ރާއްޖޭގައި ކޮވިޑް-19 ވެކްސިން ޖަހަން ބޭނުންވާ މީހުން ރަޖިސްޓްރީ ވާން ހުޅުވާލައިފި

Loading

Facebook
Twitter
WhatsApp

މިހާރު ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮވިޑް19 އިން ސަލާމަތް ވުމަށްޓަކައި ޖަހާ ވެކްސިން ޖަހަން ބޭނުންވާ ފަރާތްތަކަށް ރެޖިސްޓްރީ ވުމުގެ ފުރުސަތު ހުޅުވާލައިފައެވެ.

ރޭ ހެލްތު އިމަޖެންސީ އޮޕަރޭޝަން އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ އެންމެ ފުރަތަމަ ހުޅުވާލާނީ ސިއްހީ ހިދުމަތްތެރިންނާއި ސޯޝަލް ކެއާ ވޯކަރުންނަށް ކަމަށެވެ.

އަދި ހަމަ މިއާއެކު ވެކްސިން ދިނުމުގައި އިސްކަން ދޭނެ ފަރާތްތަކުގެ މައުލޫމާތު މިހާރު އެޗްއީއޯސީ އިން ދަނީ އެއްކުރަމުންނެވެ. ވެކްސިން ޖަހަން އިސްކަންދޭނެ ފަރާތްތަކުގެ ގޮތުގައި ކަނޑައަޅާ އެޗްއީއޯސީ އިން އާންމު ކުރި ކެޓެގެރީ ތަކުގައި ހިމެނޭ ހުރިހާ ބޭފުޅުންގެ އެންމެ ފަހުގެެ މައުލޫމާތު އެކަމަށްޓަކައި ޙާއްސަ ކުރެވިފައިވާ https://my.health.mv/ ޕޯރޓަލް އަށް ވަދެ މައުލޫމާތު އަދާހަމަ ކޮށް ރެޖިސްޓަރ ވުމަށް ޑރ. ނަޒްލާ ވަނީ ވިދާޅުވެފައެވެ.

ރާއްޖެ އަށް މިމަހު 26 ވަނަ ދުވަހު ވެކްސިން ގެންނާނެ ކަމަށް ބުނި ނަމަވެސް ގެންނާނީ ކިހައި އަދަދެއްގެ ވެކްސިނެއް ކަމެއް އަދި ހާމަކޮށްފައެއް ނުވެއެވެ.​

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް