލަކަށް ނުވާނޭހެން ތިލަފުށީގެ މެނޭޖްމަންޓުން ކުރީގައި ކަންތައް ކުރެއްވިގޮތަށް ވިޔާފާރިވެރީންނާއި މުޢާމަލާތު ކުރިނަމަ ވިޔަފާރިވެރިންނަށް މިކޮވިޑް19ގެ މުސީބާތް އިތުރު ކާރިސާއެއްގެ ގޮތުގައި ކުރިމަތިލާކަށް ނުޖެހޭނެއެވެ.

”އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ ތެދަށްބުނަންޏާ އެއްވެސް މަސައްކަތެއްނެތި އެތައް މުއައްޒިފުންތަކަކަށް މުސާރަދީ އެމީހުން ނިދާނެ އެކޮމެޑޭޝަން އާއި ކެއުމުގެ ފައިސާ، ބޭސްފަރުވާ އަދި ވިސާ ފީ އިންޝޫރެންސް ކަވަރ އަށްވެސް ފައިސާ ދެއްކި ނުދެއްކެމުން. ކޮވިޑް އައުމުގެ ކުރިން މީރާއަށް ނުދެއްކި އޮތް ޕޭމަންޓް ތަކަށް ޖޫރިމަނާ އަރަމުން. ބިމުގެ ކުލި ނުދެއްކުނީމަ ދުވާލަކަށް 250 ފުރިޔާ ޖުރިމާނާ އަރަމުން. ނުދެއްކި.

މިޙާލަތުގައި އަޅުގަނޑުމެން ވެސް ބަނގުރޫޓުނުވެ ވިޔަފާރި ހިންގޭނީ ސަރުކާރާއި ސަރުކާރުގެ ކުންފުނިތަކުން ވެސް އަޅުގަނޑުމެން ޓެކްސް ޕޭޔަރުންނަށް އެހީތެރިވެދީގެން. އަދި އެންމެ ދެކޮޅުނުޖެހޭ އަނެއްކަމަކީ ޙާލުގައި ޖެހިފައިވާ ވިޔާފާރިވެރިންނަށް ކޮވިޑް19 ގެ އެނހީ ތެރިކަމަށް ދޫކުރާ ލޯންނަށްވެސް ފިރިފުރާވަރުވެ އެދެވެނީ މީރާއަށް ފައިސާ ފުރިހަމައަށް ދެއްކިފައިވާ ކުންފުނި ތަކަށް އެކަނި. “ ހަމަ އަސްލުވެސް މީ ޖޯކެއް“.

ވިޔާފާރިވެރިޔާ ކިޔައިދިންގޮތުގައި މިއީ އަނިޔާއެކެވެ. އަދި ސަރުކާރުން ތެދުވެރިގޮތަކަށް އެނހީތެރިކަން ފޯރުކޮށްދީގެން ނޫނީ މިފަދަ ބުރާންތިކުރަނިވި ކޮވިޑް19ގައި ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރި ސަލާމަތެއް ނުކުރެވޭނެ.“

މިހާރު އެޗްޑިސީ އަށް ގްރޭޓަރ މާލެ ހިލޭ ލިބުމުން ސަރުކާރުގެ މިކުންފޫނީގެ މެނޭޖްމަންޓުން ކަންތައްކުރަމުންދާ ގޮތާމެދު ހިތްހަމަނުޖެހިގެން އެތަނުން ބިންކުއްޔަށް ހިފައިގެން ވިޔަފާރިކުރަމުންދާ ގިނަ ބަޔަކު ދަނީ ގިނަގުނަ ޝަކުވާތައް ކުރަމުންނެވެ.

 

Loading

One Response

  1. ބިންހިއްކަނީ ރައްޔަތުންގެ ފައިސާއިން ނުވަތަ ރައްޔަތުންގެ ނަމުގައި ކޮންމެވެސް ދިމާލަކުން ލޯނު ނަގައިގެން. އެބިން ވިއްކަނީ ރައްޔަތުންނަށް ދައުލަތް ހިންގަދޭން ހަވާލުވާ ސަރުކާރުން ކުންފުންޏެއް ހަދައިގެން. އެކުންފުނިންވަނީ ގެއްލުން. ރައްޔަތުންގެ ފައިސާއިން ހިއްކާ ބިމުން ރައްޔަތުންނަށް (ޚާއްސަގޮތެއްގައި މިހާރު މާލޭގެ ރައްޔަތުންނަށް) ގޮއްޗެއްނުދޭ. މިއީ ދެން އަރަތެއްނޫންތޯއެވެ. އެހެނަސް އެ ސަރުކާރެއް މިއަންނަނީ ރައްޔަަތުންނަށް ޓަކައި، ގައުމަށް ޓަކައި، ދީނަށް ޓަކައި. މިހުރިޔާ ޓެކުމެއްގެ ތެރެއިން ފައިދާނާގާ މުއްސަދިވަނީ ސަރުކާރުގެ ބޮޑުންނާއި ޢާއިލާތައް. އަދި ބޮޑުން ބޭނުންވާގޮތަށް ބައިއަޅައިގެން ގަނޑުކޮށް ޚިޔާނާތްތެރިވާ މީހުނަށް. ސަހަރޯ ހީނުވޭތޯއެވެ.؟؟

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް